14:17

އިސްރާއީލްގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު 31 އަށް އަރައިފި.

08:59

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާ އަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 30 މީހުން ޝަހީދުކޮށްލި އިރު، 90 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލައިފި.

23:26

އިސްރާއީލުން ވަށާލާފައިވާ އައްސޭރިފަށުގެ އެންކްލޭވްއަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް ޖުމްލަ 28 މީހުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފި.

ޝަހީދު މީހުންގެ ތެރޭގައި ހަތަރު އަންހެނުންނާއި ހަ ކުޑަކުދިން ހިމެނޭ.

21:55

ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ.
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް.
އިސްރާއީލަށް ލިބިފައި ހުރި ގެއްލުންތައް.

21:24

ރިޕޯޓުތައް ބުނާ ގޮތުގައި މަރުވެފައި ވަނީ އިސްރާއީލްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ރިހެވޮޓްގައި ހުރި އިމާރާތަކަށް ދިން ހަމަލާގައި ޒަހަމްވި މީހެއް. އެ ހަމަލާގައި ފަސް މީހުން ޒަހަމްވި.

21:11

ފަލަސްތީނުގެ ޣައްޒާ އިން ފޮނުވާލި ރޮކެޓް ހަމަލާއެއްގައި އިސްރާއީލްގެ މީހަކު މަރާލައިފި.

21:03

އިސްރާއީލްގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ ރިހެވޮޓްގައި ހުރި އިމާރާތަކަށް ދިން ހަމަލާގައި ފަސް މީހަކަށް އަނިޔާވެ، އެކެއްގެ ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެފި. އިސްރާއީލަށް މެދުނުކެނޑި ރޮކެޓް ހަމަލާތައް އަމާޒުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނޭ.

21:02

21:02

އިސްރާއީލަށް އަމާޒުކޮށް ދެ ރޮކެޓު ހަމަލާ ފޮނުވާލައިފި. މި ހަމަލާ ވެސް އަމާޒުވެފައި ވަނީ އިސްރާއީލްގެ މެދުތެރެއަށް. މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

އޭގެ ތެރެއިން އެއް ރޮކެޓް އަމާޒުވެފައި ވަނީ އިމާރާތަކަށް.

20:47

އިސްރާއީލަށް އަމާޒުކޮށް ދިން ރޮކެޓު ހަމަލާތަކެއްގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ.

20:14

ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން ހިންގި އޮޕަރޭޝަނެއްގައި އިސްލާމިކް ޖިހާދުގެ 25 މެންބަރުން ހައްޔަރު ކޮށްފައިވާ ކަމަށް އިސްރާއީލުން ބުނެފި.

20:13

އިސްރާއީލުން ދަނީ ޣައްޒާ އަށް ވައިގެ މަގުން ވަރުގަދައަށް ހަމަލާތައް ދެމުން. އެންމެ ވަރުގަދައަށް ހަމަލާތައް ދެމުން ދަނީ ޣައްޒާގެ އިރުމަތީގެ ސަރަހައްދުތަކަށް.

20:12

ޣައްޒާ އިން އަނެއްކާވެސް އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި.

19:40

ފާއިތުވި ތިން ދުވަސްތެރޭގައި އިސްރާއީލް ހަމަލާތަކުގައި ޝަހީދުުވި ފަލަސްތީންގެ ހަތް ކުދިން
ފާއިތުވި ތިން ދުވަސްތެރޭގައި އިސްރާއީލް ހަމަލާތަކުގައި ޝަހީދުުވި ފަލަސްތީންގެ ހަތް ކުދިން

19:35

އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި.

19:20

ފާއިތުވި ތިން ދުވަސް ތެރޭގައި އިސްރާއީލްގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރާފައި. މިއަހަރު މިހާތަނަށް އިސްރާއީލުން ވަނީ ފަލަސްތީންގެ 140 މީހުން ޝަހީދުކޮށްލާފައި.

19:18

އިސްރާއީލްގެ ހަމަލާއެއްގައި އަނެއްކާވެސް ފަލަސްތީންގެ ކޮމާންޑަރަކު ޝަހީދުވެއްޖެ.

