އެމެރިކާގެ ރައީސް ޖޯ ބައިޑެން އެމެރިކާ ސިފައިންގެ ގްރެޖްއޭޝަން ރަސްމިއްޔާތެއްގައި ހުއްޓާ ވެއްޓިއްޖެއެވެ. ސްޓޭޖް މައްޗަށް ބައިޑެން ވެއްޓުނީ ކޮލެރާޑޯގެ އެއާފޯސް އެކަޑަމީގެ ގްރެޖްއޭޝަން ރަސްމިއްޔާތެއްގައި ސިފައިންގެ އޮފިސަރުންނަށް ސެޓްފިކެޓް ހަވާލު ކުރުމަށްފަހު އެނބުލިތަނުންނެވެ.

ބައިޑެން ވެއްޓުނީ ގާތްގަނޑަކަށް ދޮޅުގަޑިއިރު ވަންދެން ކޮޅަށް ހުރެ 921 ސިފައިންނަށް ސެޓްފިކެޓްދީ ނިމުނު ފަހުންނެވެ. އުމުރުން 80 އަހަރުގެ ބައިޑެން ވެއްޓުނީ ގިނަ އިރުތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ވަރުބަލިވެގެން ކަމަށް ބެލެވޭ ކަމުގައި އެމެރިކާގެ މީޑިއާތަކުން ބުނެއެވެ.

ބައިޑެން ވެއްޓުމާއިއެކު ހަށިފާރަވެރިންގެ އެހީގައި ވަނީ ތެދުވެފައެވެ. އަދި އަމިއްލައަށް ހިންގަވާފައި ގޮނޑި އާއި ހަމައަށް ވަޑައިގެންނެވިއެވެ. އެއަށްފަހު ރަސްމިއްޔާތު ނިންމާލާފައި މޮޓޮކޭޑަށް އަރައިވަޑައިގަތީ ވެސް ހިންގަވާފައެވެ. ފަހުން ވޮޝިންޓަނަށް ވަޑައިގަތުމަށް އެއާފޯސް ވަން އަށް އަރައިވަޑައިގަތީ ވެސް ހިންގަވާފައެވެ.

ނަމަވެސް އެމެރިކާގެ ރައީސުން އާއްމުކޮށް ކޮންމެ ދަތުރެއް ނިންމާލުމުގެ ކުރިން ނޫސްވެރިންނާއިއެކު ބާއްވާ ބައްދަލުވުން ބައިޑެން ނުބާއްވައެވެ.

ވައިޓްހައުސް އިން ބުނީ ބައިޑެންގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށެވެ.

ބައިޑެން ވެއްޓުމުގެ އެތައް ހާދިސާއެއް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. މީގެ ކުރިން ގިނަ ފަހަރަށް އޭނާ ވެއްޓިފައި ވަނީ ސިޑިން އަރަން އުޅުމުގެ ތެރޭގައެވެ.

އުމުރުން ދުވަސްވުމުގެ ސަބަބުން ބައިޑެންގެ ސިއްހީ ހާލަތާއިމެދު އެމެރިކާގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑުކިޔައެވެ. ނަމަވެސް ބައިޑެން ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާނެކަން މިހާރު އިއުލާން ކޮށްފައެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރު އެވެ.

ބައިޑެން އަކީ އެމެރިކާގެ ތާރީޚްގައި ވެސް އެގައުމުގެ ރައީސްކަން ކުރައްވާ އެންމެ ދޮށީ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަމިއްލަ ބާރުގައި ކޮޅަށް ނުހުރެވުނަސް ފައި ހަރުނުލިޔަސް ދެވަނަ ދައުރަކަށް މިކަލޭގެ ވެސް ކުރިމަތި ލަނިއްޔޯ ، ވެރިކަމާހެދި ބޫތު ކަނީ މަައުމޫނު ނަސީދު އެކައްޏެއްނޫންތާ ؟

    44
    3
    • ޖުހާ.

      ޗޯރު އިބުރާހިމު ވަކި ސަހަލުތަ. ވެރިކަމުގައި ބަގުޑި ބެއްދިގޮތަށް ޕާޓީ ކުދިކުދި ވިއަސް ދޫނުކޮށް އެއޮތީ ބަގުޑިލައިގެން.

      28
      18
  2. ކޮތަޅު އިބްރާހީމްގެ 2ވަނަ ދައުރު

    2ވަނަ ދައުރު ނިމިފަ ތިހުރީ

    27
    1
  3. Anonymous

    ސްލީޕީ ޖޯ 😂

    18
    2
  4. ރެފްރީ

    ބައިޑަންއަކީ ކުޑައިރުއްސުރެން ފިޓުޖެހޭމީހެއް.

    10
    1
  5. Anonymous

    މިއޭ، އަސްލު ޑިމޮކޮރޮސީއަކީ..ފައްޖެހި އެނދެއްގަ އޮވެގެންވެސް ވެރިކަން ކޮށްލަން ބޭނުންވާނެދޯ.

    11
  6. މޮހޮނު

    އަދިވެސް އެކަމަކު ޕުޓިންގެ ހާލަތޯ ދަށީ... 🤣🤣🤣

  7. ޗޯރު

    އެމެރިކާއަކީ މިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއްނުރައްކާ. އެމީހުން ބުނާ ގޮތެއްވިއްޔާ އެހެންމީހުން ހަދަން ޖެހޭނެ. އެހެން މީހުން އުޅެން ޖެހޭނީ އެމެރިކާ މީހުން އުޅޭގޮތައް. ބޮޑު މުޞިބާތެއް.....