ބޮލީވުޑް ސިނަމާގެ ފިލްމުތަކަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް ބަލާ ފިލްމުތަކެކެވެ. ބޮލީވުޑްގެ ފިލްމީ ތަރީންގެ ތެރެއިން މިހާރު އެންމެ ދުވަސްވީ ތަރީންގެ ތެރޭގައި އަދި އެންމެ މަގުބޫލު ތަރީންގެ ތެރޭގައި ހިމެނޭ އެކަކީ އަމީތާބް ބައްޗަންއެވެ.
އަމީތާބް އުފަންވެފައިވަނީ 1942 ވަނަ އަހަރު އޮކްޓޯބަރު 11 ގައި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަލަހް އާބާދަށެވެ. ފިލްމު ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސް ކުރުން، އަދި ޓީވީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އަދި އަމީތާބް ވަނީ 1984 އިން 1987 އަށް އިންޑިއާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް ކޮށްފައެވެ.
ބޮލީވުޑްގެ ސުޕަ ސްޓާއެއް ކަމުގައިވާ އަމީތާބް އެ އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 52 އަހަރު ވެފައިވާ އިރު ފަނޑުވުމެއް ނެތް ތަރުހީބުން އޭނާ އަށް މިއަދުވެސް ފޭނުންގެ މަރުހަބާގެ މެސެޖުތައް ލިބެމުން ދެއެވެ. އޭނާ އެންމެ މަޝްހޫރު ވެގެންދިޔަ ފިލްމުތަކުގެ ތެރޭގައި 1970 ގެ އަހަރުތަކުގައި ނެރުނު ފިލްމް، ޒަންޖީރް، ދީވާރް އަދި ޝޯލޭއި ހިމެނެއެވެ.
ފިލްމީ ދާއިރާގައި އަމީތާބްގެ އެކްޓިން އާއި މިޒާޖު ހުންނަ ގޮތުން ގިނަ ބަޔަކަށް އެކަން ކަމުދާކަން ފޭނުންގެ މެސެޖުތަކުން ހާމަވެއެވެ. އަދި 1969 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަހު ފިލްމީ ދާއިރާ އަށް ނިކުތް އަމީތާބްގެ އެތައް ފިލްމެއް މިއަދާ ހަމައަށް ވަނީ ނެރެފައެވެ.
aaj hi ke din film industry mein pravesh kiya tha .. Feb 15, 1969 .. 52 years !! aabhaar https://t.co/bEIWYWCmBc
— Amitabh Bachchan (@SrBachchan) February 15, 2021
އަމީތާބް ވަނީ އޭނާގެ ޓުވިޓާ މެދުވެރިކޮށް ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ. އަމީތާބް އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ "ސާތް ހިންދުސްތާން" ނަމަކަށް ކިޔާ ފިލްމެކެވެ.
އަމީތާބް އެއީ މުސްކުޅިވީމަ ވެސް ކެމެރާ ކުރިމަތިން ނެއްޓެން ނޭނގިފަ ހުރި މަރު ކޮހެއް.
އޭނަ އޮތީ އެ ދާއިރާގަ އެލިގެން. މުސްކުޅިވެ ގައިގެ ހަންދޫވެ "ހަންޓޯޓޯ" ވީމަވެސް ފައިސާ ދީގެން، ބިރުދައްކާ ނުފޫޒުގެ ބޭނުންކޮށްގެން އެ ދާއިރާގަ އެލިގެން އޮތަސް އެއީ މުއްދަތު ގުނަން ޖެހޭނެ ކަމެއް ނޫން. އެހެން ނަމަ މައިކަލް ޖެކްޝަންވެސް ލަވަކިޔުމުގެ ދާއިރަގަ އަދިވެސް.. އަދިވެސް... އޭނަ މަރުވި އިރު ވަނީ ޝޯވް ތަކަކަށް ޓިކެޓްވެސް ވިއްކަފް.
ދުނިޔޭގައި އަރާމާ ލައްޒަތާއި މަޝްހޫރުކަމާއި މުދަލާއި ތަނަވަސް ޢާއިލާ ލިބިފަ ތިއޮތީ! އާޚުރަތް މިފަދައިން ލިބިގަތުމަށް މުސްލިމަކަށް ވޭ! މަގޭ އަދޭހަކީ ތިޔަ ހަށިގަނޑު ނަރަކައިގެ އަލިފާނުން ސަލާމާތްކުރާށޭ! މި ކޮމެންޓް ހިންދީ ބަހަށް ތަރުޖަމާކޮށްދީބަލަ ކިޔުންތެރިޔަކު!
އާމިރޫ. ޢަމީތާބަކީ ހިންދޫއެއް ނޫން. އޭނަ އަކީ ހިންދޫ ދީން ގަބޫލުކުރާ މީހެއްނޫން. ޢޭނަ ކައިރީ ކޮންދީނެއްގެ މީހެއްތޯ އެހުމުން އަ ބަދުވެސް ބުނަމުން ދަނީ އިންޑިއަން އެކޭ. ޝާޙް ރުކް ޚާން އަކީވެސް އޭގެ މީހެއް. އޭނަ ގެ އަންހެން ދަރި އޭނަ ކައިރިން ސްކޫލަށް ބޭނުންވާ ފޯމެއް ފިލްކުރަން ދީން އޮތްތަނުގައި ޖަހާނީ ކޮން ދީނެއްތޯ ސުވާލުކުރުމުން އިންޑިއަން ޖެހުމަށް ބުނިކަމަށް ޝާހް އިންޓަވިއު ދިން. ހަމަ އެގޮތައް ދިވެހިން ވެސް ފޭސްބުކް ގައި ކުރިން ރިލިޖަން ޖަހަން އޮންނަ ތަނުގައި ސްޕިރިޗުއަލް ނޫނީ މޯލްޑިވިއަން ޖަހާފައި އެބަހުރި. މިތިން ކޭހުގެ ވެސް އަސްލު މުރާދަކީ ދީން ގަބޫލުނުކުރާ ވާހަކަ.