އޮސްޓްރިއާ އިން ފަލަސްތީނަށް އެހީ ދިނުން ހުއްޓާލައިފިއެވެ.

އޮސްޓްރިއާއިން ބުނީ ފަލަސްތީނަށް ދޭ އެހީ ކަނޑާލަން ނިންމީ ފަލަސްތީނުގެ ހަމާސް ޖަމާއަތުން މިހާރު އިސްރާއިލަށް ދެމުން ގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން ކަމަށެވެ.

އޮސްޓްރިއާގެ ފޮރިން މިނިސްޓަރު އެލެކްޒެންޑްރިއާ ޝަލެންބާގް ވިދާޅުވީ އެ ނިންމުން ނިންމީ ވަގުތީ ގޮތުން ކަމަށެވެ. އަދި އެެއާއެކު 20 މިލިއަން ޑޮލަރުގެ އެހީ ފަލަސްތީނަށް ލިބުން ހުއްޓިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝެލެންބާގް ވިދާޅުވީ އޮސްޓްރިއާއިން ފަލަސްތީނުގެ ސަރަހައްދުގައި ހިންގަމުންދާ ހުރިހާ ޕްރޮޖެކްޓްތައް ވެސް ހިންގުމާމެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށާއި އަދި އެ ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން ޔޫރަޕިއަން ޔޫނިއަންއާްއެކު މަޝްވަރާވެސް ކުރާނެ ކަމަށެވެ.

"ޓެރަރިސްޓު ހަމަލާތައް އިންތިހާއަށް ވަނީ އިތުރުވެފައި. މިއާ ހުރެ ކުރީގެ ހާލަތަކަށް އަނބުރާ ނުދެވޭނެ" ޝެލެންބާގް ވިދާޅުވި އެެވެ.

ޝެލެންބާގް ވިދާޅުވީ އިސްރާއިލަށް ދޭން ފެށި ހަމަލާތަކަށް އިރާނުން ތާއިދު ކުރާތީ އިރާނުގެ އެމްބެސެޑަރުވެސް ހާޒިރު ކުރައްވާނެ ކަމަށެވެ.

މި ވަގުތު އިސްރާއިލުގައި 8000 އެއްހާ އޮސްޓްރިއާގެ ރައްޔިތުން އިސްރާއިލުގައި ދިރިއުޅެއެވެ.

އިސްރާއިލުން ބުނެފައިވާ ގޮތުގައި ހަމާސްއިން ހަމަލާތައް ފެށި ފަހުން އިސްރާއިލުގެ 700 މީހުން މަރުވެފައިވާ ކަމަށާއި އަދި އޭގެ ތެރޭގައި 73 ސިފައިން ވެސް ހިމެނޭ ކަމަށެވެ.

ހަމަ އެހެންމެ އިސްރާއިލުގެ ސިފައިން އެތަކެއް ސަތޭކަ ފަލަސްތީނުގެ މުޖާހިދުން ވެސް މަރާލައިފައިވާ ކަމަށް އިސްރާއިލުން ބުނެއެވެ.

ހަމާސް ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ ހެޑް އިސްމާއިލް ހަނިއްޔާ ވިދާޅުވީ ބޮޑު ކާމިޔާބީއަކާ ދިމާލަށް ދެވެމުންދާ ކަމަށާއި އަދި ޣައްޒާއިން އިސްރާއިލް ފަތަހަ ކުރުމުގެ ކަންކަން ފެށުނީ ކަމަށެވެ.

ފަލަސްތީނުގެ ހަމަލާތަކާ ގުޅިގެން 300،000 ރިޒާވް ސިފައިން ނެރެން އިސްރާއިލުން މިހާރު ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަަްްއޭއާރް15

    ހަމަ އެގޮތައް އިޒްރޭލުން ފަލަސްތީނަށް އަރައިގަތީމަ ކީއްވެ ހުޅަނގުގެ އެހީ އެމީހުނަށްދިނުން ހުއްޓާނުލަނީ

    10
  2. ދިވެއްސެއް

    ކަލޭމެންގެ އެހީ ނުލިބުނަސް އަހަރުންނަށް އުޅެވޭނެ. ދާންއުޅޭ