ތިމާ އަކީ ހާދަ "ފެޝެނެބަލް" މީހެކޭ ބުނެ ލޭބަލް ކޮށްލުމުން ބައެއް މީހުން ވަރަށް އުފާވާނެއެވެ. އެއީ އޭނާ އަކީ ފެޝެނަށް ލޯބިކުރާ 'ފެޝެން'ގެ ކެޓެގެރީއަށް ފެތޭ ކަންތައްތައްކޮށް އުޅޭ މީހަކަށް ވާތީއެވެ. އަޅުގަނޑުމެން އެންމެންގެ މާތް ވެގެންވާ އިސްލާމް ދީން ހުއްދަ ނުކުރާ ކަމަކަށްވިޔަސް އެއްވެސް ފަރުވާލެއް ނެތް ފަދަ އަކުންނެވެ. މިފަދަ މީހުން މިއަދުގެ މި އިސްލާމީ މުޖްތަމަޢުގައި ވެސް ގިނަ ވަމުން ދާ ކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެކެވެ.
ފުރަތަމަ ކަމަކަށް ހެދުން އެޅުމުގެ ވައްޓަފާޅިއަށް ބަލާލަމާތޯއެވެ! ސައްތައިން ސައްތަ މުސްލިމް ޤައުމެކޭ ބުނަން ވެސް ލަދު ގަންނަ ވަރުވެއެވެ. ގިނަ އަންހެނުންގެ ހެދުން ހުންނަނީ ގަޔާލައި ފިއްތާފައެވެ. "ޓަޔަރު" ތަކާއި ދަންދެން ހުންނަނީ އެނގޭށެވެ. ޝޯލްއޭ ކިޔާ ކަރުގައި ވެސް އޮންނަނީ ފޮތިގަނޑެއް އޮޅާލާފައެވެ. ވާންކޮށް އަޅާފައި ހުންނާތީ، ބައެއް ފަހަރު ކަރު އަނބުރާލުން ވެސް އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. ބޮލުގައި ޖަހާފައި ހުންނަ ހުޅީގެ ވާހަކަ އަމުދުން ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެވެސް ހުންނަނީ ހިމާރުގެ މޮށްގަނޑުހެން މައްޗަށް ނަގާފައެވެ. މޫނުގައި ފުއްޓަށްޕެއްގެ ފުށް ޖަހައި، އެވަރަށް ފައުންޑޭޝަން އުނގުޅިއްޔާ ނޫނިއްޔާ ރީތި މީހަކަށްވެސް ނުވަނީ ކަންނޭނގެއެވެ. ތުންފަތް ވެސް ހުންނަނީ ދިހުން ކުލަ އަރައަރައެވެ. ދަވާދު ދަޅެއް ބަންޑުން ވެފައި ހުންނަ ފަދައެވެ.
އަންހެނުންނެކޭ އެއްގޮތަށް ފިރިހެނުން ވެސް ތިޔަ ކިޔާ ފެޝެނެއްގެ އަވައިގައި ޖެހި މިވަނީ މުޅިން ހަލާކުވެފައެވެ. ގިނަ މީހުން ލައިފައި ހުންނަ ޖީންސް ވެސް އޮންނަނީ ފައިދަށުވެ ސޮހިގެން ވެއްޓިފައެވެ. ވީދިފައި ހުންނަ ޒާތުގެ ޖިންސް ލައި އުޅޭ މީހުން ވެސް އެހާ ގިނައެވެ. އަތުގެ ނިޔަފަތިތައް ވެސް އެހާމެ ދިގެވެ. ބޯ ވެސް ހުންނަނީ ދިގުކޮށް، ހުޅިޖަހާފައެވެ. އަދި އަމުދުން، ކަރުގައި ފަށެއް އޮތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ފަދައެވެ. އެހެންނޫނީ 'ގައްޑާ' މީހަކަށް ނުވެވެނީޔޯލައެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ އެއޮތީ ވަރެއްގެ ފެޝެނެއްތާއެވެ.
ޒަމާނުއްސުރެ އަޅުގަނޑުމެންނަކީ އެކަކު އަނެއްކަކަށް އިޚްތިރާމްކުރުމުގެ ފަޚްރުވެރިކަން ހޯދައިފައިވާ ބައެކެވެ. ނަމަވެސް މިއަދު މިއޮތީ މަންޒަރު މުޅީން ބަދަލުވެފައެވެ. މުސްކުޅިއެއް، ރާއްޖޭން ބޭރު މެހްމާނެއް އެހެން މީހެއް ނޯވެއެވެ. ސަލާން ގަލާން ކޮށްނުލާތާ ކުޑަމިނުން ރީތިކޮށް މުޚާތަބުކޮށްލެވޭ ކަމަކަށްވެސް ނުވެއެވެ. ނުވިތާކު ބަސްމަގުވެސް އެހާ ހުތުރެވެ. ހިތަށްއައިހާ ބަހެއް ދުލުން ބޭރުކޮށްލަނީ ރަނގަޅު ދަނޑިވަޅުތޯ ވެސް ބެލުމެއް ނެތިއެވެ.
ކޮންމެއަކަސް، މިފަދަ ފެޝެނުގެ ދަޅައިގައި ޖެހި ކުރަމުންދާ ކަންތައްތައް ލިސްޓްކުރެވޭހައި ގިނައެވެ. އަދި ހަމައެހެންމެ، ދުވަހަކަށް ވުރެ ދުވަހެއް މި ބައި އިތުރުވެގެން ދާ ކަމީ ދެރަވެ ހިތާމަކުރަންޖެހޭ ކަމެކެވެ. "ފެޝެނަބަލް" މީހަކަށްވާން މަސައްކަތްކުރިޔަސް އެއީ ބޮޑުވަރު ނޫން ހެއްޔެވެ؟ ބަލަ އަޅުގަނޑުމެން އެންމެން މިއީ މުސްލިމުންނެވެ. މުސްލިމުން އުޅެންވާނީ މުސްލިމުން އުޅެން އަންގަވާފައިވާ ގޮތަށް އެ ހުދޫދުން ބޭރު ނުވެއެވެ. ކިތަންމެ ސަޅި 'ފެޝެނެއް' ކަމުގައި ވިޔަސް، ދީން ހުއްދަ ނުކުރާ ކަމެއް ނަމަ، އެ ބެރަކަށް ނަށާކަށް ނުޖެހޭނެއެވެ..
ޖަމަލުގެ މޮށްގަނޑެއްނޫން. ގޮންގަނޑު
މީގައި ތިބި ކުދިން ލާފައި ތިބި ހެދުން ތަށް ވަރށް ސަޅި އަި ރިއަލީ ލައި ކް އިޓް ބޭކާރު ވާހަކ ގިނަ ކަމުން ހެދުމެއް ލެވޭ ކައްވެސް ނެޔް
ސާލި ހެދުމްއް މިކުދިން ލާގެން ތިބީ ބޭކާރ ވާހަކ އާޓލިކަލް ގަހުރީ
ހަޤީޤަތަކީ ގިނަ ދިވެހި އަންހެނުންނަށްވުރެ ބޮޑަށް ދިވެހި ފިރިހެނުން ހެދުން އެޅުމުގަ ނިވާކަން ބޮޑު.ލާއެއްޗެހިވެސް އާންމުކޮށް ހުންނާނީ ދޫކޮށް.އެއާ ހިލާފަށް ގިނަ އަންހެނުން ލާއެއްޗެހި ބާރުކަމުން ހީވާނީ ފިހާރައިގަ ދެން އިތުރަށް ފޮތިނެތިގެން އުޅޭހެން.
ތިޔީ ނޫޑްސް