ކެއުމަކީ އިންސާނާގެ އާދަތައް ވަރަށް ބޮޑަށް އެކަަމަކުން ހާމަވާ ކަމެއްކަން އެއީ ސިއްރެއް ނޫނެވެ. އެގޮތުން މީހާ ކާ އެއްޗެހިން ފެށިގެން އެ މީހާގެ ކެއުމުގެ ވައްޓަފާޅި އާއި ކާ އަވަސް މިނާއި ކެއުުމަށް ފަހު އަމަލު ކުރާ ގޮތަކީ ވެސް މީހާގެ މިޒާޖާއި އުޅުން އެކަމަކުން ދައްކުވައިދޭ ކަންކަމެވެ. ކޮންމެ މީހެއްގެ އާއިލާގައި ނޫނީ ދަންނަ އެކުވެރިންގެ ތެރޭގައި އަވަހަށް ކާ މީހަކު ހުންނާނެއެެވެ.
އަވަހަށް ކާ މީހުން ހިމަނައިގެން ކުރި ދިރާސާއެއްގެ އަލީގައި ހަފްޕޯސްޓުގައި ލިޔެފައިވާ ލިޔުމެއްގައި ބުނެފައި ވަނީ އަވަހަށް ކާ މީހުންނަކީ ވާދަވެރި ބައެއް ކަމަށެވެ. އެފަދަ މީހުންނަކީ އެންމެންނަށް ވުރެ ކުރިން ކައިގެން، ތަށިވެސް ދޮވެ ނިންމާ ބައެކެވެ. އެހާވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކެއުުމުގެ ހުރިހާ ކަމެއް އެފަދަ މީހުން ނިންމައެވެ.
އަވަހަށް ކާ މީހުންނަކީ އަމިއްލަ ހައްގުތައް ހޯދަން ވަކާލާތު ކުރާ ބައެއްވެސްމެއެވެ. އެ މީހުންނަކީ އަމިއްލަ ދިފާއުގައި ވަކާލާތު ކުރާ، ކަމަކާއި މެދު ހިތްހަމަ ނުޖެހިއްޖެ ނަމަ ފަސޭހައިން ޒުވާބުކުރުން އެކަށީގެންވާ ބައެކެވެ. އެފަދަ މީހުންގެ ކެތްތެރިކަން ކުޑަ ނަމަވެސް ދިރިއުޅުމުގައި އާއްމުކޮށް އެ މީހުން ކާމިޔާބު ކަމަށް އެ ލިޔުމުގައި ވަނީ ބަޔާންކޮށްފައެވެ.
އެ މީހުންނަކީ އާ ކަންކަމަށް ލޯބި ކުރާ ކަނޑައަޅާ ލަނޑުދަނޑިއަށް ވާސިލްވާން ބުރަކޮށް މަސައްކަތް ކުރާ ބައެކެވެ. ކެއުމުގެ ސްޕީޑަކީ ދިރިއުޅުމުގެ ކަންކަން އެ މީހަކު ތަޖުރިބާ ކުރަން ބޭނުންވަނީ ކޮން ސްޕީޑެއްގައިކަން ދައްކުގައިދޭ ކަމެއް ކަމަށް ވެސް އެ ލިޔުމުގައިވެއެވެ.
ފޭކު ލިޔުމެއް އެއްވެސް ހަގީގަތެއްނެތް.
އެންމެ ޤަބޫލުކުރެވޭ ގޮތަކީ އަވަހަށް ކާ މީހުން ކަރުގައި އަޅައިގަނެ އުކުނޑިކޮށްޓަށް ފަށާނެ!
ޔަޤީންތާ