ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމައާތުގެ މުޖާހިދުން އަދިވެސް އިސްރާއީލަށް ވަންނަމުންދާ ކަމަށް ޔަހޫދީ ސިފައިން ބުނެފިއެވެ.

ޔަހޫދީ ސިފައިންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ހަމާސް ޖަމާއަތުގެ މުޖާހިދުން އަދިވެސް ދަނީ އިސްރާއީލަށް ވަންނަމުންނެވެ. އެގޮތުން އިސްރާއީލުގެ ގިނަ އަވަށްތަކާއި ބޯޑަރު ސަރަހައްދުގައި ޔަހޫދީންނާއި މުޖާހިދުންގެ ހަނގުރާމަ ކުރިޔަށްދާކަމަށް ޔަހޫދީ ސިފައިން ވަނީ ބުނެފައެވެ.

އިސްރާއީލްގެ ޑިފެންސް ފޯސްއިން ދަނީ މިކަމަށް ތައްޔާރުވަމުންނެވެ.

އަދި ހަނގުރާމަ ހިނގަމުންދާ ގޮތް ވަރަށް ގާތުން ބަލައި ހަނގުރާމަވެރިންނަށް ބޭނުންވާ ހަތިޔާރާއި އެހެނިހެން ވަސީލަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

ހަމާސްއިން މިހާރު ދޭން ފަށައިފައިވާ ހަމަލާތަކުގައި އިސްރާއިލުގެ އެތައް ސަތޭކަ މީހުން ވަނީ މަރާލައިފައެވެ. އަދި 7000 އަށް ވުރެ ގިނަ ރޮކެޓް ވަނީ އިސްރާއިލަށް ފޮނުވާލައި މިއިން ޒަމާނަކުވެސް ނުދޭ ވަރުގެ ހަމަލާތައް ދީފައެވެ.

އެ ހަމަލާތަކާ ގުޅިގެން އިސްރާއިލަށް ޝޮކެއް ލިބިފައިވާ އިރު ހަމާސްއިން ދަނީ އިސްރާއިލުގެ އެންމެ އެތެރޭގެ ބޮޑެތި ސިޓީތައް ކަމަށްވާ ތެލްއަވީވްއަށް ވެސް ހަމަލާތައް ދެމުންނެވެ.

މިހަމަލާތަކުގައި އިސްރާއީލުގައި ކިޔަވަމުންދިޔަ ނޭޕާލުގެ 10 ދަރިވަރަކުވެސް ވަނީ މަރުވެފައެވެ. ގިނަ ބައެއްގެ ގެދޮރު ހަލާކުވެ މީހުން ވަނީ މަގުމަތިވެފައެވެ. އެހެންކަމުން ގިނަ ބަޔަކު ދަނީ އިސްރާއީލް ދޫކޮށް ދާން ފަށައިފައެވެ.

ހަމާސްގެ ތަރުޖަމާނު އަބޫ އުބައިދޫ މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޣައްޒާ ބޯޑަރު ކައިރިން އެކިއެކި ހިސާބުތަކުގައި ފަލަސްތީނުގެ މުޖާހިދުން ހަމަލާތައް ދެމުން އަންނަ ކަމަށެވެ. އަދި މި ހަމަލާ ބަދަލު ކުރުންތަކުގައި އިސްރާއީލްގެ އިތުރު ބަޔަކު ރަހީނުންގެ ގޮތުގައި ޣައްޒާ އަށް ގެންގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    اللهم انصر المسلمين في فلسطين وفي كل مكان وثبت أقدامهم واحفظهم من كل شر اللهم امين يارب العلمين

    19
    1
  2. عبدالله عماد بن محمد سعيد

    اللهم انصر المسلمين في فلسطين وفي كل مكان وثبت أقدامهم واحفظهم من كل شر اللهم امين يارب العلمين