ހޮލީވުޑްގެ ބަތަލާ ލިންޒީ ލޯހަން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަގެންދެއެވެ.
ލިންޒީ ޗުއްޓީ ހޭދަ ކުރަމުން އަންނަނީ ބ.އަތޮޅުގެ އަމިއްލަ ފުށީ ރިސޯޓްގައެވެ. އެރިސޯޓްގައި ނަގާފައިވާ ބައެެއް ފޮޓޯތަކާއި ވީޑިއޯ އޭނާ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އިންސްޓަގްރާމްގައި ލިންޒީ ފޮލޯ ކުރާ 73 މިލިއަން މީހުންނަށް އޭނާ ދައްކާލާފައި ފޮޓޯތަކާއި ވީޑިއޯތަކުގައި ބުނެފައި ވަނީ ރާއްޖެއަކީ ވަރަށް ހިތްގައިގު ގައުމެއް ކަމަށެވެ.
ލިންޒީއާ އެކު ކޮއްކޮ އަލީ ލޯހަން، ވެސް ވަނީ ރާއްޖެ އައިސްފައެވެ.
އަންގާރަ ދުވަހު އެމްޓީވީން ވަނީ އޭނާގެ އައު ރިއަލިޓީ ޝޯ "ލިންޒީ ލޯހަންސް ބީޗް ކުލަބް" ދައްކައިން ފަށައިފަ އެވެ.
ކެރިއަރުގެ ވަކި ހިސާބަކުން ބޮޑެތި މައްސަލަތަކެއް ޖެހި ކެރިއަރަށް ހުރަސް އެޅުނު ނަމަވެސް ފާއިތުވި ފަސް ވަރަކަށް އަހަރު ލިންޒީގެ މައްސަލަތައް ފެންމައްޗެއް ނުވެއެވެ.
އޭނާ އިސްލާމްވެފައިވާ ކަމަށް މީގެ ކުރިން މީޑިއާގައި އަޑު ފެތުރުނެވެ. ލިންޒީ ކީރިތި ޤުރުއާން ހިފައިގެން އުޅެނިކޮށް ވެސް މީޑިއާ އަށް ފެނިފައިވެއެވެ.
ކަލޭނޭ
އާނ އިހައްދުވަހަކު އުޅުނު ބުރުގާއަޅައިގެން ކީރިތި ގުރުއާން ޚަތިމެއް ހިފައިގެން. މިހާރުހުރީ ކިހިނެތްބާ؟