މީހުން ބުނެއުޅެއެވެ. އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުންގެވެސް އިހްސާސްތަކެއް ހުރެއެވެ. އެއީ ދޮގެއް ކަމަށް ގަބޫލު ކުރާ މީހުން މި ވީޑިއޯކޮޅު ބަލައިލުމަށް ފަހު ހިޔާލު ބަދަލުވާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

ޓްރޭސީ މޮބްލޭ ނަމަކަށް ކިޔާ ޒުވާނަކު އޭނާ ކޮލެޖުގެ ޕްރޮޖެކްޓަކަށް ޖަނަވާރުންގެ ވީޑިއޯ ކޮޅެއް ފިލްމު ކުރަން އުޅުމުގެ ތެރޭގައި ފެނުނީ ވަރަށްވެސް ހިތަށް އަސަރު ކުރުވާ ފަދަ މަންޒަރެކެވެ. ޓްރޭސީ ބުނާ ގޮތުގައި އޭނާ އަށް ފެނުނީ ރާމާމަކުނެއް ވިހެއިތާ އިރުކޮޅެއް ފަހުން އޭތީގެ ދަރިފުޅު ހަރަކާތެއް ނުކޮށްގެން އެކަމާއި ހާސްވެގެން އުޅޭ މަންޒަރެވެ.

"އެ މަންޒަރު ބަލަން އަހަންނަށް ވަރަށް އުނދަގޫ ވި. އޭތި އުޅުނީ އޭނާގެ ދަރިފުޅު ގޮވައިގެން ފަހަރަކު ގަހަކުން ފުންމަމުން. އޭތީގެ ދަރިފުޅު ކައިރީ ބުނާ ކަހަލަ މި ގަހުގައި އެލިގެން އޮވެ އަނެއް ގަހަށް ފުންމާށޭ. ދަރިފުޅުގެ ފަރާތުން ހަރަކާތެއް ފެނޭތޯ އޭތި ވަރަށް މަސައްކަތް ކުރި" ޓްރޭސީ ބުނެފައިވެއެވެ.

މިގޮތަށް މި ކަންތައް 10 ދުވަސް ވަންދެން ދިގުލައިގެން ގޮސްފައި ވާއިރު އޭރު އެ ކުޑަ މަކުނު ވަނީ ކުނިވާން ފަށައިފައެވެ. އެ ކުޑަ މަކުނުގެ ބައްޕަ އައިސް ދަރިފުޅު އޮތީ މަރުވެފައިކަން މަންމަ އަށް ވިސްނުވައިދޭ ފަދަ ގޮތަކަށް ވަނީ ކައިރީ ހުރެފައެވެ. އަދި ކުޑަ މަކުނުގެ މަންމަ ގައިގައި އޭތި ބައްދާލާ މަންޒަރުވެސް ފެނިގެން ދެއެވެ.

10 ދުވަސް ވެގެން ދިޔަ ފަހުން އޭތީގެ މަންމަ ވަނީ އެންމެ ފަހުން ދަރިފުޅު މަރުވިކަން ގަބޫލުކޮށްފައެވެ. އެކަން ގަބޫލުކޮށް ދަރިފުޅު ބިންމަތީގައި ބާއްވައި ބޮސް ދިނުމަށް ފަހު އުޑު މައްޗައް ބަލައި ކަރުނަ އަޅާ މަންޒަރުވެސް ޓްރޭސީގެ ވީޑިއޯ އިން ފެނިގެން ދެއެވެ.

ތިރީގައި އެވަނީ އެ މަންޒަރު ދައްކުވައިދޭ ކުރު ވީޑިއޯ ކޮޅެވެ. ވީޑިއޯ ބަލައިފި ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރުވާނެކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޓަޗިންގް.

    ވެރީ ޓަޗިންގް...

    34
  2. ސޮނިފުހޭ

    ﷲގެ އޯގަާވަންތަކަމުން ތިބަަާ އުފެއްދެވި ކަލާންގެ ހުސްތޯހިރު ވަންތަ ކަމާއެވެ

    60
  3. ޒާ

    ހަގީގަތުގައިވެސް ރޮވިއްޖެ.

    11
  4. އަބުޅޮ

    އިންސާނުންނާ ޑީއެންއޭ ގެ ގޮތުން ޗިންޕަންޒީ 97% އަށް ވު ބޮޑަށް އެއްގޮތް. އެއަށް ފަހު އޮރެންގުޓަން އަދި ގޮރިއްލާ ޑީއެންއއޭ އިން އިނސްސީންނާ އެންމެ ކައިރީ. އަދި އެނެޓޮމީ ގެ ގޮތުންވެސް އެންމެ ކިއރީ އެ ސްޕީސީސް ތަކާ. އެހެން ވީއިރު އޭގެ އިމޯށަންތައް އިންސީންނާ ގާތް ކުރުމަކީ ހައިރާންވާން ޖެހޭ ވަރު ކަމެއް ނޫން. އަދި މިހާރު ނެތިގޮސަފައިވާ ބައެއް ސްޕީސީސް ކަމުގަވާ ނިއަންދަޓާލް ގެ ޑީއެންއޭ މިހާރުގެ ޔޫރަޕް މީހުންގެ ގައިގަ ހުރޭ. އެވިޑަންސް ދައްކާ ގޮތުގަ ނިއަންދަޓާލް އަދި އިނސާނުން އިންޓަބެރެޑް ވުމުން ނިއަންދަޓަލް ގެ ޑީއެންއޭ ޔޫރަޕް ހިސާބު މީހުން ގެ ހުންނަނީ. ބައޮލޮިޖީ ، އާކެއޮލޮޖީ ، އެންތްރޮޕޮލޮޖީ ރާއްޖޭގަ ކިޔަވައިދީ މިހާރުގެ އިލްމީ ކުރިއެރުންތަކަށް ދިވެހިންގެ ލޮ ހުޅުވުން މުހިއމު. މާތް ﷲ އަޅަމެންނަށް ދެއްވާފަވާ ބުއްދީގެ ބޭނުންކޮށް ދުނިޔޭގެ ނިޒާމްތަކާ ދިރުންތައް ދަސްކޮށް ފިކުރު ކުރުމަކީ ނުހަނު މުހިއްމު.

    10
    1