ފުރަބަންދުގައި އެކި ކަހަލަ ޗެލެންޖުތައް މީސްމީޑިއާގައި ހިމަނައި އެ ޗެލެންޖުތައް ފުރިހަމަކުރުމަކީ މުޅި ދުނިޔޭގައި ހިނގަމުން އަންނަ ކަމެކެވެ. ޚާއްސަކޮށް އެކި ޒާތްޒާތުގެ މަޖާ ވީޑިއޯތަކާއި ފޮޓޯތައް މީސްމީޑިއާގައި ހަލުވިކަމާއެކު، ދައުރުވަމުންދެއެވެ. އެގޮތުން ބޯ ތަލަކުރުމާއި، މަތިމަސް ޗެލެންޖާއި، މުންޑު ޗެލެޖް އަދި ތެލި ޗެލެންޖު ފަދަ ކަންކަމަކީ އާންމުންގެ ތެރޭގައި އެންމެ މަގުބޫލުވި ޗެލެންޖުތަކެވެ.
ލޮނު ޗެލެންޖާއި ޓޮއިލެޓް ޕޭޕަ ރޯލް ޗެލެންޖް އަދި ގުރުއާން ޗެލެންޖާއި، އަދަބީ ޗެލެންޖަށް ފަދަ ކަންކަން ވެސް މި ފުރަބަންދުގައި ފެނިގެން ހިނގައްޖެއެވެ. މީގެ ތެރެއިން ބައެއް ޗެލެންޖުތަކުން ސިޔާސީ މީހުންނާއި އެކި ދާއިރާތަކުން މަޝްހޫރުކަން ހޯދާފައިވާ ފަންނާނުންނާއި މީސްމީޑިއާގައި އެތައް ސަތޭކަ ފޮލޯވަރުންނެއް ތިބި މީހުންވެސް ފެނިގެންދިޔައެވެ.
އެކަމަކު މީގެ ތެރެއިން އެކަކަށް ވެސް ގދ. ތިނަދުއަށް އުފަން އުމުރުން 34 އަހަރުގެ، އިބްރާހިމް ޝަފްރާދުއާ ގާތްވެސް ނުކޮށްލެވެއެވެ. ޝަފްރާދުގެ ދެ ތިން ޗެލެންޖެއް އާންމުންނާ ހަމައަށް ގެނެސްދީފައި ވާއިރު އޭގެ ތެރެއިން އެންމެ ބޮޑަށް އާއްމުންގެ ސަމާލުކަން ދަމައިގަތީ އޭނާ އެންމެ ފަހުން ގެނެސްދިން ޗެލެންޖެވެ.
ދެ ކާރުގެ މަތީގައި ކޮޅަށް އޭނާ ހުންނަތަން ފެންނަ އެ ފޮޓޯ ފުރަތަމަ ފެނުމުން ހީވީ " އަޖޭ ދޭވްގަން" ފެނުނު ހެންނެވެ. އެ ފޮޓޯ އަކީ އެއީ ގޯލްމާލް 3 ގެ ލަވައެއްގައި އަޖޭ ކުޅެފައިވާ މަންޒަރެއްގެ ފޮޓޯއަކާއި އެއްގޮތަށް ފުރިހަމަކޮށްފައިވާ ޗެލެންޖެކެވެ. ޝަފްރާދު އެ ޗެލެންޖް ފުރިހަމަކޮށްފައި ވަނީ ވަރަށް އަސްލާ އެއްގޮތަށެވެ. އޭނާ ހެދުން އަޅާފައިވާ ވައްޓަފާޅި އާއި ކާރުތަކުގެ ކުލައަށް ދާންދެން ހުރީ ދާދި އެއްގޮތަކަށެވެ. އަދި ހުއްޓިލައިގެން ހުރި ގޮތާއި ގަމީހުގެ ގޮތްތައް ތަރުތީބުވެފައި ވެސް ހުރީ ހަމަ އަސްލު ފޮޓޯ އާއި އެއް ކަހަލަ ގޮތަކަށެވެ.
ފެންނަ ފެނުމަށް ހީވަނީ އަޖޭ ދޭވްގަންގެ ހިޓް ފިލްމް "ސިންގަމް"ގެ މަންޒަރެއްހެންނެވެ.
ޝަފްރާދުގެ އެ ފޮޓޯއަށް އެކަނި ބަލާލުމުން ވެސް މީހުން ހެއްވާލުމަކީ އޭނާއަށް ކިތަންމެހާ ވެސް ރަނގަޅަށް އެނގޭ ހުނަރެއްކަން ހާމަވެއެވެ.
