ރާޖް ކުމާރް ޑައިރެކްޓްކޮށް، ވިދޫ ވިނޮޑް ޕްރޮޑިއުސްކުރާ ބޮލީވުޑްގެ ބައޮގްރަފިކަލް ޑްރާމާ ފިލްމު 'ސަންޖޫ' ރިލީޒް ކުރާނެ ތާރީޚް އާންމުކޮށްފިއެވެ.
ކުރިން މި ފިލްމް 2017 ވަނަ އަހަރު ރިލީޒް ކުރަން ހަމަ ޖެހިފައިވީނަމަވެސް، ފިލްމުގެ ޓީމުން ވަނީ 'ރިލީޒިން ޑޭޓް' ފަސްކޮށްފައެވެ. އަދި މި އަދާ ހަމައަށްވެސް ވަކި ތާރީޚެއް އާންމު ކޮށްފައެއް ނުވެއެވެ.
މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 29 ވަނަ ދުވަހުގައި ކަމަށާއި މި އޭޕްރީލް މަހުގެ 24 ވަނަ ދުވަހު މި ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރު ރާޖް ވަނީ ބުނެފައެވެ.
ރާޖް އިތުރަށް ބުނީ، މި ފިލްމުގެ ޓްރެއިލާ ފެނިގެންދާނީ މެއި މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އެއީ އެ ދުވަހަކީ މި ފިލްމު ނިސްބަތްވާ ފަރާތް ކަމުގައިވާ ސަންޖޭ ފުރަތަމަ ބޮލީވުޑުން ފެނިގެން ދިޔަ ދުވަސް ކަމުގައިވާތީ ކަމަށެވެ.
ސަންޖޭ ޑަޓްގެ ހަޔާތާއި ގުޅޭގޮތަށް އުފައްދައިފައިވާ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރ ރަންބީރް ކަޕޫރެވެ. އޭގެ އިތުރުން އޭނާ އާއި އެކު މި ފިލްމުގައި އަނުޝްކާ ޝަރުމާއާއި ސޮނަމް ކަޕޫރް ފަދަ ފަންނާނުންވެސް ހަރަކާތްތެރިވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.