ޕްރިންސް ހެރީ އާއި މޭގަން މާކެލް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފިއެވެ.
އިނގިރޭސިވިލާތުގެ ޝާހީ އިމްތިޔާޒުތައް ދޫކޮށްލުމަށް ފަހު ޕްރިންސް ހެރީ އަނބިކަނބަލުން މޭގަން އާއިއެކު ކެލިފޯނިޔާގައި ދިރިއުޅެމުންދާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.
މި އަހަރުގެ މެއި މަހު އާޗީ އަށް ދެ އަހަރު ފުރޭ އިރު ދެވަނަ ދަރިއަކު ލިބޭތީ ޕްރިންސް ހެރީ އާއި މޭގަން ތިބީ ވަރަށް އުފަލުން ކަމަށް އެމީހުންގެ ތަރުޖަމާނު ވަނީ ބުނެފަ އެވެ.
ޕްރިންސް ހެރީ އާއި މޭގަން އަށް ދެވަނަ ކުއްޖަކު ލިބޭކަން ހާމަކުރީ ރޭގެ ވަގުތެއްގައެވެ. ކަޅާއި ހުދުގެ ތަސްވީރަކުން އެ އުފާވެރި ހަބަރު އިއުލާން ކުރި އިރު ފޮޓޯގައި ޕްރިންސް ހެރީގެ ފައި މަތީގައި މޭގަން ބޯ އަޅައިގެން އޮތްތަން ފެނެ އެވެ.
އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަށް ނިސްބަތްވި ނަމަވެސް ޕްރިންސް ހެރީގެ ދެވަނަ ދަރިފުޅު އެމެރިކާ އަށް އުފަންވެއްޖެ ނަމަ ރައްވެހިކަން އޮންނާނީ އެމެރިކާ ރައްޔިތެއްގެ ގޮތުގައި އެވެ.
މޭގަން ދެވަނަ ދަރިއަކަށް ބަލިވެއިންކަން އިއުލާން ކޮށްފައި މިވަނީ މީގެ މަސްތަކެއް ކުރީން އޭނާ ބަލިވެ އިންދާ ބައިގެން ދިޔަކަން އިއުލާން ކޮށްފައި ވަނިކޮށެވެ.
ޕްރިންސް ހެރީގެ މަންމަ 1984 ވަނަ އަހަރުގެ ލޯބިވެރިންގެ ދުވަހު ވަނީ ޕްރިންސް ހެރީ އަށް ބަލިވެ އިންކަން އިއުލާން ކޮށްފަ އެވެ. އެހެންކަމުން ހެރީ އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން މިއުލާން ކުރީ އޭގެ 37 އަހަރު ފަހުންނެވެ.
ދެވަނައެއްނޫން 3 ވަނަ ފަހަރަށް ބަލިވެ އިނީ. އިހައްދުވަހު ބައިގެން ދިޔައީ ދެވަނަ ދަރިފުޅު. މުސްލިމުން ދޭތެރެ ދުރުކޮށްގެން ތިއްބަސް އެމީހުން ވަރަށް ހިންގާލައޭ