ވަށައިގެންވަނީ ބިރުވެރިކަމެވެ. ނާމާކަން ހިތުތެރެއަށް ވެރިވެފައިވާއިރު މަންމަގެ ނާނާގެ އަޑުގެ ބަދަލުގައި އިވެނި ބޮމުގެ ބިރުވެރި އަޑެވެ. ކާނެ އެއްޗެއް އަތަކު ނެތެވެ. ބޯނެ ފެންފޮދެއްގެ ހިސާބުވެސް ނެތެވެ. މަންމައެއް ބައްޕައެއް ވީތަނެއް ނޭނގެއެވެ. އުޅެން ޖެހިފައިވަނީ އަނދިރި ހޮހޮޅެއްގެ ތެރޭގައެވެ. ހޮހޮޅައިގެ އަނދިރިކަމަށް ވުރެ މަގުމަތީގެ އަލިކަން ދެކެ މާބިރު ގަނެއެވެ.
މަގުމަތީގެ އެކި ތަންތަނުގައި ބައިބަޔަށް މީހުން ފުނި ޖެހިފައިވާއިރު، މިއިން މީހެއްގެ ގުނަވަނެއްވެސް ހަލުވާނުލައެވެ. މީހުން ބުނަނީ އެއީ މަރުވެފައި ތިބި ބައެއް ކަމަށެވެ. މަގުމަތީގައި ލޭގެ ކޯރެއް ހެދިފައިވާއިރު އަހަރެންނާ އެއްވަރުގެ ކުދިން މަގުމަތީގައި އަތްފައިނެތި ބުރިވެފައި ތިބޭ މަންޒަރު ފެނެއެވެ. ގެތަށް ވަނީ ބިމަށް ތިރިވެ ކުދިކުދި ވެފައެވެ. ކޮޅަށް ހުރި ތަނެއް ވެއްޖިއްޔާ އެތަނަކަށް ދަނީ ބޮން އަޅަމުންނެވެ. އަހަރެމެންގެ ކުށަކީ ކޮބާ ހެއްޔެވެ؟ ދުނިޔެއަށް ނޭވާލެވުން ހެއްޔެވެ؟
މިއީ މިއަދު ސީރިޔާގެ އޫތާގައި ސަރުކާރާއި އިދިކޮޅު ބާރުތަކުގެ ދެމެދުގައި ހިންގަމުންދާ ހަނގުރާމާގައި ޝީކާރައަކަށް ވެފައިވާ ނިކަމެތި މައުސޫމް ކުއްޖެއްގެ ވާހަކައެވެ. މިފަދަ އެތައް ވާހަކައެއް މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. އެހެންނަމަވެސް މިއަދު ދިވެހި އުންމަތުގެ ހާލަކީ ކޮބާތޯއެވެ؟ މިއަދު ގޯސްވަނީ މިފަދަ ވާހަކަ ދައްކާ މީހުނެވެ. މިކަހަލަ ވާހަކަ ދައްކާ އަޑު އުފުލާ މީހުންނެވެ. މިވާހަކަތައް އެކި އެކި ޕުލެޓްފޯމްތަކުގައި ދައްކާ މީހާއެވެ.
މުސްލިމުންގެ އެތަށް ބަޔަކު އަނިޔާވެރިކޮށް އެގެންދަނީ މަރަމުންނެވެ. އެތަށް ފުރާނައެއް ކޮންމެ ދުވަހަކު ދުއްވާލައެވެ. އެތަށް ހަށިގަނޑަކުން ލޭގެ ކޯރުތައް އޮއްސާލައެވެ. އެތައް ސަތޭކަ މީހުންގެ ގުނަވަންތައް ދިރިތިއްބާ ވަކިވެގެންދެވެ. އެތަށް ހާސްމީހުނެއް ސުންނާފަތިކޮށްލާފައިވާ ގެތަކުގެ ދަށުވެ، މަރުވެއެވެ.
