ލަވަކިޔުމަކީ ހަރާމް ކަމެއް ކަމަށް ބުނެ، ލަވަ ކިޔުން ހުއްޓާލި ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް ޝާނީޒް (ޝާނީ) ނުވަ އަހަރަށް ފަހުން ލަވައެއް މީސްމީޑިއާގައި އާންމު ކޮށްފިއެވެ.
ޝާނީ ލަވަކިޔުން ހުއްޓާލާފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ޝާނީ ލަވައިގެ ދުނިޔެއަށް މަޝްހޫރު ވެފައިވަނީ 1998 ވަނަ އަހަރު އައްޑޫ އަތޮޅުގައި ބޭއްވި މިއުޒިކް ޝޯއެއްގައެއްގެ ތެރެއިންނެވެ.
2011 ވަނަ އަހަރު ލަވަކިޔުން ހުއްޓާލުމާއި އެކީ އޭނާ ވަނީ ބުރުގާވެސް އަޅާފައެވެ. އޭރު "ސަން" އަށް ދިން އިންޓަވިއެއްގައި ޝާނީ އެއިރު ބުނެފައިވަނީ ލަވަކިޔުމަކީ ކޮން ކަހަލަ ކަމެއްތޯ ބަލައި އެކަމާ ބެހޭ ގޮތުން މައުލޫމާތު އެއްކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އެ ހޯދުންތަކަށް ފަހު ލަވަކިޔުން ހުއްޓާލީ ލަވަކިއުމަކީ "ދީނީ ގޮތުން ވެސް ހަރާން ކަމެއް ކަމަކަށް" ގަބޫލު ކުރެވިގެން ކަމަށް އޭރު ޝާނީ ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އިއްޔެ އޭނާ ޓުވިޓާގައި އާންމު ކޮށްފައިވާ ވީޑިއޯއަކުން ފެނިގެން ދަނީ ބުރުގާވެސް ނަގައި ލަވަ ކިޔާ މަންޒަރެވެ. އޭނާ ކިޔާފައިވަނީ ގިނަ ބައެއްގެ ތެރޭގައި މަޝްހޫރު ވެފައިވާ ހިންދީ ލަވައެއް ކަމުގައިވާ “ޕެހެލާ ނަޝާ” އެވެ.
މި ލަވަ ޓުވިޓާގައި އާންމު ކުރަމުން ޝާނީ ބުނެފައިވަނީ އެއީ އޭނާ މަޖަލަކަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި އެ ލަވަ ކިޔުމުގެ ކުރިން އޭނާ ލަވައިގެ މާނަވެސް ބެލި ކަމަށް ވަނީ ބުނެފައެވެ.
އެ ވީޑީއޯއަށް ބައެއް ފަރާތްތަކުން އޭނާ ކުރިން ދައްކާފައިވާ ވާހަކަތައް ހިއްސާކޮށް "އަނެއްކާ ހަލާކުވީ" ކަމަށް ވަނީ ބުނެފައިވާއިރު، އިތުރު މީހަކު ވަނީ އެހެން ލަވައެއް ކިޔުމަށް އެދިފައެވެ. އެކަމާއި ގުޅިގެން ޝާނީ ބުނެފައިވަނީ އިތުރު ލަވައެއް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.
ޝާނީ ލަވަކިއުން ހުއްޓާލި އިރު އޭނާ ވަނީ އަމިއްލަ ރާގާއި ކޮޕީ ރާގުގެ 100 އަށް ވުރެ ގިނަ ލަވަ ކިޔައިފަ އެވެ.
ޝާނީ ކިޔާފައިވާ ލަވަތަކުގެ ތެރެއިން އާންމުންގެ ތެރޭގައި އެންމެ މަޝްހޫރުވި ލަވަތަކުގެ ތެރޭގައި ހިމެނެނީ "އޭ ހިތާއޭ"، "ބަލަމޭ ނިކަން" ފަދަ ލަވަތަކެވެ.
ހަބަރު ކިއާފަ މަ ހީކުރީ ސާނީ އަލްބަމެއް ނެރުނީ ކަމައް..
ހެހެހޭ
މުނާފިގުންތައް ފާޅުވާނެކަން މާކުރިން ވަނީ ޚަބަރުދެއްވާފަ.
