ފޭސްބުކް އާއި އެޕަލްގެ ގުޅުން ރަނގަޅު ނޫން ކަމަށް މީޑިއާ ރިޕޯޓްތައް ދަނީ ބުނަމުންނެވެ.މިހެން ވެފައި ވަނީ އެޕަލްގެ އައިއޯއެސް 14 ގެ އާ ޕްރައިވެސީ ފީޗާގެ ސަބަބުން ކަމަށް ބުނެފައި ވެއެވެ. ފޭސްބުކް އިން ބުނެފައިވާގޮތުގައި އާ ފީޗާގެ ސަބަބުން ކުދި ވިޔާފަރިތަކަށް ގެއްލުން ލިބޭނެއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ އެ ފީޗާގެ ސަބަބުން އަމިއްލަ އެޑްތައް ނާރާނެއެވެ.

އަލަށް އިތުރު ކުރެވުނު ފީޗާއާއެކު އެޕަލް އަށް އެ މީހުންގެ އުފެއްދުންތަކުގެ ޑާޓާތަކަށް ތިން ވަނަ ފަރާތަކާއި ހިއްސާ ނުކުރެވޭނެ ކަމަށް އެޕަލް އިން ބުނެފައެވެ.

އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގެ ރިޕޯޓްތައް ބުނާގޮތުގައި ފޭސްބުކް އިން، އެޕަލްގެ އޮފިޝަލް ޕޭޖްގެ ބްލޫ ޓިކް ވެރިފިކޭޝަން ބެޖް ވަނީ ނަގާފައެވެ. އަދި ބެލެވޭގޮތުގައި އެގޮތަށް ފޭސްބުކްއިން ކަންތައް ކޮށްފައި ވަނީ ދެ ކުންފުނީގެ މެދުގައި ޖެހިގެން އުޅޭ މައްސަލައިގެ ސަބަބުންނެވެ.

ފޭސްބުކްގައި މީހެއްގެ ނުވަތަ ކުންފުންޏެއްގެ ނަމުގައި ފަހަތުގައި ޖަހާފައިވާ ނޫކުލައިގެ އެ ބެޖަކީ ވެރިފައިކޮށްފައިވާކަން އަންގައިދޭ ބެޖެކެވެ. ސެމްސަންގ އާއި ވާވޭ ޕޭޖްގައިވެސް މި ބެޖް ޖަހާފައި ވެއެވެ. މީގެ ސަބަބުން ބްރޭންޑްތަކާއި މަޝްހޫރު ފަރާތްތަކުގެ ނަމުގައި ހަދާފައިވާ ފޭކް ޕެޖް ވަކި ކުރަން އިނގޭނެ އެވެ.