މި ޗެލެންޖްތައް ފެށުނު ގޮތް "ވަގުތު" އަށް ކިޔައިދެމުން ޝަފްރާދު ބުނީ މިއީ ފުރަބަންދުގައި ގޭގައި މީހުން ތިބޭ އިރު މުނިފޫހި ފިލުވައިދިނުމުގެ ނިޔަތުގައި ފެށި ކަމެއް ކަމަށެވެ. އަދި ކޮންމެ ހަފްތާއެއްގެ ޗެލެންޖަށް ވެސް ވަކި ކަހަލަ ފޮޓޯއެއް ލުމަށް ފަހު، ވަކިވަރަކަށް ކޮމެންޓްސް ހަމަކުރުމުން އެ ފޮޓޯ އާއި އެއްގޮތް ފޮޓޯއެއް ނެގޭތޯ މަސައްކަތް ކުރާކަން އޭނާ ބުންޏެވެ.
" މަޖަލަކަށް ފެށި ކަމެއް މިއީ. ކޮންމެ ބުރާސްފަތި ދުވަހަކު މި ޗެލެންޖް މި ލަނީ. ކުރިއަށް ވެސް ވިސްނަން އަދި ބައެއް ޗެލެންޖްތައް ލާން. އަބަދުވެސް ބަލަން ތަފާތު ކުރެވޭތޯ. ބަލަނީ އާންމުން މުނިފޫހިފިލުވައިދެވޭތޯ. އަދި އެއް ފަހަރަށް ވުރެ އަނެއް ފަަހަރު ކޮމެންޓް އިތުރުކޮށްގެން މި ޗެލެންޖް މި ކުރިއަށް ގެންދަނީ،" ޝަފްރާދު ބުންޏެވެ.
ޝަފްރާދުގެ ފުރަތަމަ ޗެލެންޖަކީ، ތަމަޅަ ފިލްމްތަކުން މަޝްހޫރުކަން ހޯދާފައިވާ މަހޭޝް ބާބޫގެ ފޮޓޯއަކާއި އެއްގޮތަށް ފޮޓޯއެއް ނަގައިގެން ފުރިހަމަކުރި ފޮޓޯއެކެވެ. އެ ފޮޓޯގައި ޝަފްރާދް މުންޑު އަނދެފައިވާ ގޮތުން ފެށިގެން ފައިވާނަށް ދާންދެން ފެންނަނީ ތަމަޅަ އެކްޓަރެއް ފަދައިންނެވެ.
އެގެ ފަހުން ފެނިގެން ދިޔައީ ސަލްމާން ޚާންގެ ފޮޓޯ އަކާއި އެއްގޮތަށް ނަގާފައިވާ ފޮޓޯއެކެވެ. ބޮލީވުޑްގެ ދަބަންގް ކިންގްގެ ނަމުން މަޝްހޫރުވެފައިވާ ސަލްމާންގެ އެ ފޮޓޯ އާއި އެއްގޮތަށް ޝަފްރާދް ނަގާފައިވާ ފޮޓޯވެސް އެހާމެ ފުރިހަމަވެފައި އަސްލާ އެއްގޮތެވެ. ޝަފްރާދް ސަލްމާންގެ ފޮޓޯ އަކާއި އެއްގޮތަށް ނަގާފައިވާ މި ފޮޓޯއަކީ މިއީ ސަލްމާން އާއި ކަޓްރީނާ ކައިފް ފެނިގެން ދިޔަ އޭކްތަ ޓައިގަގެ ސީކުއެލް ޓައިގަ ޒިންދާހޭގެ ކްލައިމެކްސް ސީންގެ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ސަލްމާން އޭނާގެ ފުރިހަމަ، ސްޓައިލްގައި އައިސް ބަޑިން ބަޔަކަށް ހަމަލަދޭ މަންޒަރެވެ. އެ މަންޒަރު ނަކަލުކުރުމަށް ޝަފްރާދު ކުރި މަސައްކަތުގެ ނަތީޖާ ކިތަންމެހާ ވެސް ފުރިހަމައެވެ.
