އެމެރިކާގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް ގެރަލްޑް އާރް ފޯޑް ލަޝްކަރާ އެކުގައި މެދުއިރުމައްޗަށް ދަތުރު ފަށައިފިއެވެ.

މި މަނަވަރު މެދުއިރުމައްޗަށް ފޮނުވަން އެމެރިކާ އިން ނިންމީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން، މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލްއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެހީތެރިވުމަށެވެ. އެމެރިކާ އިން ވަނީ ހަތިޔާރާއި އެ ނޫން ވެސް ސާމާނު ބަރުކޮށްފައެވެ.

އެ މަނަވަރު ދާނީ، އިސްރާއީލްގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށެވެ.

އެމެރިކާގެ މިއަމަލަކީ ފަލަސްތީނާއި ދެކޮޅަށް އުދުވާން ހިންގަން އެމެރިކާއިން ކުރާ ކަމެއް ކަމަށް ހަމާސް ޖަމާއަތުން ބުނެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި އިސްރާއީލާ ދެކޮޅަށް އެންމެ ފުޅާދާއިރާއެއްގައި ޖިހާދު ކުރާ ހަމާސް ޖަމާއަތުން މިހެން ބުނެފައި މިވަނީ އެމެރިކާގެ އަސްކަރީ މަނަވަރެއް މިއަދުގެ ވަގުތެއްގައި އިސްރާއީލަށް ފޮނުވާނެ ކަމަށް އެމެރިކާއިން އިއުލާން ކުރުމުންނެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޯސްޓިން ވިދާޅުވި ގޮތުގައި އެ މަނަވަރު ދާނީ، އިޒްރޭލުގެ ހުޅަނގު ފަރާތުން މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ސަރަހައްދަށެވެ. އަދި އޭގެ ބޭނުމަކީ މި ހަނގުރާމައިގައި އިސްރޭލަށް އެހީތެރިވުމުގެ ގޮތުން ބަޑީގެ ވަޒަނާއި އެނޫންވެސް ހަނގުރާމައަށް ބޭނުންވާ ވަސީލަތްތައް ވައިގެ މަގުން ފޮނުވުން ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.

ހަމާސް ޖަމާއަތުގެ މުޖާހިދުން މެރުމަށް ބޭނުންވާ ހުރިހާ ވަސީލަތްތައް އިސްރާއީލަށް ފޯރުކޮށްދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އަންގަވައިފައެވެ.

އަދި ހަމައެއާއެކު އިސްރާއީލުގައި ދިރިއުޅެމުންދިޔަ އެމެރިކާގެ ގިނަ ރައްޔިތުން މި ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ. އަދި އެކަން އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިކަން ވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ހުވަދު

    މުސްލިމް ޤައުމު ތަކުންވެސް ހަތިޔާރާއި މުޖާހިދުން ފޮނުވަނ ފަށަންވީ. ތިކަން މިފަހަރު ނިންމަންވާނެ. ޔަހޫދީން ގިއްގަޅުވާލަންވާނެ

    62
    1
    • ފާތަޅޭ

      އޭރުން ވާނީ ޓެރަރިސްޓުންނަށް.

      1
      1
  2. އާދަނާ

    ސައުދީ އަރަބިއްޔާ ނިދަފަތޯ މިގަރުނުގަ އޮންނަނީ!؟؟މުސްލިމް ގައުމުތަކުން އެބަޖެހޭ އެމެރިކާއަށް ރައްދުދޭން! އެމެރިކާ އުޅެނީ ހުރިހާތަނަކަށް ބޯބާނައިގެން މުސްލިމުންނަށް އަނިޔާދިނުމުގަ، އަދިވެސް ސައުދީ އޮންނާނީ އެމެރިކާގެ އުނގުތެރައަށް ބޯކޮށްޕައިގެންތޯ؟؟؟

    56
  3. ކަށިކެޔޮ އާދަނު

    އެމެރިކާއައުޓް. اللهم انصر المسلمين في فلسطين وفي كل مكان وثبت أقدامهم واحفظهم من كل شر اللهم امين يارب العلمين

    43
  4. ދޮންބެއްޔާ

    ކޮބާ ހުރިހާ އަރަބި ގައުމުތައް ގުޅިގެން އިސްރާއީލްއާ އެމެރިކާއާ ދެކޮޅައް ތެދުވަންވީ ވަގުތު ޖެހިއްޖެ އަވަހައް ތެދުވެ ޔަހޫދީންގެ ކަންތައްނިންމާލާ

    63
  5. ހސހ

    ޔާﷲ މިމީހުން ޣަރަގު ކުރައްވާފާންދޭވެ! އާމީން

    76
  6. އަހުމަދު

    ޔާﷲ
    އެ ނުބައި އެމެރިކާގެ ސިފައިންނާ އެކު އެ މަނަވަރު ޣަރަޣު ކުރަައްވާ ފާންދޭ
    އާމީން

    82
    0
    • ހުސޭނުބޭ

      އާމީން

      27
    • ޢެސް

      امين

  7. ާަމަރީ

    އެމީހުން އެއަންނަނީ އިޒްރޭލާއި ގުޅިގެން އިރާންއަށް ޙަމަލާދޭން ރީތި ހަޑިއެއް މިފަހަރު ހާވާނެ ޙަމަލާދީފާ ތި މަނަވަރަށް ދެވުނިއްޔާތާދޯ

    44
  8. ާަމަރީ

    އެމީހުން އެއަންނަނީ އިޒްރޭލާއި ގުޅިގެން އިރާންއަށް ޙަމަލާދޭން ރީތި ހަޑިއެއް މިފަހަރު ހާވާނެ ޙަމަލާދީފާ ތި މަނަވަރު އެނބުރި ސަލަމާތުން ދެވިއްޖިއްޔާ އެއީ ނަސީބް

    26
    1
  9. އަހިމަދު

    މާތް ﷲ އިރާދަފުޅުން ތިމަވަރު ނެތިކުރައްވާ ފާދޭވެ

    70
  10. ވާގޮނުސްކޮ

    اللهم انصر المسلمين في فلسطين وفي كل مكان وثبت أقدامهم واحفظهم من كل شر اللهم امين يارب العلمين

    20
  11. ޔޫސުފް

    ޔާ ﷲ! އެމެރިކާގެ އެ ގާފިލާ ކަނޑަށް ޣަރަޤު ކުރައްވާންދޭވެ!