ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 36 އަހަރު ފުރިއްޖެއެވެ.
ބޮޑެތި ދައުވާތަކެއް ސާބިތުވެ 33 އަހަރުގެ ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވާ އަދީބަށް 36 އަހަރު ފުރުނުއިރު މިއީ އަދީބު ޖަލުގައި ހޭދަކުރައްވާ 3 ވަނަ އުފަންދުވަހެވެ.
1982 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު އުފަންވެވަޑައިގަތް އަދީބު އުމުރުން 33 އަހަރުގައި އެންމެ ޒުވާން ނާއިބު ރައީސްގެ ގޮތުގައި އަދީބު މަގާމަށް ވަޑައިގެންނެވީ ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ޒުވާން ސިޔާސީ ޝަހުސިއްޔަތުގެ ގޮތުގައެވެ.
އަދީބު ވަނީ ޕީޕީއެމްގެ ނާއިބު ރައީސްކަމުގެ މަގާއި، ޓޫރިޒަމް މިނިސްޓަރުކަމާއި، އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާގެ މަގާމުވެސް ޒުވާން އުމުރުފުޅުގައި ފުރުއްވާފައެވެ.
މިދިޔަ ފެބްރުއަރީ މަހު އެއްވަނަ ސުޕްރީމް ކޯޓުން ނެރެފައިވާ އާދަޔާ ހިލާފު އަމުރުގައި މިނިވަންކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި އަދީބު ހިމެނިވަޑައިގަންނަވައެވެ.
މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެގޮތުން މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ނުވަ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާއެއްގެ އިތުރުން އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. އަދީބުގެ މައްޗަށް މިހާރު އުފުލިފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އިތުރު 100 އަހަރަށް ވުރެ ވެސް ދިގު ޖަލު ޙުކުމެއް އައުން އެކަށީގެންވެއެވެ.
މަޑުން ހުރިނަމަ ގަނޑުވަރު ތެރޭގަ އުފަން ދުވަސް ފާހަގަކުރެވުނީސް ދޯ!
އެއިރުން ގައިމު ނުހިކުނީސް ދޯ!!
ނައިބު ރައީސްގެ އުމުރު ހަމަ ނުވަނީސް އެމްޑީޕީންނަށް ލާރި ދީގެން އެމީހުން އެ ލާރިގަނޑު ކައިގެން ގާނޫނު ބަދަލު ކޮށްގެން ދެން ކިހާ ސަޅި މިހާރު.
ކަނޑުގުރުވަ ކާންތެޅޭތީ ވާންވީ ހައެތި ވެފަތިއޮތީ!!! ދެން އުފަންދުވަސް ކީއްކުރަން ޣަރަޤު ދުވަސްވެސް ފާހަގަކުރުމުގައި ހުރޭ!!!! ލިބޭވަރު މަދުވީ!!
އަދީބު ތިއީ ރަނގަޅަށް ބުނާ ނަމަ ދިވެހި ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ރަސްކަން ކުރެއްވި ބޭފުޅެއް. އެމަނިކުފާނުގެ އިނގިލިކުރިން އަނބުރައި ނުލެވޭ ސިޔާސީ އެއްވެސް ބޭފުޅެއް ނެތް ދުވަސްވަރެއްވެސް މި ރާއްޖެ ދުއް.
ނުބައި ގޮލައެއް، ނުބައި ސައިނެއް
އޯ ސްޕައިޑާމޭން...