ކުޑަ ކުއްޖަކަށް އަންހެނަކަށް ބެލުމެއް ނެތި ތަންތަން ގޮއްވާ މީހުން މަރަމުން އެގެންދަނީއެވެ. އެހެންނަމަވެސް މިވާހަކަ ދައްކާނެ ދުލެއް މިއަދަކު ނެތެވެ. މިވާހަކައެއް އަޑު އަހަން ބޭނުންވާ ކަންފަތެއް ނެތެވެ. އެތިބަ މަރަމުންދާ ކުޑަކުދިންނަކީ މަޝްހޫރު ތަރިންނަށް ވީމާ ނޫންތާއެވެ. ފިލްމު ކުޅެ ތިމާ އެންޓަޓެއިމެންޓް ކޮށްދީފައި ނުވާތީ ތާއެވެ. ސުރިދޭވީގެ މަރު ކަވަރު ނުކުރާ މީޑިޔާއެއް ނެތެވެ. އެކަމާމެދު ގިސްނުލާ ހިތެއް ނެތެވެ.
އެހެންނަމަވެސް ސީރިޔާގެ އޫތާގައި އެމަރަމުންދާ އެތައް ސަތޭކަ މުސްލިމުންގެ ހާލާމެދު ވިސްނާ ކަރުނަތިއްކެއް ވައްޓާލީ ލޮލެއް އަތްފުނާ އަޅާގެންވެސް ހޯދޭނެ ހެއްޔެވެ؟ ފުލޮރިޑާގެ ސުކޫލެއްގައި ދިން ބަޑީގެ ހަމަލާތަށް ބުރޭކިން ނިއުސްއަކަށްވިއިރު މިހަމަލާތައް މުހިންމު ނުވީ ކީއްވެގެން ހެއްޔެވެ. މިހަމަލާތަށް ކުއްވެރި ކުރާނެ ގަލަމެއް މިފަސްގަނޑުގައި ނެތީ ހެއްޔެވެ؟
ސީރިއާގެ ހަތް އަހަރުވީ ދާޚިލީ ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. މިހާރު ކުރިޔަށް މިގެންދާ ޤަތުލުގައި 500 އަށް ވުރެ ގިނަ މީހުންވަނީ ޝަހީދުކޮށްލާފައެވެ. މުސްލިމް އުންމަތް އެބަ ކަރުނަ އަޅައެވެ. ތިބާއަށް އިހްސާސްވޭ ހެއްޔެވެ. އިންސާނީ އެހީތެރިކަމަކަށް އެދި އެދި ސީރިޔާގެ މުސްލިމުންދަނީ ރޮއެ އާދޭސް ކުރަމުންނެވެ. ހަދާން ކުރާށެވެ. މިއީ ތިބާގެވެސް އުންމަތެވެ. ތިބާއާވެސް ސުވާލު ކުރެވޭނެއެވެ.
މިއައްވުރެ ސްރީދޭވީގެ ވާހަކަ މުހިއްމު މީހުންވެސް އެބައުޅޭ
ތި ކަމާއި ކިތަންމެހާއިވެސް ހިތާމަ ކޮށް ކަރުނަ އަޅަން ، ދުޢާކުރަން ، މި މުޞީބާތުން އިސްލާމީ އުއްމަތް ސަލާމަތް ކުރެވޭނީ އިސްލާމީ ޚިލާފަތް ޤާއިމް ކުރެވިގެން ޚިލާފަތް ޤާއިމް ކުރެވޭނީ މުސްލިމް ތަކުން އެކައްޗެއް ކިޔައި އެކަތިގަނޑަކަށް ވެގެން
އިމާމް އަލް މަހްދީ ފާޅުވުމުގެ ކުރިޔަކުން ދުނިޔެ ދެން އަމާނެއް ނުވާނެ
އަހަރެމެން ކަރުނައަޅާއިރު ކޮން ބަޔަކަށް އިހުސާސް ކުރެވެނީ
ކީއްކުރާނީ. މިއުޅެނީ މިގައުމަށް އިސްލާމީ ހުރިހާގައުމަކަށް ޑިމޮކްރަސީގެންނާކަށްނު. ކޮބާ އަންނިކަލޭގެ. އޭނަވެއްޖެއެއްނު އިންޑިޔާނޫސްތަކުގަ ސޫރިޔާގެވާހަކަ ލިޔަން. ނުކެރޭނެ. އޭނައަށް ސަޕޯޓުކުރާމީހުންގެ ވާހަކަލިޔެފިއްޔާ އޭނާގެ ޕާސްޕޯޓު އަތުލާނެވިއްޔަ
އިހުސާސްވޭ..ދެރަވޭ..ދުޢާ ފިޔަވާ ކުރެވެން އެބައޮތްތަ ކަމެއް....ކީއްވެބާ އިލްމުވެރިން މުސްލިމް އުއްމަތް ސަލާމަތް ކުރަން ޖިހާދައް ގޮވާނުލަނީ....ޔާﷲ މިއުތްމަތް ސަލާމަތް ކުރާނެ ބަޔަކު މިބިންމަތީ ލައްވާދޭވެ. އާމީން.
