އުތުރު ކޮރެއާގެ ލީޑަރު، ކިމް ޖޮންގް-އުން އާންމު އެއްވެސް ތަނަކުން ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ވުމުން، އެކަމާއި ގުޅޭގޮތުން އެކި ވާހަކަތައް ފެތުރެމުން ދަނިކޮށް އޭނާ އާންމުންގެ ތެރެޔަށް ނިކުމެވަޑައިގެންފި އެވެ.
ނޫސްތައް ބުނާގޮތުން، ކިމް އާންމުންނަށް ނުފެންނަތާ ތިން ހަފްތާއެއްހައި ދުވަސް ފަހުން އިއްޔެ ވަނީ އުތުރު ކޮރެއާގެ ފެކްޓްރީއެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ކިމް ނުފެނި ގިނަ ދުވަސްތަކެއް ވުމުން އޭނާ އަވަހާރަވެއްޖެ ކަމުގެ ޚަބަރުތައް ވެސް ކުރިން ފެތުރިފައި ވެއެވެ. އެ ޚަބަރުތައް ފެތުރެން ފަށާފައި ވަނީ، މިދިޔަ މަހު އުތުރު ކޮރެއާގައި ކުރިޔަށްދިޔަ "ކޮރެއަން ޕީޕަލްސް ރިވޮލިއުޝަނަރީ އާމީ" އަށް 88 އަހަރު ފުރުމުގެ މުޙިންމު ރަސްމިއްޔާތުގައި އޭނާ ބައިވެރިވެވަޑައި ނުގަތުމުންނެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ކިމް ބައިވެރިވެވަޑައިނުގަތީ ސިއްޙީ ހާލަތެއް މެދުވެރި ވެގެން ކަމަށާއި، އޭނާގެ ހާލު ދެރަވެގެން ޗައިނާއިން ޑޮކްޓަރުންގެ ޓީމެއް އުތުރު ކޮރެއާއަށް ގޮސްފައިވާ ކަމަށްވެސް ޚަބަރުތައް ފެތުރިފައި ވެއެވެ.
އުތުރު ކޮރެއާގެ "ކޮރެއަން ޕީޕަލްސް ރިވޮލިއުޝަނަރީ އާމީ"ގެ އަހަރީ ދުވަހުގެ ރަސްމިއްޔާތަކީ ކިމް އަށް މުޙިންމު ރަސްމިއްޔާތަކަށް ވީނަމަވެސް މިއަހަރުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގަތީ ކީއްވެ ކަމެއް ނޭނގެއެވެ.
ކިމް އާއި ބެހޭގޮތުން މިހާރު ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އުތުރު ކޮރެއާގެ ރަސްމީ ފަރާތަކުން އެއްޗެއް ހާމަކޮށްފައި ނުވަނީސް، ކިމް އާންމުންގެ ތެރެއަށް ނިކުމެވަޑައިގެންނެވިއިރު، މީގެ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން އާންމު ތަންތަނުން އޭނާ ނުފެނި މިފަދަ ޚަބަރުތައް ފެތުރެއެވެ. އުތުރު ކޮރެއާ އަކީ ދުނިޔޭގެ އެހެން ހުރިހާ ޤައުމަކާއި ވެސް ގުޅުން ކުޑަ ޤައުމެކެވެ.
ރިޝީ ކަޕޫރު ވެސް ތިޔަ ގޮތަށް ފެނިލި އިރު ކުރިޔަށް ވުރެ ތާޒާ ވެ ޒަވާން ވެފައި ރީތި. ނަމަވެސް ފެނިލިފަހުން ވީ އެންމެ ތިން މަސް ދުވަސް. މަރު ވެއްޖެ !
އެމެރިކާ ތަޅުވަންވެގެން އެކަލޭގެ ކުރާކަމެއް އެއީ ވަރަށް ސިޔާސަ ސޮރެކޭ މިއީ އަންހެނުންނާ އެކީ ގޭގައި ލޮކުޑައުން ވީ ޓުރަމްޕަކަށް ނޭގުނު...
އުތުރު ކޮރެއާގެ 26 މިލިއަން އާއްމު ރައްޔިތުން އެއްފަހަރާ ނިކުމެ ވީ މި ސައިތާނު ކަލޭގެ ކަރަށް ފައިންއަރާ މަރާލަން!!! އެހެންނޫނީ ވިއްޔާ ދުވަހަކުވެސް، މިއިން ޒަމާނަކުވެސް ދެ ކޮރެއާ އެއް ކޮރެއާއަކަށް ނެހެދޭނެ!!!