އެމެރިކާގެ މޮޑެލްއެއް ކަމަށްވާ ހަލީމާ އެޑެން އިސްލާމް ދީނަށްޓަކައި މޮޑެލް ކުރުން ހުއްޓައިލައިފިއެވެ. ހަލީމާއަކީ އެންމެ ފުރަތަމަ ބުރުގާ އަޅައިގެން މޮޑެލް ކުރި މީހުންގެ ތެރެއިން އެކަކެވެ.
ރިހާނާއާއި ކެންޔޭ ވެސްޓުގެ ''ބިއުޓީ ޕްރޮޑަކްޓްސް''އަށް މޮޑެލް ކޮށްފައިވާ ހަލީމާ މޮޑެލިންގެ ދާއިރާއަށް ތަޢާރަފް ވެފައިވަނީ އޭނާގެ އުމުރުން 19 އަހަރުގައި، 2017 ވަނަ އަހަރުއެވެ.
މިހާރު އުމުރުން 23 އަހަރުގެ ހަލީމާއަކީ ސޯމާލިއާ އާއިލާއަކަށް އުފަންވެފައިވާ ފަންނާނެކެވެ. އޭނާ އުފަންވެފައިވަނީ ކެންޔާންގެ ރެފިއުޖީ ކޭމްޕެއްގައެވެ.
ގިނަގުނަ ކާމިޔާބީތަކެއް ލިބެމުން ދިޔަ ނަމަވެސް މޮޑެލް ކުރުމާއި ދުރަށް ދިޔުމަށް ހަލީމާ ނިންމާފައިވަނީ ފެޝަން އިންޑަސްޓްރީގެ ސަބަބުން އޭނާގެ އަސްލު ގެއްލޭތީ ކަމަށް އޭނާ ބުނެފައިވެއެވެ.
އައިއެމްޖީ މޮޑެލްސްއަށް ސޮއިކޮށްފައިވާ ހަލީމާ އޭނާގެ އިންސްޓަގުރާމުގައި އެެތައް ގިނަ ސްޓޯރީއެއް ހިއްސާކޮށް ބުނެފައިވަނީ މޮޑެލް ކުރަމުން، ފުރިހަމަ މުސްލިމު އަންހެނެއްގެ ގޮތުގައި އުޅުމަކީ ވަރަށް އުދަނގޫ ކަމެއް ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ގޭގައި ހުރި ދުވަސްވަރު އޭނާއަށް ނުކުރެވި ދޫކޮށްލެވިފައިވާ ދީނުގެ ކަންތައްތައް ހަނދާންވެ، އޭނާ ހަމަ މަގުން އެއްކިބާވަމުންދާ ކަމުގެ އިހުސާސް ކުރެވުނު ކަމަށް ވެސް އޭނާގެ އިންސްޓަގުރާމުގައި ބުނެފައިވެއެވެ.
ބުރުގާ އަޅައިގެން އުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ހަލީމާ ބުނެފައިވަނީ އެންމެ ފުރަތަމަ މޮޑެލްއިން ފެށިގެން ވެސް ދީނުގެ މަގުގައި ސާބިތުވެ ހުރެވޭތޯ ވަރަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
އާއްމު ގޮތެއްގައި ދިގު ހެދުމުގައި މޮޑެލް ކުރަމުން އަންނަ ހަލީމާ ބުނެފައިވަނީ އޭނާއަށް ބައެއް ނަމާދުތައް ނުކޮށް ދޫކޮށްލެވޭ ކަމަށާއި އަދި ޖިންސް ފަދަ އެއްޗެހި ވެސް މޮޑެލް ކުރުމަށް ލާން ޖެހުމަކީ އޭނާއަށް ވަރަށް އުދަނގޫވާ ކަމެއްކަމުގައެވެ.
ބުރުގައި އަޅާނެގެން މުޅި މީހާ އެއްކޮށް ނިވާވާވަރުގެ ހެދުން ލައިގެން މޮޑެލް ކުރުވަން ބޭނުން ނަމަ އެކަން ކުރާނެ ކަމަށް ހަލީމާ ބުނެފައިވއެވެ.
މަާޝާﷲ
ماشاءالله!
الحمدلله!
الله اكبر!
ތަންކޮޅެއް ބޮޑަށް ދިރާސާ ކޮށްފަ ލިޔުން ރަނގަޅު. މޮޑެލްކުރުން ހުއްޓާލީކީނޫން. ބުރުގާ ކޮމްޕްރޮމައިސްވާގޮތަށް މީގެފަހުން މޮޑެލްނުކުރާނެ ކަމަށްބުނީ.