އިންޑިއާގެ އެކްޓްރެސް ތަޕްސީ ޕަންނޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ގައުމަށް ދިޔައީ އޭނާގެ ހިތް ރާއްޖޭގައި ބާއްވާފައެވެ.
އޭނާ ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ވަނީ ކޮއްކޮ ޝަގުން އާއި އޭވާނިއާ އާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައިވާ މަތިއާ ބޮއޭއާއެކު އެވެ.
އެންމެ ފަހުން ތަޕްސީ މިވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ގޮނޑުދޮށުގައި އޮވެ ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާއަށް ދޫކޮށްލާފައެެވެ. އޭނާ ގޮނޑުދޮށުގައި ތޮތްޕެއް އަޅައިގެން އޮވެ ނަގާފައިވާ އެ ފޮޓޯއާއެކު ލިޔެފައި ވަނީ ރާއްޖޭގައި އުޅެވޭކަން ހުވަފެނުން އަދިވެސް ދެކޭނެ ކަމަށެވެ.
އޭނާ އެންމެ ފަހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައި ވަނީ ތާޖް އެގްޒޯޓިކާ ރިސޯޓުގައެވެ. މިފަހަރު ރާއްޖެ އައިސް މީސް މީޑިއާގައި އޭނާ އެތަނުގައި ކުރި ކަންތައްތަކުގެ ވާހަކަތައް ހިއްސާކޮށް އެންމެ ފަހުގެ އަދާހަމަތައް ދިޔައީ ދެމުންނެވެ.
އޭނާ އެނބުރި އިންޑިއާއަށް ގޮސް ކޮވިޑް-19 އަށް ޓެސްޓު ހެދިއެވެ. އެ ޓެސްޓުގެ ނަތީޖާ ވަނީ ނައްސިވެފައެވެ.
މިހާރު ތަޕްސީ ދަނީ އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ޝޫޓިންގގެ މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އޭނާ އެނބުރި އައިސް ފަށާފައި ވަނީ ހަސީން ދިލްރުބާގެ މަސައްކަތެވެ.
ތަޕްސީ ވަނީ ހިންދީ ޓެލެގޫ އަދި ޓަމިލްގެ ބައެއް ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ. ކޮންމެ އަހަރެއް ކަހަލަ ގޮތަކަށް އޭނާގެ މަސައްކަތް ފެށިގެންދާ ފިލްމްތައް ނެރެއެވެ. އޭނާގެ ބައެއް މަސައްކަތްތަކަށް އެވޯޑްވެސް ލިބިފައިވާކަން ފާހަަގަކޮށްލަން ޖެހެއެވެ.