އިންޑިއާގެ ހުޅަނގުގައި އޮންނަ ބެންގާލްގެ ރަނަގަތް ރެއިލްވޭ ސްޓޭޝަންގައި ރީތި ލަވައެއް ރީތި އަޑަކުން ކިޔައިގެން އެންމެންގެ ސަމާލުކަން ހޯދި ރާނޫ މަންޑޯލްއަށް އެތައް ބައެއްގެ ތައުރީފު ދަނީ ލިބެމުން ދަނިކޮށް، ދިވެހިންގެ ބަޔަކު އޭނާއަށް ފުރައްސާރަކޮށް ވީޑިއޯއެއް އާންމުކޮށްފިއެވެ.
ރާނޫއަށް ފުރައްސާރަކޮށް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ދިވެހި ރާނޫގެ ރީތި އަޑުން އޭނާ އެންމެ ފުރަތަމަ ރެކޯޑުކުރި ހިންދީ ލަވަ ކިޔަން ދިވެހި އަންހެނަކު ހުންނަ މަންޒަރެވެ. ވީޑިއޯގައި އެ އަންހެން މީހާ ހުރީ މައިކެއްހެން ސިފަވާނެ ގޮތަށް ބާލިދީއެއްގައި ހިފަހައްޓައިގެން، ހެޑްފޯނުގެ ގޮތުގައި ދެ ކަންބަތުގައި ޕްލާސްޓިކް ތަށިތަކެއް ހަރުކޮށްގެންނެވެ. އެވަގުތު ކައިރީގައި އިތުރު ފިރިހެނަކުވެސް ހުއްޓި ހުންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މިހާރު ދައުރުވަމުންދާ މި ޕޯސްޓުގައި ޖަހާފައި ވަނީ، މިއީ ރާނޫގެ "ހަނިމާދޫ ވާޝަން" ކަމަށެވެ.
މި ވީޑިއޯގައި އިއްވާފައިވާ ލަވައަކީ، ރާނޫގެ ކުޅަދާނަކަމަށްޓަކައި އޭނާއަށް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރެޝާމިއާ ހޯދައިދިން ފުރުސަތެއްގައި، އޭނާގެ ސްޓޫޑިއޯގައި ރެކޯޑުކޮށްފައިވާ ރާނޫގެ ފުރަތަމަ ރަސްމީ ލަވައެވެ. "ތޭރީ މޭރީ ކަހާނީ"ގެ ނަމަކަށް ކިޔާ އެ ލަވަ ރެކޯޑް ކުރަމުންދަނިކޮށް ނަގާފައިވާ ވީޑިއޯކޮޅެއް ހިމޭޝް ވަނީ މީސް މީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯ އިން ރާނޫ ލަވަ ރެކޯޑު ކުރަން މައިކެއްގެ ކައިރީގައި ހެޑްފޯނު އަޅައިގެން ހުރެ ލަވަ ކިޔާ މަންޒަރު ފެނެއެވެ.
https://www.instagram.com/p/B1eVI_cjQS3/
ދިވެހިންގެ ބަޔަކު މިކަމަށް މަލާމާތްކޮށް ވީޑިއޯއެއް ހަދައި މީސްމީޑިއާގައި އާންމު ކުރުމާއި ގުޅިގެން އެއީ ރާނޫއަށް ކުރި ފުރައްސާރައެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، ބައެއް ފަރާތްތަކުން ދަނީ އެކަމާއި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދިވެހިންގެ އަގު ވެއްޓިގެންދާ ކަމަށްވެސް ގިނަ ބަޔަކު ފާހަގަކޮށްފައި ވެއެވެ. މި ވީޑިއޯގެ އިތުރުންވެސް ރާނޫގެ ހިއްވަރަށް މަލާމާތްކޮށް ހަދާފައިވާ މިފަދަ ވީޑިއޯތައް ދިވެހިންގެ މެދުގައި މަޤުބޫލު "ޓިކްޓޮކް"ގައި ވެސް ދައުރު ކުރަމުންދެއެވެ.
މަޝްހޫރު "އެކް ޕިޔާރް ކަ ނަގްމޭ ހޭ" ލަވައިން ގިނަބައެއްގެ ސަމާލުކަން ރާނޫ ހޯދީ އޭނާ ބެންގަލްގެ ރޭލް ސްޓޭޝަނެއްގައި ހުރެ އެ ލަވަ ކީ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވުމުންނެވެ. އުމުރުން 59 އަހަރުގެ "ގެއްލިފައިވީ" ކުޅަދާނަ މި ލަވަކިޔުންތެރިޔާ އަކީ، މީގެ އެތައް އަހަރެއް ކުރިން ފިރިމީހާ މަރުވެ ފަޤީރު ހާލުގައި ވަރަށް ނިކަމެތި ދިރިއުޅުމެއް އުޅެމުން އައި އަންހެނެކެވެ.
