އަލްބޭނިއާއިން އީރާނާއެކު އޮންނަ ސިޔާސީ ގުޅުން ނިމުމަކަށް ގެނެސް، އީރާނުގެ ޑިޕްލޮމޭޓުންނާއި އެމްބަސީގެ މުވައްޒަފުން 24 ގަޑިއިރުގެ ތެރޭގައި އެގައުމުން ފޭބުމަށް އެގައުމުގެ ބޮޑުވަޒީރު އެޑީ ރާމާ އަމުރު ކުރައްވައިފިއެވެ.

މިއީ އެ ގައުމަށް މިދިޔަ ޖުލައި މަހު ދިން ސައިބާ ހަމަލާއެއްގެ ތަހުގީގަށް ފަހު ކުރި އަމުރެކެވެ.

"އިރާނާއެކު އޮންނަ ސިޔާސީ ގުޅުން ވަގުތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަނީ ނިންމާފައި". ރާމާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ތިރާނާގައި ހުންނަ އީރާނުގެ އެމްބަސީން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ.

2014 ވަނަ އަހަރުން ފެށިގެން އަލްބޭނިއާއާ ދެމެދު ގުޅުން ތައް ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. މި ގުޅުމަށް ހީނަރުކަން އައިސްފައި ވަނީ އަލްބޭނިއާ އިން އެގައުމުގެ މައި ބަނދަރު ކަމަށްވާ ދުރޭސް ކައިރީގައި ހުންނަ ކޭމްޕެއްގައި ވަޒަންވެރިވެފައިވާ އީރާނުގެ އިދިކޮޅު ޖަމާއަތެއް ކަމަށްވާ ޕީޕަލްސް މުޖާހިދީން އޯގަނައިޒޭޝަންގެ 3000 އެއްހާ މެމްބަރުން ބަލައިގަތުމާއި ގުޅިގެންނެވެ.

އަލްބޭނިއާ އިން މީގެ ކުރިން ބުނެފައި ވަނީ އީރާނުގެ އިދިކޮޅު ޖަމާއަތާ ދެކޮޅަށް އީރާނުގެ އެޖެންޓުން ރާވާފައިވާ ގިނަ ހަމަލާތަކެއް ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.

"މި ތަހުގީގުން އެނގުނުގޮތުގައި، އަލްބޭނިއާއަށް ސައިބާ ހަމަލާ ދީފައި ވަނީ، ހަތަރު ޖަމާއަތެއްގެ ބައިވެރިވުން އޮވެގެން، އަދި މިއީ އީރާނުން ރާވައިގެން އަދި ސްޕޮންސާކޮށްގެން ދިން ހަމަލާއެއް ކަން، ހެއްކާއެކު ވަނީ ލިބިފައި،" ރާމާ ވިދާޅުވި އެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    އަލްބޭނިއާއަކީ އިސްރޭލާއި އެމެރިކާގެ ބާރާއި ނުފޫޒު ވަރަށް ގަދަ ގައުމެއް. އީރާނުގެ ޓެރަރިސްޓް ޖަމާއަތެއްކަަމަށްވާ މުޖާހިދީ ކަލްގު ޖަމާއަތަށްވެސް އެހީވަނީ އަލްބޭނިއާ އިން.

    5
    2
  2. މުނިމާ

    ހަމައެގޮތަށް ދިވެހިރާއްޖެއިން އިންޑިއާ އާވެސް ސިޔާސީ ގުޅުން ކަނޑާލުމަށްފަހު ދިވެހި ފަސްގަނޑުން ފޭބުމަށް އަމުރު ނެރެންވީ.