އީރާނުގައި މުޒާހަރާ ކުރާ މީހުންނަށް އީލޮން މަސްކުގެ ސްޓާލިންކް މެދުވެރިިކޮށް އިންޓަނެޓް ފޯރުކޮށްދޭން ނިންމުމާއެކު އީރާނުން ސްޓާލިންކް ވެބްސައިޓް ބްލޮކްކޮށްފިއެވެ.

އިރާނުގެ ފޮރިން މިނިސްޓަރީން ބުނީ ސްޓާ ލިންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުގެ ހުއްދަ ނެތި އިންޓަނެޓް ފޯރުކޮށްދިނުމަކީ އީރާނުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށެވެ.

އަދި އެކަމާ ގުޅިގެން ފިޔަވަޅުތައް ނާޅައި ނުތިބޭނެ ކަމަށެވެެ.

އީރާނުން މިހާރުވެސް ދަނީ އިންޓަނެޓްގެ ބައެއް ޗެނަލްތައް ބްލޮކްކުރަން ސެޓަލައިޓް ޖޭމިން ޓެކްނޮލިޖީ ބޭނުންކުރަމުންނެވެ.

އީރާނުގައި މުޒާހަރާތައް ފެށުނީ އެ ގައުމުގައި ފެޝަން ބުރުގާ އަޅައިގެން އުޅުނު އަންހެނެއް ކަމަށްްވާ މަހުސާ އަމީނީގެ މަރާ ގުޅިގެންނެވެ.

މަހުސާ ހައްޔަރުކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކޯމާއަކަށް ގޮސް ފަހުން ވަނީ މަރުވެފައެވެ. އީރާނުގެ ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

އޭނާގެ މަރާ ގުޅިގެން އީރާނުގެ ގިނަ ބަޔަކު ދަނީ މަގުތަކެއް ނުކުމެ ސަރުކާރާ ދެކޮޅަށް ޝުއޫރުތައް ފާޅުކޮށް އަދި ބުރުގާ ވެސް އަންދަމުންނެވެ.

އެ މީހުން ތުހުމަތުކުރާ ގޮތުގައި މަހުސާ މަރުވީ ފުލުހުންގެ ވޭނަށް އެރުވުމަށް ފަހު ދިން އަނިޔާތަކާ ގުޅިގެންނެވެ.

މުޒާހަރާތައް ކޮންޓްރޯލްކުރަން އީރާނުން ވަނީ ބައެއް ހިސާބުތަކުން އިންޓަނެޓް ކަނޑާލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުވަދޫ އަލިބެއްޔާ

    މި ގައުމުގައި ވެސް ސެކިއުލަރ ފިކުރު ވަރަށް ބޮޑުވެއްޖެ..

    13
    2
  2. ހުވަދު

    ރާކަނިމަސް ކެވިފަ ހުންނާނީ....

    12
    1