ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ލަވަކިޔުންތެރިޔާ ނިކް ޖޮނާސްއާ ކައިވެނި ކޮށްފައިވާއިރު، އެކަމާ ނިކްގެ އާއިލާއިން އެންމެ އުފާވެފައި ހުރީ ނިކްގެ ފިރިހެން ކޮއްކޮ، ޖޯ ޖޮނާސްކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.
އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެންމެ "ލޯބި" ކޮށް ޕްރިޔަންކާ އަށް ނިކްގެ އާއިލާ މެންބަރުންގެ ތެރެއިން މަރުޙަބާ ކިޔާފައިވަނީ ޖޯ އެވެ. ހަމައެހެންމެ، ޕްރިޔަންކާ އަށް މަރުޙަބާ ކިޔާ، ޖޯ ވަނީ މީސް މީޑިޔާގައި ގިނަ އަދަދެއްގެ ޕޯސްޓުތަކެއްވެސް ކޮށްފައެވެ.
ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޖޯ، ޕްރިޔަންކާ އަށް ނިސްބަތްކޮށް ކިޔަނީ "ޕްރީ" އެވެ. އަދި، މިއީ އެތައް ބައެއްގެ ހިތުގައި އަޅައިގަނެފައިވާ ކަމެއްކަމަށްވެސް ބޮލީވުޑުގެ ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސްތަކުން ބުނެފައިވެއެވެ.
ނޫހަކަށް މައުލޫމާތު ދެމުން ޖޯ ބުނެފައިވަނީ މި ކައިވެންޏާ ގުޅިގެން އޭނާ ވަރަށް އުފަލުން ހުރިކަމަށާއި މިއީ އޭނާއަށް ފެނުނު އެންމެ ރީތި ކައިވެނި ޙަފްލާކަމުގައެވެ.
ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކުލަގަދަ ޙަފްލާއެއްގައި، އިންޑިޔާގެ ޖޯދުޕޫރުގައެވެ.
ކޮބާ ޖޯގެ ފޮޓޯ؟
ކޮއްކޮ އެއްނޫން ބޭބެ. ޖޮނާސް އެއް ވެސް ނޫން ޖޯނަސް.
ޜީތި ފަހަރިއެއް ލިބުނީމަ އެންމެންވެސް އުފާވާނެ....