ބޭނުންވާ ތަކެތި:

1 ބޮޑު ފިޔާ

3 މޭޒުމަތީ ސަމުސާ ތެޔޮ

¼ ޖޯޑު ކަނަމަދު

¼ ޖޯޑު ހިކި މޭބިސްކަދުރު

1 ޖޯޑު ބާސްމަތީ ހަނޑޫ

1 މޭޒުމަތީ ސަމުސާ ގިތެޔޮ

4 ކަރަންފޫ

3 އިންޗީގެ ފޮނިތޮށިކޮޅެއް

4 ކާފޫރުތޮޅި

6 އިންޗީގެ ރާނބާފަތްކޮޅެއް

7 ހިކަނދިފަތް

½ ސައިސަމުސާ މުގުރާފައިހުރި ދަވިއްގަނދު

½ ސައިސަމުސާ މުގުރި އަސޭމިރުސް

½ 2 ޖޯޑު ފެން

½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ފިޔާ ތުނިކޮށް ކޮށާލާށެވެ. އެއަށްފަހު ތެޔޮކޮޅު ތެއްޔަކަށް އަޅައި އެ ރަނގަޅަށް ހޫނުކޮށްފައި އޭގެ ތެރެއަށް ކޮށި ފިޔާކޮޅުގެ ¾ އަޅާލާށެވެ. ފިޔާކޮޅަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ. ކެކެމުންދާއިރު ގެންދަންވާނީ ގިނަ ގިނައިން ހަލަމުންނެވެ. ދެން ކަނަމަދާއި ހިކި މޭބިސްކަދުރު ތެއްޔަށް އަޅާށެވެ. ފިޔާކޮޅު ރަނގަޅަށް ރަތްވެ، ހިކި މޭބިސްކަދުރުކޮޅު ފުފި ކަނަމަދު ކޮޅަށް ރަންކުލަ އަރަންދެން ހަލަމުން ކައްކަމުން ގެންދާށެވެ. ދެން ތެލީގައި ހުރި ތަކެތި ތަށްޓަކަށް ނަގާށެވެ. އަދި މާތެޔޮކޮށް ހުރިހެން ހީވާނަމަ ޓިޝޫކޮޅެއް ކަހަލަ އެއްޗެއް ބޭނުން ކޮށްގެން ތެޔޮކޮޅު ފޮހެލާށެވެ. ދެން ހަނޑޫކޮޅު ރަނގަޅަށް ދޮވެލާށެވެ. ބަތް ކައްކަން ބޭނުން ކުރާނެ ތެލީގެ ތެރެއަށް ގިތެޔޮކޮޅު އަޅާފައި އެ ހޫނުކުރާށެވެ. ގިތެޔޮކޮޅު ވިރުނީމާ ބާކީހުރި ފިޔައާއި، ކަރަންފޫ، ކާފޫރުތޮޅި، ފޮނިތޮށި، ރާނބާ އަދި ހިކަނދިފަތްކޮޅު އަޅާށެވެ. ފިޔާކޮޅު މަޑުވެ އެއަށް މުށިކުލަ އަރަން ފެށީމައި ހަނޑޫކޮޅު އަޅާށެވެ. ގިނަގިނައިން އެއްކުރަމުން 2 މިނެޓެއް ހާއިރު ކައްކާލާށެވެ. ދެން ދަވިއްގަނދާއި އަސޭމިރުސް އަޅާފައި އަނެއްކާވެސް މިނެޓެއް ހާއިރު ކައްކާލާނީއެވެ. ފެނާއި ލޮނު އަޅާފައި ތެލީގައި މަތިޖަހާށެވެ. ދެން މެދުގިނީގައި ބަހައްޓައިގެން ފެން ހިނދެންދެން ކައްކާށެވެ. ފެން ހިނދުމުން ލޯވަޅުތަކެއް ބަތްގަނޑުގެ ތެރެއިން ފެންނަން ހުންނާނެއެވެ. އެގޮތަށް ލޯވަޅު ހެދުމުން ވަރަށް ބޮޑަށް ގިނި މަޑުކޮށްލާފައި ދެ މިނެޓެއްހާއިރު ބަހައްޓާލާށެވެ. ދެން އުނދުން ނިވާލާފައި ކުރިން ތައްޔާރުކުރި ފިޔާ، ކަނަމަދު، ހިކިމޭބިސްކަދުރުކޮޅު ބަތާއި އެއްކޮށްލީމާ އެހުރީ ފޮލާ ކައްކާ ނިމިފައެވެ.