މި ސަރުކާރެއްނު، ރައްބެއް ރަސޫލެއް ވައްކެއް ނުވާނެ. ހެދިގެން އުޅޭ މުނާފިގު ން ހައްތާވެސް
ކައެ މެއްވެސް ތިކަހަލަ ހަބަރެއް ވެއްޔާ ލާފަ ބަހައްޓާ... ޕިސް ޕިސް!!
އެހެން މީހުންގެ ވާހަކަ ދައްކަން ދިވެހިން ވަރަށް ފޯރިހުންނާނެ އެހެޔޮ ތިމާމީހާ މި ކޮންމެ ފެންވަރެއްގެ މީހެއްވިޔަސް އަމިއްލަ ފޫބުޑެއް ނުފެންނާނެ މިޔައް ކިޔަނީ ފިތުނަ އުފެއްދުން މިހާލާފައެއް.
މިހާރުވެސް މަގޭ ކޮމެންޓުގެ އެއްބައި ފުހެލާފަ އެއޮތީ.
މިވެސް ނޫހުގެ ފަލަޝުރުހީގަ ޖަހާވަރުގެ ވާހަކައެއްތަ؟
ﷲ ސުބްޙާނަހޫ ވަތަޢާލާ ތެދުމަގު ދައްކަވަން އިރާދަ ކުރެއްވި ފަރާތަކަށް ނުބައިމަގު ދައްކާނެ ފަރާތެއް ނުވާކަމަށް ބުނެ.
ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއް ކަމާއި ހިސާބު ބެލެވި ޖަޒާލިބޭކަން ކީރިތި ޤުރުއާނުންވެސް އެނގެން އޮތްއިރު ބަޔަކު އެކަމާއި ދެކޮޅު ހެދިޔަސް ޙަޤީޤަތް ބަދަލު ނުކުރެވޭނެ. ހަލާކު ވެފައޮތް މުޖުތަމަޢެއް އިތުރަށް ހަލާކު ކުރަން ޝައިތާނާގެ މަގަށް ޒުވާން ޖީލު ގެންދިއުމަށް މަސައްކަތް ކުރާ ފަރާތްތައް ބަލިކަށި ކުރައްވާ ނިކަމެތި ކުރައްވާ ،މިބައި މީހުންގެ ބާރު ނެތި ކުރައްވާ ދޭވެ. އާމީން.
ޢެހެންނު ވާނީ ކުރިން އޭނާ އުޅުނީ ދިންވެރިޔަކާ އިނގެގެން މިހަރު އެހެން މިހަކާ ހިތާވި. ޢެމިހާ ބުނެގެން ބުރުގާ ނެގި ދިން ގެއްލުނި
ޝުކުރިއްޔާ
މިކަހަލަ ޙަބަރު އާންމު ކުރުމުގެ މަގުޞަދަކީކޮބައިތޯ؟
މާތް ﷲ ގެ ވަޖުހުފުޅައްޓަކައި ކަމެއް ދޫކޮއްލައިގެން ތިމާގެ އާޚިރަތައް ގެއްލުމެއް ނުލިބޭނެކަވާހަކަ ޝާނީއަށް ކިޔާދޭން ބޭނުމެވެ. ލަވަ ނުކިޔާ މަދަހަ ފަދަ ދީނައް ހިތްޖެހޭ ކަމެއް ކުރުން ބުއްދިވެރި. އައުރަ ނިވާކުރުމުގެ ހުކުމާއި ލަވަކިޔުމާއި ގުޅުމެއް ނެތެވެ. ވީމާ ލަަވަކިޔަސް ނުކިޔައަސް ބުރުގާ ނެގުމަކީ ތިމާގެ އާޚިރަތައް ނުރައްކާތެރި ކަމެއްކަމުގައި ނަސޭހަތް ދެމެވެ.
މިހާރު ލިބޭ ފާފަ އިތުރުވާނެ، އެއީ މިހާރު ލަވަކިޔުމުގެ ހުކުމް އެނގިހުރެ އެ ފާފައަށް އަރައިގަންނާތީ! ވަރަށް ރެސްޕެކްޓް ކުރިން ޝާނީ ލަވަކިޔުން ހުއްޓާލީމަ. ﷲ ތިބާއަށް ތެދުމަގު ދައްކަވާ ތައުބާވުމުގެ ތައުފީޤު ދެއްވާށި!