އިސްރާއީލްގެ ހަމަލާއެއްގައި އަނެއްކާވެސް ފަލަސްތީންގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

18:48

ފާއިތުވި ދެދުވަހާއި އަޅައި ބަލާއިރު މިއަދު ޣައްޒާ އިން އިސްރާއީލަށް ފޮނުވަމުންދާ ރޮކެޓްގެ އަދަދު މަދުކަމަށް ރިޕޯޓްތައް ބުނޭ.

17:56

ޣައްޒާ އާއި އިސްރާއީލް ގުޅޭ ބޯޑަރު ކައިރީ އޮންނަ އިސްރާއީލްގެ އަވަށްތަކުގައި މިހާރު ވެސް އަންނަނީ ރޮކެޓް ހަމަލާއެއް އަމާޒުވެދާނެކަމުގެ އިންޒާރު ދިނުމަށް އަޅާ ސައިރަން އަޅަމުން.

17:15

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށިފަހުން ބައިނަލްއަޤުވާމީ މީޑިއާތަކުގެ ނޫސްވެރިން އަންނަނީ ޣައްޒާއަށް ދިއުމަށް މަސައްކަތް ކުރަމުން. ނަމަވެސް މީޑިއާތަކުން ބުނާ ގޮތުގައި ނޫސްވެރިން ޣައްޒާއަށް ވަންނަން އިސްރާއީލުން އަންނަނީ ހުރަސްއަޅަމުން.

17:01

ހަމަލާތައް ހުއްޓާލުމަށް ފަރަންސޭސިވިލާތް، ޖަރުމަންވިލާތް، ޖޯޑަން އަދި މިސްރުގެ ފޮރިން މިނިސްޓަރުން އިސްރާއީލާއި ޣައްޒާގެ މުޖާހިދުންނަށް ގޮވާލައިފި.

16:58

ޣައްޒާއަށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއްދީ ކުޑަކުދިންނާއި އަންހެނުން މަރަމުން ދިޔަ ނަމަވެސް ދުނިޔޭގެ ސަމާލުކަމެއް އެކަމަކަށް ނުލިބޭ. ތިރީގައި ހިމަނާފައިވާ ފޮޓޯއަކީ އިސްރާއީލްގެ އަނިޔާވެރިކަމާއި ދެކޮޅަށް ދުނިޔެ އިން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އޮންނާތީ ކުރެހުންތެރިޔަކު ކުރަހާފައިވާ ކާޓޫނެއް.

16:47

އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވި އަލީ ޣަލީގެ ޖަނާޒާގައި ޣައްޒާގެ އެތައް ހާސްބަޔަކު ވަނީ ބައިވެރިވެފައި. އޭނާ އަކީ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދު ޖަމާއަތުގެ ރޮކެޓް ލޯންޗިން ޔުނިޓްގެ ކޮމާންޑަރު.

16:08

މިއަދަކީ އިސްރާއީލުން ދިން ހަމަލާއެއްގައި އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން މަރުވިތާ އެއްއަހަރު ފުރުނު ދުވަސް. މިނިވަން ތަހްގީގުތަކުން ހާމަވެފައިވާ ގޮތުގައި އިސްރާއީލް ސިފައިން ޝީރީން މަރާލީ ސީދާ އޭނާ މަރާލަން ގަސްދުގައި ދިން ހަމަލާއެއްގައި. އޭނާ އަށް އިސްރާއީލް ސިފައިން ހަމަލާދިނީ ނޫސްވެރިއެއްކަނ އަންގައިދޭ ޖެކެޓް އަޅައިގެން ހުއްޓާ.

14:40

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ 158 އަމާޒަކަށް ހަމަލާ ދީފައިވާއިރު، މި ހަފުތާގައި އިސްރާއީލާ ދިމާލަށް 523 ރޮކެޓް ފޮނުވާލާފައިވާ ކަމަށް. އަދި 380 ރޮކެޓް އިސްރާއީލަށް އެތެރެވެފައިވާ ކަމަށާއި ނަމަވެސް ވައިގެ ދިފާއީ ބާރުތަކުން އޭގެ ތެރެއިން 96 އިންސައްތަ ރޮކެޓް ހުއްޓުވާފައިވާ ކަމަށް.

