މި އަހަރުގެ ކުރީކޮޅު އެމެރިކާ މަތިން އުދުހެނިކޮށް އަސްކަރިއްޔާ އިން ވައްޓާލި ޗައިނާގެ ފުއްޕާހަންތަކުން ސިއްރު މައުލޫމާތުތަކެއް ނުނަގާ ކަމަށް އެމެރިކާ އިން އެންމެ ފަހުން ބުނެފިއެވެ.

އެމެރިކާއިން އެެ ފުއްޕާހަން ވައްޓާލީ އެމެރިކާގެ އަސްކަރީ، ޖާސޫސީ ސައިޓްތަކުން ފޮޓޯ އާއި މައުލޫމާތު އެއްކޮށް އެ މައުލޫމާތު ވަގުތުން ވަގުތަށް ޗައިނާ އަށް ފޯރުކޮށްދެވޭ ގޮތައް ތަރައްގީ ކޮށްފައިވާ ފުއްޕާހަންތަކެއް ކަމަށް ބަލައިފައެވެ.

ނަމަވެސް އެމެރިކާގެ ޕެންޓަގަންއިން ބުނީ އެ ފުއްޕާހަން މިހާރު ރަނގަޅަށް ބަލައި ދިރާސާކޮށްފައިވާ ކަމަށާއި އަދި އޭގައި ސިއްރު އެއްވެސް މައޫލޫމާތެއް ނެތް ކަމަށެވެ.

އެ ފުއްޕާހަން އެޓްލާންޓިކް ކަނޑާ ދިމާލަށް ވައްޓާލީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަމުރަށެވެ. އޭރު އެ ފުއްޕާހަން އެމެރިކާ އަދި ކެނެޑާގެ މަތިން ދަތުުރުކުރާތާ އޮތީ ހަފްތާއެއް ވެފައެވެ.

އެމެރިކާ އިން ޗައިނާގެ ފުއްޕާހަންތައް ވައްޓާލުމުން ޗައިނާ އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޗައިނާ އިން ބުނާ ގޮތުގައި އެ ފުއްޕާހަންތަކަކީ މަދަނީ ބޭނުންތަކަށް މައުލޫމާތު އެއްކުރާ ފުއްޕާހަންތަކެކެވެ. އެމެރިކާ އިން އެ ތަކެތި ވައްޓާލުމަކީ ޗައިނާ އަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ކަންކަމަށް ހުރަސް އެޅުން ކަމަށް ޗައިނާ އިން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ފުއްޕާހަމާއެކު ގޯސްވެފައިވާ ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވިއެވެ. އަދި އެ މައްސަލަ ޗައިނާއިން އެމެރިކާގެ އެމްބަސީއަށް ވެސް ހުށަހެޅިއެވެ.

ޗައިނާއިން ބުނީ އެ ފުއްޕާހަމަކީ މޫސުމީ ކަންކަމަށް ބޭނުން ކުރި ފުއްޕާހަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރެފްރީ

    ޖާސޫސުކުރިކަމުގެތުހިމަތުގާ ތިޔަފުއްޕާހަން ގެންގޮސް ގުއަންޓަނާމޯބޭ ޖަލަށްލާފަބާއްވާ!

  2. ާަމަރީ

    މީ މިީހުންގެ ރަގަޅު ތަންކޮޅަކީ.. ތެދުބަހުން ހާމަކޮއްފި..