ﷲ ގެ ގަދަފަދަ އަޒާބަށް ތައްޔާރުވަނީތަ އަނެއްކާވެސް
ޙަރާމް އަދި ޙަލާލަކީ މަށާ ކަލެޔާ ބުނީމަ ވާ އެއްޗެއް ނަމަ ރަސޫލަކު ފޮނުއްވުމުގެބޭނުމަކީކޮބާ؟
ޝަާނީ އަށް ވަރަށް ބޮޑު އަދަދެއް ދީގެން ކުރުވި ކަމެއް މީ. މިކަމުގެ އަޑީގަ ބާރު ގަދަ މީހުން ތަކެއް ތިބީ..
ޢުނބައްޖެހީ... ލޮލް
ތެދުމަގު ހޯދަން އުޅޭ މީހަކަށްތާ ތެދުމަގު ފެންނާނީ ވެސް. ލަވަ ކިޔައިގެން އެއްވެސް ޘަވާބެއް ނުލިބޭ އިރު ކީރިތި ޤުރުއާނުން އެންމެ އަކުރެއް ކީމާ ދިހަ ހެޔޮކަން ލިބޭއިރު ، ފައިދާ އޮތީ ކޮންކަމެއްގައިބާ. ޝާނީ ކަނބުލޯ. ކަނބުލޮ ނިކަން ޤާރީކޯސް ހަދާލާ ކުދިންނަށް ޤުރްއާން ކިޔެވުމުގެ ހެޔޮކަން ހޯދަދެން އުޅެބަލަ. ރީތި އަޑު ހުއްދަ ކަމަކަށް ބޭނުން ކޮށްބަލަ ދޮން ކަނބުލޯ
ލަވަކިއުމާއި މިއުޒިކް ކުޅުމަކީ އޭގެ ޒާތުގައި މަނާކަމެއް ނޫން. އެކަން ކުރެވިދާނެ. އިސްލާމީ ސަގާފަތްތަކުގައިވެސް މިކަން އޮތް. ތުރުކީ، އީރާނު، ޕާކިސްތާނު އަފްގާނިސްތާނު، އުޒުބަކިސްތާނު ކިރުގިސްތާނު، ލުބުނާން، މިސުރު، މޮރޮކޯ ފަދަ އިސްލާމީ ގައުމުގައި އޭރުވެސް އޮތްކަމެއް މިހާރުވެސް އޮތްކަމެއް. އެކަމަކު، އެކަމާ ހުޅަނގުން ކޮންމެ ކަމެއްގައިވެސް ހައްދުފަހަނަ އަޅާދާގޮތައް އިސްލާމީ ގައުމުތަކުގައި ވެސް މިކަމުގައި އާވާރާވެގެންދާ މީހުން ގިނަވާތީވެ، އިސްލާމުންނާއި، މުޝްރިކުންނާ ތަފާތުވާންވާނޭކަމަށް ވާރިދުވެފައި އޮންނަ ބަސްފުޅެއްގެ ބޭނުން ކޮށްގެން އިލްމުވެރިން ފަތުރަންފެށި ފިކުރެއްގެ ސަބަބުން މިކަންތައްގަނޑު ޖެހިގެން ދިޔައީ. ލަވަކިއުން އެކަންޏެއްނޫން، ފެންބޮައިގެންވެސް ބައެއްގެ ފުރާނައަށް ގެއްލުންވަންޏާ އެފެންވެސް އެމީހެއްގެ މައްޗަށް ހަރާންވެދާނެ. ދީނުމުގައި ހަރުކަށި އުސޫލުތައް ފެތުރުން ހުއްޓާލާ. ރަނގަޅު މަޢުލޫމާތު ފޯރުކޮށްދީ،
ލަވައިގެ ލިންކް ޝެއާ ކޮށްލިނަމަ ވަރަށް އަޑުއަހާހިތުން މިހުރީ
މަޖަލަކަށް ކުރިކަމެއްތަ؟އަނެއްކާ އެބުނީ އިތުރު ލަވަޔެއް ވަރަށް އަވަހަށް އާއްމުކުރާނެކަމަށް.ތީނަ މަޖަލަކަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެދޯ.ޒީނޭ ކޮށްފަވެސް ބުނާނެދޯ މަޖަލަކަށޭ ކުރީ.ބުރުގާ ނަގާފަ ދެން ކޮން ހަޑިޔެއްހާވާކަށް.ފޮނިނުވެ ކުރިން އުޅުނުގޮތައްއުޅުނީމަވީނުން .އެންމެފަހުން މައުމޫނަށްވެސް ލަވަޔާއި މިއުޒިކު ހުއްދަކަމަކަށް ވީ ވިއްޔާ..މިކަހަލަ ސޭކުން މިއުޅެނީ.ވެދާނެ ޝާނީ މައުގެ ބަހަށް ހެއްލުނީކަމަށްވެސް.
