ކަސްރަތު ކުރުމަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ. ކަސްރަތުގެ ތެރެއިން ވެސް ފެތުމަކީ އެއްފަހަރާ މުޅި ހަށިގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ކަމެކެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ފެތުމުން ހަށިގަނޑަށް އެތައް ފައިދާއެއް ލިބެއެވެ. އެހެން ކަސްރަތުތައް ދުވާލަކު 30 މިނިޓަށް ކުރުމަށް ތަޖުރިބާކާރުން ލަފާދީފައިވީ ނަމަވެސް ދުވާލަކު 20 މިނިޓް ފެތުމުގައި ހޭދަ ކުރުމުން ފުދޭނެ ކަމަށް ވެސް ތަޖުރިބާކާރުން ބުނެފައިވެއެވެ.
ދުވާލަކު 20 މިނިޓް ފެތުމުން ހަށިގަނޑަށް ލިބޭ ފައިދާތަކަކީ:
ހަށިގަނޑުގެ މަސްތައް ވަރުގަދަވުން.
ފެތުމުގެ ތަފާތު ގޮތްގޮތް ބޭނުން ކުރުމުން ހަށިގަނޑުގެ މަސްތަކަށް އަސަރު ކުރެއެވެ. ފެން ގަނޑުގެ ތެރޭގައި ފެނާއި ދެކޮޅަށް އަތްފައި ހަރަކާތް ކުރާއިރު ހަށިގަނޑުގެ މަސްތަކަށް އަސަރު ކުރެއެވެ. އަދި މަސްތައް ވަރުގަދަ ކޮށްދެއެވެ.
ބަރުދަން ލުއިކޮށްދޭ.
ފެތުމުގެ ސަބަބުން ދާނުހިއްލި ނަމަވެސް އެތައް ކެލޮރީސްއެއް އަންދާލައެވެ. ކެލޮރީސް އަންދާލުމަށް އެންމެ ރަނގަޅު ގޮތަކީ ވެސް ފެތުން ކަމުގައި ތަޖުރިބާކާރުން ބުނެއެވެ. ފަތާއިރު އާއްމުގޮތެއްގައި ކޮންމެ 10 މިނިޓް ތެރޭގައި 150 ކެލޮރީސް އަންދާލައެވެ.
ހުޅުތަކުގައި ރިހުން ކުޑަކޮށްދޭ
އެހެން ކަސްރަތުތަކާއި ޚިލާފަށް ފެތުމަކީ ހުޅުތަކަށް އެއްވެސް ބާރެއްލާކަށް ނުޖެހޭނެއެވެ. ނުވަތަ އެއްވެސް އަނިޔާއެއް ނުވާނެއެވެ. ހުޅުތަކުގައި ރިއްސާ މީހުންނަށް ވެސް އެންމެ ރަނގަޅު ކަމަކީ ފެތުމެވެ.
ނިދުމަށް ފަސޭހަވޭ.
ފެތުމުގެ ސަބަބުން ހަށިގަނޑަށް އަރާމު ބޭނުންވާ ވަރަށް ހަށިގަނޑު ވަރުބަލިކޮށްލައެވެ. އޭގެ ސަބަބުން ފަސޭހަކަމާއި އެކު ނިދާލެވޭނެއެވެ.
ހިތުގެ މައްސަލަތައް މަދުކޮށްދޭ
ފެންގަނޑުގައި ފެތުމުގެ ސަބަބުން ހިތުގެ މައްސަލަތަކާއި ގެއްލުންތައް މަދުކޮށްދެއެވެ.
މީގެއިތުރުން ފެތުމުގެ ސަބަބުން މޫޑު ރަނގަޅުވުމާއި މީހާ ތާޒާކަން މަތީގައި ހުރުމަށް އެހީތެރިވެދޭކަމަށް ވެސް ކަމުގެ ތަޖުރިބާކާރުން ބުނެފައިވެއެވެ.
ތިބުނީ ހަމަ ތެދެއް.
ނޭނގޭ ނޫޅެން ބަލާކައްވެސް