ފިލުމު ''ސްޓޫޑެންޓް އޮފް ދަ އިޔާ 2'' އިން ބޮލީވުޑަށް ތަޢާރަފްވި އެކްޓަރ ޗަންކީ ޕާންޑޭގެ ދަރި އަނަންޔާ ޕާންޑޭ ބޭނުން ވަނީ ދެވަނަ ދީޕިކާ ޕަދުކޯންއަށް ވާން ކަމަށް އޭނާއި ގުޅުން ހުރި ފަރާތަކުން ބުނެފިއެވެ.

''ސްޓޫޑެންޓް އޮފް ދަ އިޔާ 2'' އަށް ފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ އަނަންޔާއަކީ ފިލުމު ''ސްޓޫޑެންޓް އޮފް ދަ އިޔާ'' ގެ ބަތަލާ އާލިއާ ބަޓް ކަމަށެވެ. އެއީ އާލިޔާގެ ''އެޓިޓިއުޑް'' އަނަންޔާގެ ވެސް ހުރި ކަމަށް ބުނެއެވެ.

ނަމަވެސް އަނަންޔާގެ ވިސްނުން ހުރީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާގެ ރޯލު މޮޑެލްއެއްގެ ގޮތުގައި ބަލަން ބޭނުންވަނީ މުޅިން އެހެން މީހެކެވެ. އަނަންޔާއާއި ވަރަށް ގާތް ފަރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ ބޭނުންވަނީ ދެވަނަ ދީޕިކާއަށް ވާށެވެ. ރޯލު މޮޑެލްއެއްގެ ގޮތުގައި ބަލަން ބޭނުންވަނީ ދީޕިކާ އެވެ.

އަނަންޔާ ވަކި މީހެއް ނަކަލު ކުރަން ބޭނުންނުވާ ކަމަށާއި އޭނާ ބޭނުންވަނީ ބެލުންތެރިން ހިތްހަމަ ޖައްސައި ދިނުމަށް ތަފާތު ރޯލުތައް ކުޅެން ކަމަށާއި ދީޕިކާގެ ހަށިގަނޑު ބެލެހެއްޓުމުގެ ގޮތްތައް ބަލައި ކަމަށާއި އަދި އަނަންޔާއަކީ ދީޕިކާގެ ވަރަށް ބޮޑު ސަޕޯޓަރެއް ކަމަށް ވެސް މަޢުލޫމާތު ދިން ފަރާތުން ހާމަކޮށްފައިވެއެވެ.

އަނަންޔާގެ ފިލުމީ މަސައްކަތްތަކަށް ބަލާއިރު އޭނާގެ ކުރިއަށް އޮތް ސަކުން ބެންޓްރާގެ ފިލުމުގައި މަސައްކަތް ކުރަމުންދަނީ އޭނާގެ ރޯލު މޮޑެލް ދީޕިކާ ޕާޑުކޯންއާއި އެކުގައެވެ. މީގެއިތުރުން ވެސް އަނަންޔާގެ ބައެއް ޕްރޮޖެކްޓްތައް ހުރީ ކުރިއަށެވެ.