ލަވަކިޔުން ޙަރާމެއް ނޫން! މިޔުޒިކްވެސް ޙަރާމެއް ނޫން! މިއީ މިޒަމާނުގެ ބައެއް ޢިލްމުވެރިން އަމިއްލަޔަށް ޙަރާމްކުރި ކަމެއް! ކީރިތި ރަސޫލަގެ ޙަޔަތްޕުޅުގައި މިޔުޒިކް އޮތް! އެޒަމާނުގަ އޮތީ ތާރައާ ދެ އެތި ޖައްސާ އަޑު އުފެއްދުން. އެއީ އޭރުގެ ޙާލަތު! ރަސޫލާ އެކަންކަން މަނާއެއް ނުކުރައްވާ! ދުނިޔޭގެ އެންމެ ބޮޑަތި މުސްލިމު ޤަވްމުތަކުގައިވެސް ދައުލަތުންވެސް މިކަމަށް ހިތްވަރުދެއްވާ!
ސޯބިރާ.....ތޯއްޗެއް
ގެނޭ 15 ރޮށި
މިކަންކަން މިހެންދިމާވާ ސަބަބުތަށްވެސްއެބަހުރި އެއީ އިސްލާމީގައުމެއްގައި 30އަހަރުވެރިކަން
ކުރެއްވިފަރާތަކުން ވިދާޅުވެފައިވޭ މިޔުޒިކުއާއި ލަވަކިޔުން ހުއްދަކަމަށް ''އިހުސާސްތައް ހުށަހަޅާ
އެންމެ އިޝްގީގޮތަކީވެސް'' އެއީކަމަށް އިސްލާމީގައުމެއްގެ ވެރިކަންކުރެއްވިފަރާތަކުންދެކިލައްވާ
މިއީ ލާދީނީ ކަންކަމަށް ހިތްވަރުލިބޭކަމެއްކަމުގައިވިއަސް ލާދީނީފަރާތްތަކުން ނުވަތަ މިކަމަށް ނުހޭފަރާތްތަކުން މިހެންދެކޭބޭފުޅުންގެ ކަންތައްހުރިގޮތްބަލާލުންރަގަޅުއެބޭފުޅުންގެއަނބިކަނބަލުން
ބުރުގާނާޅުއްވާ ( އަންހެނާގެ އައުރަކީ މޫނާ،ދެއަތްތިލަނޫންހުރިހާތަނެއްކަމުގައި)ދީނުގައިއަންވާފައި
ވީކަމުގައިވިއަސް ގަބޫލުނުކުރާފަރާތަކުން ފުރިހަމަ މުސްލިމަކަށްވާނެތޯ އިސްލާމްދީނާ، ރަސޫލާއާ، ގުރްއާންއަށް ހަޖޫޖަހާފަރާތެއް ފުރިހަމަ މުސްލިމަކަށްވާނެތޯ ބޭނުންވަނީ ނަމެއްނޫން ޢަމަލާ އުޅުންވެސް ވީމާ، އިސްލާމްދީނަށްފުރައްސާރަކުރާފަރާތްތަކާ ލާދީނީކަންކަމަށް
ހިތްވަރުދެއްވާފަރާތްތަކާމެދު ފިޔަވަޅުައަވަހަށްއަޅުއްވާދެއްވާ އަދި ސިފައިންނާ،ފުލުހުންނަށްވެސް
ދަންނަވާލަން ތިބޭފުޅުންﷲގަންދީ ކުރައްވާފައިވާ ހުވަޔާއެއްގޮތަށް ކަންތައްކުރައްވާށޭދިވެހިބިންމީ
އުފަންމަގޭބިން ލެވުނުފުރަތަނޭވާ މަގޭބިން އެބިމަ މަށްޓަކާ އެންމެފަހުގެވިންދާ ނޭވާދޫކޮށްލަދޭނޭ
މަގޭބިން