ސްރީ ލަންކާގައި ލޯބިވެރިޔާއާ ކައިވެނި ކުރަން ދެކޮޅު ހެދި ޒުވާނަކު ވަގަށް ނަގައިފިއެވެ.

މި މައްސަލާގައި ޕިންވައްޓާ ފުލުހުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ އެ މީހުން އޭނާ ވަގަށް ނަގާފައި ވަނީ ޓުކްޓުކްގައި އައިސް ޕަނަޑޫރާގެ ޕިންވާޓާގެ އަލުބޮމުއްލާ މަގުން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި ނޭވީގެ މެމްބަރެއް ކަމަށް ބުނާ އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާ ވަގަށް ނެގީ އެ ދެ މީހުންގެ ލޯބީގެ ގުޅުމެއް އޮތަސް އެ ޒުވާނާ އޭނާއާ ކައިވެނި ކުރަން ދެކޮޅު ހެދުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ވައްޑޫވާ ސަރަހައްދުގައި ދިރިއުޅޭ ލޯބިވެރިޔާ ހިމެނޭ ގޮތަށް މި ހަތަރު މީހުން އަތުލައިގަތީ އެ ޒުވާނާ ވަގަށް ނެގުމުން، މަންމަ ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.

ވަގަށް ނެގި މީހުން އެ ޒުވާނާ ދޫކޮށްލީ ކައިރީގައި ހުރި ފަޅު ގެއަކަށް ގެންދިއުމަށް ފަހުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.