ފިހާރަތަކުންނާއި ރެސްޓޯރެންޓްތަކުން ވިޔަފާރި ކުރުމުން ދޭ ބިލް ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު އަދި އޭޓީއެމް އިން ފައިސާ ނެގުމުން އަންނަ ލިޔުން ހިމެނޭ ކަރުދާހުގައި އުރަމަތީ ކެންސަރާއި ސިކުނޑިއަށް ގެއްލުން ލިބޭ މާއްދާއެއް ހުންނަ ކަމަށް ދިރާސާތަކުން ދެއްކުމާއި ގުޅިގެން އެފަދަ ކަރުދާސް ބޭނުންކުރުން މަނާކުރަން އެމެރިކާގެ ނިއުޔޯކް އިން ތައްޔާރުވަމުން އެބަގެންދެއެވެ. މީގެ އިތުރުން ޕްލާސްޓިކް ކޮތަޅު ނިއުޔޯކްގައި މަނާކުރަން ވެސް މިހާރު އަންނަނީ ތައްޔަރުވަމުންނެވެ.
ނިއުޔޯކްގެ ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނަނީ ބިސްފީނަލް ނުވަތަ ބީޕީއޭ ހިމެނޭ ރިސިޕްތައް ބޭނުން ކުރުން މަނާ ކުރުމަށެވެ. އެފަދަ ރިސިޕްގައި ހިމެނޭ ކެމިކަލެއްގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހުމަށާއި ސިކުނޑިއަށް ވެސް ގެއްލުން ވާކަމަށް ބާރުލިބޭ ހެކިތަކެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.
ޔުނިވަސިޓީ އޮފް މެސަޗޫސެޓްގެ ޕްރޮފެސަރެއް ކަމަށްވާ ކެތުރީނާ ރޭވެސް ވިދާޅުވީ ބީޕީއޭގެ ސަބަބުން އުރަމަތީގެ ކެންސަރު ޖެހޭ ކަން ޖަނަވާރު ބޭނުންކޮށްގެން ކޮށްފައިވާ ދިރާސާތަކުން ކަށަވަރު ކުރެވޭ ކަމަށެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ބީޕީއޭގެ ސަބަބުން އޯޓިޒަމް އަށް ވެސް މަގުފަހިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކަށަވަރު ކުރަން އަދި އިތުރު ދިރާސާތައް ބޭނުން ވެއެވެ.
ނިއުޔޯކްގެ ލޯކަލް ކައުންސިލުން ފަހަކަށް އައިސް ގެންދަނީ އާއްމު ސިއްހަތައް ގެއްލުންވާނެ ފަދަ ކަންތައްތައް ހުއްޓުވުމަށް ގިނަ އަދަދެއްގެ ޤާނޫނުތައް ހަދަމުންނެވެ.
ފައިސާ ދެއްކިކަމުގެ ރިސިޕްކޮޅުގެ ސަބަބުން ކެންސަރަށް މަގުފަހިވާ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ނަމަވެސް އެމެރިކާގެ ސަރުކާރުގެ ރަސްމީ އިދާރާތަކުން އަދި އެފަދަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
ﷲ އިރާދަ ކުރެއްވި މީހަކަށް އިރާދަ ކުރެއްވި ކަމެއް ޖެހޭނީ ކޮންދިރާސާއެއްތަ؟
ބަލަބަ އުރަމައްޗަށްހޭ ބިލްކުރަނީ! ބައްޔެއްނު!
މަ އަޖައިބުވެ އަންތަރީސް ހީވޭ? ސާބަހޭ ވަގުތު?
ސާބަހޭ..??