ތިނަދޫ ޔޫތް ސެންޓަރުގައި މަސައްކަތް ކުރަމުންދާ، ޝަފްރާދުގެ މި ޗެލެންޗްތައް ފުރިހަމަ ކުރުމުގައި އޭނާގެ އެކުވެރި ރަހުމަތްތެރިންގެ އެއްބާރުލުން ލިބެއެވެ. އެއީ ތިނަދޫއަށް ނިސްބަތްވާ ސްޓޫޑިއޯ 33ގެ އެހީތެރިކަމެވެ. ސްޓޫޑިއޯ 33 އަކީ މީގެ ކުރިންވެސް ފޭސްބުކް އަދި ޓިކްޓޮކްގައި މަޖާ ވީޑިއޯތައް އާއްމުކުރަމުން އައި ފަންނާނުންތަކެއް ހިމެނޭ ސްޓޫޑިއޯއެކެވެ. ޝަފްރާދު ފަދަ އެތައް ހުނަރުވެރިންނެއް މި ގްރޫޕްގައި އެބަތިއްބެވެ. އެ ގްރޫޕްގެ ބައެއް މޫނުތަކަކީ ސަމާސާ، ސަކަ ވީޑިއޯތަކުން މީސްމީޑިއާގައި ގިނަ ބަޔަކަށް ފަރިތަ މޫނުތަކެކެވެ.
ވަރައް ރިހަ
ޢަޖޭ ގަޑި އޮތީ ވާތުގަ ސަ ފުރާޒް ގަޑި ކަނާތު ޖެލެންޖު އެއްމެ ފުރިހަމައެއްނޫން
ހެހެ .ވ ވައްތަރު އަޖޭ އާ .މަށައްވެސް އޮޅުނު .ލޮލް
ޝައްޕެ ތަފާތު ވާނެ ????
ބޮލު ރޮދި ކެެނޑޭ ދިވެހިން ހުސް
މޮޔަވެގެންތަ މި އުޅޭނީ..
ސަ ފުރާޒް ގެ މުންޑުގެ ލޮނިޖަހާ ފަ އިންއިރު އިނީއެތެރެއަށް މަހޭސް ބާބޫ ގެ މުންޑުގެ ލޮނި އިނީ ބޭރަށް !!!!
އާންމުކޮއް ދިވެހިން ކޮއްއުޅޭ މިޒާތުގެ ކަން ކަމައް އަހަންނައް ޖޯކު ޖެހޭ... އެކަމް އަޖޭ ޗެލެންޖް ހަމަ ހަބޭސް.. ސަޅި ????
ހަދާފަ ހުރި ފޮޓޯއެއް، ހީވަނީ ފޮޓޯއަކީ މެންދުރު ނަގާފަ ހުރި ފޮޓޯއެއްހެން. ޢެކަމް މީހާގެ ހިޔަނި ނެރީމަ އެނގޭ އެޑިޓްކޮށްފަ އިން ފޮޓޯއެއްކަން
ކާރު ފޮޓޯ އަކީ 100% އެޑިޓްކޮށްފަ ހުރި ފޭކް ފޮޓޯއެއް، ފޮޓޯ ހެދިމީހާގެ ހިޔަނި ދެކާރު ދޭތެރެއަށް އެޅިފަވެސް ނެތް، އެހާ ކުޅަދާނަ އެޑިޓަރެއްތާ މީ
ފޮޓޯޝޮޕް ކޮށްފަތަ؟
އުޅޭ ވައްތަރެއް
ކޮންމެ މީހަކު ވެސް މަޝްހޫރު ވެވޭތޯ
ކަށްވަޅަށް ދާއިރު ގެންދާނެ ހެޔޮ ޢަމަލެއް ކުރެވޭ ތޯ އުޅެބަލަ
ޙަހަހަ މިކުދިން ބޯހަމަޖެހޭތަ އަނެއްކާ
އަޖޭ ހަމަ އެއީ އެއްވެސް ތަފާތެއްނެއް، ރާއްޖޭގަވެސް އަޖޭ އުޅުމަކީ ކޮންމެ ދިވެއްސެއްވެސް އެކަމާ ފަހުރުވެރިވާނެ ކަމެއް ކަންހަމަ ޔަގީން. ވަރައް އަވަހައް ދިވެހި އަޖޭގެ ފިލްމެއް ފެންނާނެ ކަމައް އުންމީދުކުރަން..
ދެން މާދަމާ ނޫހުގައި އޮންނާނެ އަޖޭ އޭނަ އަށް ނުގުޅާތީވެ ޑިޕުރޭޝަން ވެގެން އުޅޭތާ 3 މަސްވެއްޖެ ކަމަށް
ކަލޯ ކުރާނެ ކަމެއް ނޭނގެންޏާ އަންހެނުން ގޮވައިގެން ކޮޓަރިތެރޭ އޮވެބަލަ.
ކީއްކުރަން. އެއިރުންވެސް އަނެއްކާ ބޮލެއް އިތުރުވާނީ.