ރެއިލްވޭ ސްޓޭޝަނެއްގައި ހުރި ބެންޗެއްގައި އިށީނދެ އިނދެ، މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ "އެކް ޕްޔާރުކަ ނަގްމާ" ލަވަ ރާނޫގެ އަޑުން ކިޔާލި މަންޒަރު ފެންނަ ވީޑިއޯ މީސްމީޑިއާގައި ފާއިތުވެދިޔަ ދުވަސްތަކުގައި ދައުރުވެގެން ގޮސްފައިވާއިރު، އޭނާ އަކީ ގެއްލިފައިވާ ތަރިއެއް ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.
ރާނޫ ހީވެސް ނުކުރާ ފަދަ ގޮތަކަށް ދިރިއުޅުމުގައި ހޯދި މި ކާމިޔާބީ އާއި އެކު އޭނާއަށް މިއުޒިކް އިންޑަސްޓްރީތަކުން ގިނަ ފުރުސަތުތަކެއް މިހާރު ދަނީ ލިބެމުންނެވެ. އެގޮތުން އިންޑިއާގެ "ސުޕާސްޓާ ސިންގަރ" ގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ލިބުނުއިރު، މިހާރު ދަނީ އޭނާގެ އަޑުން ކިޔާފައިވާ އިތުރު ލަވަތައް ނެރެން ތައްޔާރުވަމުންނެވެ.
ރާނޫ އޭނާގެ ފިރިމީހާ މަރުވުމުން އާމްދަނީ ހޯދުމުން ދިޔައީ، ރެއިލްވޭ ސްޓޭޝަންތަކުގައި މީހުންނަށް ލަވަ ކިޔައިދީގެންނެވެ. އޭނާ ކީ ލަވައެއްގެ ވީޑިއޯ އެތައް ބައެއްގެ ސަމާލުކަމަށް އައި ފަހުން މިހާރު މިއުޒިކް އަލްބަމް ތަށް ހެދުމަތް އެތަށް ކުންފުނިތަކަކުން އޭނާ އަށް ހުށައެޅުތަށް ލިބެމުންދާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.
އޭނާ މަޝްހޫރުކަން ހޯދި ވީޑިއޯ ދެދުވަސް ތެރޭގައި 4 މިލިއަނަށްވުރެ ގިނަ މީހުން ބަލާފައި ވެއެވެ. އަދި 59.7 ހާސް މީހުން ވަނީ މި ލަވަ ޝެއާ ކޮށްފައެވެ.
މޮޠަ ނުގޮވާ. ޢެ އެމީހުން މަޖަލަށް ހަދާ ވީޑިއޯ.. އެއީ ޖޯކު ޖެހީ އެއް ނޫން..
ޢަހަރެމެންގެ ތެރޭގަވެސް އުޅޭ ގޮތެއް ފޮތެއް ލަދެއް ހަޔާތެއްނެތް ކިތައްމެ ބަޔެއް ހިތުން ކުރި މޮޅުކަމަ ކުން އެނގިގެން ދިޔައީ ތިމާމެން ނަކީ ކިހާ ދަށުދަރަ ޖައިގެ އަމުދުން އަގެއްނެތް ބަޔެއް ކަން
ކީއްވެ ނުރުހެންވީ އެއީ ކަލޭމެން ތިކިޔާ މިނިވަން ހިޔާލުގެ އަމަލެކޭ ?
ދެން ވިސްނާލާ ދަރިން ބުލީ ކުރާނެ ވަރު. މި ދެން ލަވަ ކިޔުން ތެރިއަކަށް ނުވެނުނަސް ބޮޑުވަރު.
ދިވެހިންނަކީ އެއްޗެއްދަންނަ ތާކުންތާކު ޖެހޭ ބައެއްނޫން .ރީތި ހުތުރު މޮޅުދެރަ ވެސް ދިވެހިން ނުދަންނާނެ އެގޭނީ މަމޮޅު އެކަނި ވީމަ ޖީހުނަށް ޖޯކް ޖަހާ ފުރައްސާރަ މިކުރެވެނީ
މިނިވަން ހިޔާލު އެއީ ލާދީނީ އެމްޑީޕީ ގެ ލާދީނީ ސުއޫދު ބުނިހެން
ހާދަ ރުޅި އެެކޭ ދޯ ސޫދު ދެކެ ތި އަންނަނީ
އަސްލު ބަޔަކު މަޖަލަ ކުރިކަމެ މީހަކު އެފްބީޔަލީ ދެން ހުރިހާ މަލާމާތެ މަންޒަރުން ފެންނަށްމީހުންނަށް މީއަހަރެމެންގެ ދިވެހިންގެހާލް
އަހަރުމެން އަމިއްލަ ރާގުގެ ލަވައެއް ނުއުފެއްދިގެން އުޅޭ ބައަކު ޖޯކު ޖަހަން ލަދެއް ނުގަނޭ.