އާމީން
މިއީ ވެރިަކަމަށް ބަޔަކު ބޫތު ކޭމާ ވާނެ ގޮތް. ވެރިކަމާ ބައިތުލްމާލް އަތުނުޖެހެނީމާ ދެން މަރަންވީ ކުޑަކުދިންނާ މުސްކުޅިންނާ އަންހެނުން. އިމާރާތްތައް ބިމާ ހަމަ ކުރަންވީ. އެއީ އޯ ޑޮމިކްރަސީ އަކީ. ގާމާރުތައް!
މާތްކަލާކޯޢެވެ.މުލި އިސްލާމީ އުއްމަތް ހައްޤާއި ދިމާއަށް ގެންދަވާޒފާނދޭވެ! މުސްލިމުން އެއއބަިވަންތަ ވާނެ ދުވަހެއް ދައއކަވާނދހޭވެ! ކާފަރުންގެ މަޅިތަކުން ސަލަަމަތްވުމުގެ އެއްމެހާ މަގުތަކަށް މަގުދައކަވާފާނދޭވެ!
މިމީހުނނަށްޓަކާ ހެޔޮ ދުޢައެހވެސް ކުރާނެ ބަޔަކު މިގައުމަކު ނުވއެވެ އެކަމަކު ކުޑަކުދިނ އެކަނި ގޭގަ ބައިތިއްބާފަ މުޒާހަރާ ކުރަން ވަރަށް ފަސޭހައިން ދެވެއެވެ. ނަމާދު ކޮއްލާނެ ވަގުތެއްވެސް މިމީހުންނަކަށް ނުލިބެއެވެ
މަގޭ ޤައުމާ މަގޭ ވަތަނޭ ކިޔާމީހުނަކަށް ނުވިސްނޭނެ!! ވަތަނިއްޔަތަކީ ވަބާއެއްކަން
ދިވެހިންނަށް ހަމަ ނޭނގެނީބާ!!
ޤަބޫލު ކުރިއަސް ޤަބޫލު ނުކުރިއަސް ޙަޤީގަތަކީ މުސްލިމުންނަށް މިހާލުޖެހުނީ توحيد އުނގެނި އެ توحيد ދަށް عمل ކުރުން ދޫކޮއްލާ
ރަސޫލާ صلى الله عليه وسلمގެ ޠާހިރު ސުއްނަތަށް ފުރަގަސް ދިނުމުގެ ސަބަބުންނެވެ.
ނުވޭ
އެކަކަށް ވެސް ނޭނގޭނެ އަހަރެން ތިކަމާ ކަރުނަ އަޅާ ދުޢާ ކުރާ ވަރެއް.. މިއަށް ވުރެ ބޮޑު ކަމަކަށް އަހަރެން ފަކީރު ކީއްކުރާނީ..
ކާފަރުން މަރަންފަށަންވީ..