14:35

ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދިނުން ހުއްޓާލަން އިސްރާއީލުން އެއްބަސްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި

ޣައްޒާއަށް ހަމަލާދިނުން ހުއްޓާލަން އިސްރާއީލުން އެއްބަސްވެއްޖެ - ރިޕޯޓް

13:33

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ހަނޫން ސިޓީގެ ކައިރީގައި ހުރި ދަނޑުބިންތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެން ގެއެއްގައި އަލިފާން ރޯވެއްޖެ

13:32

ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގެއަކަށް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައި
ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގެއަކަށް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައި
ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިޔާ ސިޓީގެ ގެއަކަށް އިސްރާއީލުގެ ބާރުގެ ދަށުގައި އޮތް ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ހަމަލާދީފައި

13:31

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަށް ފަހު

12:19

އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޣައްޒާގެ އުތުރުގައި ހުންނަ ރެސިސްޓެންސް ޕޯސްޓަކަށް އަމާޒުކޮށްފައިވާ ކަމަށް ގުދުސް ނެޓްވޯކްސް އިން ބުނެފި.

12:18

ޣައްޒާއިން ވާހަކަ ދައްކަމުން އަލްޖަޒީރާގެ ޔުމްނާ އަލް ސައީދު ބުނީ އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 27 މީހުން ޝަހީދުވެފަިއވާ ކަމަށް.

އަދި 76 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، ގިނަ މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އޭނާ ބުނި.

11:26

އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ އަދަދު 24 އަށް އަރާފައިވާއިރު، 64 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ބުނެފި.

ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވާފާ އިން ވަނީ ބުނެފައި.

11:25

އެއްވެސް މީހަކަށް ނުފިލޭނެ ކަމަށް ބުނެ، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދަށް ވަރުގަދަ އިންޒާރެއް ދީފި

އެކަކަށް ވެސް ނުފިލޭނެ، ކޮންމެ ތަނެއްގައި ހުއްޓަސް ފެނޭ: ނަތަންޔާހޫ

10:32

އިސްރާއީލުން ވަށާލާފައިވާ އައްސޭރިފަށުގެ އެންކްލޭވްއަށް މިހާރު ދެމުންދާ ވައިގެ ހަމަލާތައް ކަވަރުކުރުމަށް ބެއިޓް ހަނޫން ލޭންޑް ކްރޮސިން މެދުވެރިކޮށް ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަނުމަށް އިސްރާއީލު ސިފައިން ހުރަސް އަޅައިފި.

10:31

މިއަދު ހެނދުނު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނު އިސްލާމިކް ޖިހާދުގެ "ރޮކެޓް ލޯންޗިން ފޯސް"ގެ ކޮމާންޑަރު އަލީ ގާލީ އަކީ ދާދި ފަހުން އިސްރާއީލަށް ފޮނުވާލި ރޮކެޓްތަކުގެ ޒިންމާ އުފުލަން ޖެހޭ މީހާ ކަަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

10:28

ޣައްޒާގައި ހުންނަ ފަލަސްތީނު އިސްލާމިކް ޖިހާދުގެ އަމާޒުތަކަށް ވައިގެ ހަމަލާތައް ދީފައިވާ ކަަމަށް އިސްރާއީލު ސިފައިން ބުނެފި.

ފަލަސްތީނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސްގެ ރެސިޑެންޝަލް ކޮމްޕްލެކްސްއެއްގައި ހުރި އިމާރާތެއްގެ މަތީ ފަންގިފިލާއަކަށް. މި ހަމަލާގައި ގިނަބަޔަކު ޝަހީދުވިއިރު، އޭގެ ތެރޭގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ހިމެނޭ.

ފަލަސްތީނު އިސްލާމިކް ޖިހާދުން ފަހުން ވަނީ ޣައްޒާގެ ދެކުނުގައި އިސްރާއީލު ސިފައިން މިއަދު ފަތިހު ދިން ހަމަލާއެއްގައި ރޮކެޓް ލޯންޗް ޔުނިޓެއްގެ ކޮމާންޑަރު އަލީ ގާލީ ޝަހީދުވިކަން އިއުލާނު ކޮށްފައި.

