ސްރީ ލަންކާއިން ގެއްލުނު 16 އަހަރުގެ އަންހެން ކުއްޖާ މަރާލާފައި އޮއްވާ ފެނިއްޖެއެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ވަޅެއްގެ ތެރެއިންނެވެ.

މިހާރު ބޮޑަށް ބެެލެވެނީ އެ ކުއްޖާވެސް މަރާލީ ކަމަށް ރިޕޯޓްތައް ބުނެއެެވެ. މި މައްސަލަ ފެންމަތިވެފައި ވަނީ އެ ގައުމުން އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު މަރާލިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

ނިއުސް ފަސްޓް އެލްކޭ އިން ބުނީ ވަވުނިޔާގެ ގަނޭޝްޕޫރަމް އަށް ނިސްބަތްވާ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެއްގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ އޭނާގެ ގޭގެ ކައިރީގައި ހުރި ވަޅެއްގެ ތެރެއިން ކަމަށެވެ.

ލަންކާ ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނު އެ ކުއްޖާ ޓިއުޝަން ކްލާހުން އެނބުރި ގެއަށް ނައިސްގެން ފުލުހުންގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

މިއާއެކު ނެލުމްކޯލާ ފުލުހުން އެކަން ބަލަން ވަނީ ފަށައިފައެވެ. އަދި ވަޅުގެ ތެރެއިން އެ ކުއްޖާގެ ހަށިގަނޑު ފެނުނުއިރު، އޭނާގެ ފޮތްތައް ކައިރީގައި ހުރި ގަހެއްގެ ދަށުގައި ހުރި ތަން ފެނުނު ކަމަށް ބުނެފައި ވެއެެވެ.

މި މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ކޭ-9 ޔުނިޓާއި ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ ކުއްޖާ މާރާލާފައި ވާ ކަމަށް ބެލެެވެއެވެ. މިކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.