ހަދީޘެއްގައި ވާ ރިދު ވެފައިވާ ގޮތުގައި ބަޔަކާއި ވައްތަ ރުވެގެންފި މީހާ ވަނީ އެބައެއްގެ ތެ ރެއިންނެވެ.
މީ އެޑިޓެއް ނޫން، މޭކިންގް ވީޑިއޯ ބައްލަވާލައްވާ، ދިވެހިންނަކީ ތަފާތު ބަލައިގަންނަ ބައެއް ނޫންވީމަ ކޮނަމެ ކަމަކައްވެސް ޖޯކު ޖެހެނީ. ޝަފްރާދުގެ ޗެލެންޖްތަށް ހަމަ ހަބޭސް.
އެއީ ހިޔަނިވެސް ނުހުންނަ މީހެއްތާދޯ.
އޭނަ ސަލްމާންގެ ފޮޓޯއެއް. ކެކެކެކެ. ކޮންގޮތަކަށް ވައްތަރީ؟؟ ބޮލަށް ފިތާލާފައި ހުރިގޮލައެއްތޯޗެއް
ތިނަދޫ އިން މުހަންމާއެއް އުފަންވަނީ މި. ލޮލް
ކަލޯގެ ހިޔަނި ކޮބޭތެ އަޅެފަހެ.
ހިޔަނި ނުފެންނަކަމަށްނކޮމެންޓް ކުރާމީހުން އައިކެއަރއަށްދޭ ، ޔެލޯކާރުގެ ކަނާއަތު ލޯގަނޑު ، ސަރަޕް ވާއަތުފާ ހުރިތަން ބެއްލެވިންތޯ ، ސޮރީ
ބަލަ ރަތްކާރުގައި އަޅާފަހުރިފައިގެ ހިޔަނި ދެކާރުދޭތެރެއިން ބިންމަތިން ނުފެނަނީކީއްވެ. އެ ދޭތެރޭގެ ހިޔަނި އެރީ ޖައްވަށްތަ؟
މުލިން ވެސް ޕޮއިންޓް 5 ގެ މީހުން ތިކަހަލަ ކަންތައް ކުރަނީ
ދެން އޮތީ އެންމެ މުހިންމު ސުވާލު؟ ކާރުތައް އޮތީ ޕާކިންގަތަ ނޫނީ ދުއްވާފަތަ ދިޔައީ
ޢެޑިޓެކޭ ނުބުނެވޭނެ އެއްވެސް ސަބަބެއް ނެތް. ދެކާރަކީވެސް ދެ ތަނެއްގަ އޮތް އެއްޗެސް. ޔެލޯ ކާރު ނަމްބަރ އެކަނި ބްލާރވެފަވެސް އެހުރީ ހަމަ އިއްތިފާގެއް ދޯ. ދެކާރު ދޭތެރެއިން މީހާގެ ހިޔަނި ނެތުން އެއީ ނުވާނެކަމެއް އަސްލު ފޮޓޯނަމަ. ދިވެހިންނަކީ އެނގޭ ރޯފިލާ ބައެއް
އަޖޭ ގެ އަތް އިނީ ރީތި ސިމެޓްރީ އަކަށް! މޫނު އިނީވެސް އެ ސިމެޓްރީ އާ ޕްރޮޕޯރޝަނޭޓް ކޮށް! ތި މީހެއް ގެ ވާ އަތަކު ނޯ ވޮޗް! އަޖޭ ގެ މޫނު އިނީ މަ ބޮޑޭ ހެދިގެން އިން ގޮތަކަށް ނުން! ވ މައުސޫމް ގޮތެއް ދައކާގެން ވީމަ އަޖޭ ލުކްސް އެޓްރެކްޓިވް ! ހިތްފަސޭހަ ގޮތަކަށް އަޖޭ އިނީ! ތި މީހާ އިޒް ނޮޓް އިމްޕްރެސިވް އެޓް އޯލް! ލޮލް
ކޮންމެހެނަަސް ޝަފްރާދު ވަރަށް ރީތި
މަ ނުބުނަމޭ ތީ އަޖޭއޭ
ސާބަސް، ކަލޭމެން ޝަފްރާދަށް ފުރަ އްސާރަ ނުކޮށްބަލަ! ލާޗާރުބިޗާރަށް އުޅުމަށްވުރެ، އެގޮތަށް މަޖާކޮށްލުމުގަ އި ބަ އެ އްފަހަރު، ވަގުތު ހޭދަކޮށްލުން ވެސް މާ ރަނގަޅެވެ.
ޡީ އަޖޭ އެއްވެސް ނޫން
ތީ ބޮޑު ޖޯކަރެއް..