10:26

އިސްރާއީލުގެ ވައިގެ ހަމަލާގައި އާއްމުން ޝަހީދުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އދގެ މެދުއިރުމަތީގެ ސުލްހައިގެ މަރުހަލާގެ މެދުއިރުމަތީގެ ހާއްސަ ކޯޑިނޭޓަރު ޓޯ ވެންސްލޭންޑް ވިދާޅުވެއްޖެ.

"އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އާންމުން ޝަހީދުވި މައްސަލަ ކުށްވެރި ކުރަން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި.

 

10:18

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގައި ދިރިއުޅޭ އެޕާޓްމަންޓަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކަށް ފަހު

10:17

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި
ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ގެއަކަށް އަމާޒުކޮށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައި

10:15

ހުޅަނގު އައްސޭރީގެ ތުލްކަރްމް ސިޓީގައި ހުންނަ ނޫރް ޝަމްސްގެ ރެފިއުޖީ ކޭމްޕްގައި މިއަދު ހެނދުނު އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންގައި ތަންތަނަށް ގެއްލުން ދީފައި
ހުޅަނގު އައްސޭރީގެ ތުލްކަރްމް ސިޓީގައި ހުންނަ ނޫރް ޝަމްސްގެ ރެފިއުޖީ ކޭމްޕްގައި މިއަދު ހެނދުނު އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންގައި ތަންތަނަށް ގެއްލުން ދީފައި
ހުޅަނގު އައްސޭރީގެ ތުލްކަރްމް ސިޓީގައި ހުންނަ ނޫރް ޝަމްސްގެ ރެފިއުޖީ ކޭމްޕްގައި މިއަދު ހެނދުނު އިސްރާއީލުން ހިންގި އަސްކަރީ އޮޕަރޭޝަންގައި ތަންތަނަށް ގެއްލުން ދީފައި

09:58

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި އާންމުންގެ ފުރާނަ ގެއްލިފައިވާތީ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ކުށްވެރި ކުރައްވާފައިވާ ކަމަށް އދގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ފަރްހާން ހައްގު ވިދާޅުވެއްޖެ.

"އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން ވަގުތުން ހުއްޓާލަން ޖެހޭ".

އިސްރާއީލުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ވައިގެ ހަމަލާތަކަށް ހުއްޓުމެއް ނާދެއެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ ފަސް އަންހެނުންނާއި ފަސް ކުޑަކުދިންގެ އިތުރުން ފަލަސްތީނު އިސްލާމިކް ޖިހާދުގެ ތިން ލީޑަރުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 24 މީހަކު ވަނީ ޝަހީދުކޮށްލައިފައެވެ..

އިސްރާއީލު ސިފައިން ބުނީ ބުރާސްފަތި ދުވަހުގެ ފަތިހު ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އިމާރާތަކަށް ދިން ވައިގެ ހަމަލާގައި ރޮކެޓް ޔުނިޓެއްގެ ކޮމާންޑަރަކަށް ހަމަލާދީފައިވާ ކަމަށެވެ.

ފަލަސްތީނު އިސްލާމިކް ޖިހާދުން ވަނީ އެޖަމާއަތުގެ ރޮކެޓް ލޯންޗް ޔުނިޓްގެ ކޮމާންޑަރު އަލީ ގާލީ އަވަހާރަވިކަން އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޝަފާގު އިބްރާ

    ކީއްވެހޭ އެއްވެސް ބަޔަކު މިވާހަކަ ނުދައްކަނީ! ގައުމަކުން އިޒްރެލްކުއްވެރިކުރާތަން ވެސްނުފެނޭ.

    10
  2. އަހުސަން

    ކޮބައިތަ ހަމާސް ގުރޫޕް އިސްލާމިކް ޖިހާދު
    އެކަނި ނުކުރޭ ކަލޭމެންވެސް އެއް ބައިވެގެން ތި އިޒްރޭލައް ރޮކެޓްތައް ފޮނުވަބަލަ