ހދ. ކުޅުދުއްފުށި ގެއަކުން މީހަކު ވައްކަން ކުރާ ވިޑިއޯއެއް މީސްމީޑިއާގައި އާންމު ވެއްޖެއެވެ.
މީސްމީޑިއާގައި މިހާރު ދައުރުވަމުން ވީޑީއޯއިން ވައްކަން ކުރަން އެގެއަށް ވަން ޒުވާނާ ފޯނެއް ހިފައިގެން ނިކުންނަތަން ފެނެއެވެ. ނަމަވެސް އަލުން އެ ފޯން ބާއްވަން މި މީހާ ވަދެއެވެ.
މީހަކު ފޭސްބުކުގައި އެވީޑިއޯ ހިއްސާކުރަމުން ލިޔެފައިވަނީ، “ހުކުމެއް ކުރެވި މުޖުތަމައުން އެކަހެރި ކުރެވޭ ވަރުގެ ހެއްކަކަށް ފުދޭނެބާދޯ” އެވެ.
އޭނާ އެގޮތަށް ލިޔެފައިވަނީ މުޖުތަމައު ތެރޭގައި ވައްކަން ކުރަމުން އަންނަ ފަރާތްތަކަށް އެންމެ އެދެވޭ ހެކި ހުރެގެންވެސް ހައްޔަރު ނުކުރެވޭތީއެވެ.
https://www.facebook.com/681990769/videos/pcb.10157635081280770/10157635081165770/
މައުލޫމާތު ލިބިފައިވާ ގޮތުގައި އެގެއަށް ވައްކަން ކުރަން ވަދެފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އޭނާ ފުރަތަމަ އެގެއަށް ވަދެ ފޯނު ނަގައިގެން ނިކުންނަން އުޅެނިކޮށް ކެމެރާ ފެނިގެން އަލުން ފޯނު ބޭއްވީއެވެ. އޭގެ ފަހުން އެގެއިން ނިކުންނަން އުޅެނިކޮށް އެގޭގެ މީހަކާއި ދިމާވުމުން "ކާށި" ގަންނަން ވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ވައްކަން ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އެފަދަ ފަރާތްތަކުން ދެވަނަ ފަހަރަށް އެކަން ތަކުރާރު ކުރަނީ ކަމާއި ބެހޭ އިދާރާތަކުން އެންމެ އެދެވޭ އަދަބު ދެމުން ނާންނާތީއެވެ.
މިދުވަސް ކޮޅު މިސްކިތް ތަކުން ވ ގިނަ އިން މުސައްލަ ފައިވާން ގެއްލެ އެވެ. މާވެޔޮމަގު އަލަށް ހެދި އޭސީ މިސްކިތުގަ މިއަދު މެންދުރު ނަމާ ދު ކުރި އިރު ބިދޭސީ އަކު މިސްކިތުގެ ބޭރުގަ ފައިވާން ގެއްލޭތީ ބަހައްޓާފަ ހުއްޓެވެ.
އަމިއްލަ އުފެއްދުމެއް.
ވައްކަންކުރަން ފައިވާނާއެކީ ވަނުން މަނަލީތަ މިހާރު؟
ތިޔަ ވަރު ވީމަ ވެސް ލިބޭ އަދަބެއް ނޯވޭ.. ފުލުހަށް މައްސަލަ ހުށައެޅިޔަސް ވެރިމީހާ ތެޅި މަރުވަން ޖެހޭނީ ދެކޮޅަށް ދުވެ ދުވެ. ނުވަތަ ސާބިތު ނުވެ އަނެއް ދުވަހު ވަޅިއެއްގެ ތިލަ ބަނޑުގައި އިންނާނީ