ކެޕްޓަން އެމެރިކާގެ ތަރި ކްރިސް އިވާންގެ ބަރަހަނާ ފޮޓޯއެއް ލީކު ވެއްޖެއެވެ.
މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިވާން އަށް އެފަދަ ފޮޓޯއެއް އިންސްޓަގްރާމަށް އަށް ލެވިފައިވަނީ އޮޅުމަކުންނެވެ.
އޭނާ އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވަނީ "ހެޑްސް އަޕް" ނަމަކަށް ކިޔާ ގޭމެއް ކުޅެފައިވާ ސްކީން ރިކޯޑިން އެކެވެ. އެ ސްކްރީން ރިކޯޑިން ނުނިމެނީސް އޭނާއަށް ވަނީ ފޯނުގެ ގެލެރީއަށް ވަދެވިފައެވެ. އެހެން ކަމުން ނޭނގުމުގެ ތެރޭގައި އޭނާ އިންސްޓަގްރާމަށް ލާފައިވާ ސްކްރީން ރިކޯޑިން އިން އޭނާގެ ބަރަހަނާ ފޮޓޯއެއް އާންމުންނަށް ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެކަން އެނގުމާއި އެކީ އެ ވީޑިއޯ އިންސްޓަގްރާމުން އޭނާ ފޮހެލިއެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އޭގެ ފޮޓޯ ނަގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނަމުންނެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކި ވާހަކަތައް ދައްކަމުންނެވެ. އެއްބައި ފަރާތްތަކުން ބުނެފައިވަނީ އެންމެންގެ ލޯބި ލިބިފައިވާ އެފަދަ އެކްޓަރަކު އެގޮތަށް އަމަލު ކުރުން އެއީ ގޯސް ކަމެއް ކަމަށް ބުނެފައެވެ.
އެހެން ނަމަވެސް އަނެއްބައި މީހުން ބުނެފައިވަނީ އޭނާގެ ޕްރައިވެސީ އަށް ގަދަރު ކުރަން ޖެހޭނެ ކަމަށާއި އޭނާ އަކީ އެންޒައިޓީ ހުންނަ މީހެއް ކަމުން އެފަދަ ފޮޓޯއެއްގެ ސްކްރީންޝޮޓް ނަގައިގެން މީސްމީޑިއާގައި ދައުރު ކުރުމުން އިތުރަށް ހާލަތު ގޯސްވާނެ ކަމަށެވެ.
ވެދާނެ ކެމްޓަން އެމެރިކާގެ އެންމެ ފަހުގެ ކޮސްމެޓިކަކީ ބާތު ޝޫޓުކަމަށް! އެހެންވެ ފިލްމު ޕްރޮމޯޓްކުރީކަންނޭގެ!
ކޮބާތަ މައްސަލަޔަކީ ބަރަހަނާ ފޮޓޯއެއް ލީކްވުމުން. އެމީހުން ކުޅޭ ފިލްމްތަކުގަވެސް ގިނައީ ބަރަހަނާ މަންޒަރުތަށް.
😂😂
ހަަމަ ހިނި އަންނަނީ🤣🤣🤣