ކޮއްމެ ކަމެތްގާވެސް މިދިވެހިންނަކީ އޯވަރ ވާ ބައެތް އާއްމު ގޮތެތްގާ އަނެކާ ޔަށް މަލާ މާތޮ ކުރުމަކީ ގިނަ ދިވެހިނ އުފާ ކުރާ ކަމެތް ހިތްހަމަ ޖައްސާލަން ވެސް އެކަން ކުރޭ
މިއުޅެނީ މިގައުމުގެ ވެރިންނައް ޖޯކުޖަހާ ފުރައްސާރަކޮއް! ދެން ތިކަހަލަ ކަމެއް ދިވެހިންގެ ކުރިމަތީވާނެތަ ހުވަނދަކައްވެސް؟؟ ދިވެހިން ދިވެހީންގެ ގޮތުގާ ގަމާރުކަންމަތީ އަބަދައް
Goiy kuda akas fukeh bodu varu...varah foohivey mivahtharah thelhey meehun dheke...hithun varah molhu kameh thoache e kurevuny....
މާތްﷲ އަޅުތަކުންނަށް ދެއްވަވާ ނިއުމަތަށް ޝުކުރުވެރިވާން ވާނެ.އެއީ ކޮންމެ މީހެއްވިއަސް.އެފަދަ ނިކަމެތި އިންސާނަކަ ރަނގަޅު ގޮތެއްވުމުން އެމްމެންވެސް އުފާކުރަންވާނެ.އަލްހަމްދުލިއްލާހި.
ދިވެއްސަކަށް އަހަރެންވީތީވެސް ލަދުގަނެއްޖެ، ރާއްޖޭގެ ބަޔަކު މިކަހަލަ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ހިންގީތީ. ނިކަމެތިވެފައިވާ މީހަކަށް މާތްﷲ އެފަދަ ގޮތަކަށް ނިއުމަތެއް ދެއްވީތީ އެކަމަށް ހަޖޫޖަހާ މަލާމާތް ކުރުމަކީ ދެން ވަރަށްވެސް ދެރަކަމެއް. އެހެންމިހުންނަށް ލިބޭ ނިއުމަތަށް ހަސަދަވެރިވުމޭ ދެން ބުނެވޭނީ. ވަރަށް ގޮތެއްނެތް ބައެއް ތީ ދެން... ޝެޭމް އޮން ޔޫ...
ހަޤީޤަތުގަ އެއީ އެ މަޝްހޫރު ކުރިހާ ވަރުގެ ހުނަރުވެރި އެއް ނޫން. މިހާރު ދެން މީސް މީޑިޔާ އަކީ ގޭމެއްގެ ގޮތުގައި އެންމެން ކުޅޭ ކުޅިވަރެއް ވިއްޔަ. މިއަންހެންމީހާ އަށްވުރެ މާމޮޅެތި ލަވަކިޔުންތެރިން ގެ ގޮތުގަ މިޙާރުވެސް އަލަށް ނެރެވޭނެ ފަދަ މީހުން އިންޑިޔާ ގަ ތިބޭނެ. ހިމޭޝް ވެސް އެކުރަނީ އޭނާގެ އުފެއްދުން ތަކުގެ އިޝްތިހާރު. އަދި ސަލްމާނުޚާނު ވެސް ހަމަ އެހެން.
ތިޔަކުރީ ވަރަށް ދަށުދަރަޖައިގެ ލަދުހުތުރު ޢަމަލެއް. މުޅި ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުން ލަދުން އިސްދަށަށް ޖައްސައިފީމު. ތިމަންނާއަކީ މުސްލިމެކޭ ދުލުކުރިންބުނެލާ ބުނެލުމަށްވެސް ހުތުރު. މިހާރު އެނގިއްޖެ އަޅާފަ ތިހުރި ބުރުގާއަކީ ބޮލުގަ ފުނާއަޅަން މަސައްކަތަށާ ޖަހާފަހުރި ނުރަ ފޮރުން އަޅައިގެންހުރި އެއްޗެއްކަން. ހުރި ގޮތެއްނެތްކަން ދޯ؟
މަހަމަ ޢަޖައިބުވެއްޖެ ދެބައިޢުމުރުން މަތިވެފައި ތިބި ބަޔަކު ތިފަދަ މަލާމާތެއް މުޅި ދުނިޔެ ބަލައިގެންފައިވާ އެ ހުނަރުވެރި އަންހެނާއަށް ކުރީތީ. ތިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކުރަން.
ހދ ހަނިމާދޫ ހުސްނާ
ލަދުން ފިތްކަނޑާގެން ދާވަރުވޭ!!!