ފޭސްބުކް ބޭނުން ކުރާ މީހުންގެ ތެރެއިން 533 މިލިއަން މީހެއްގެ ޒާތީ މައުލޫމާތުތައް ލީކްކޮށްލިއިރު އޭގެތެރޭގައި 86337 ދިވެހިންގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ފޭސްބުކްގެ ބަލިކަށި ސަލާމަތީ ފިޔަވަޅެއްގެ ބޭނުންކޮށްގެން ހެކަރުން ހޯދާފައި ހުރި މައުލޫމާތުތަކުގެ ތެރޭގައި ފޭސްބުކްގައި ރަޖިސްޓްރީވާން ބޭނުންކުރާ ޒާތީ މައުލޫމާތުތައް ހިމެނެއެވެ. ލީކް ކޮށްލާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ފޯން ނަމްބަރާއި، ފޭސްބުކް ޕާސްވޯޑް ރީސެޓް ކުރަން ބޭނުންކުރާ ޑާޓާ އާއި ފޭސްބުކް އައިޑީ އާއި ފުރިހަމަ ނަމާއި، އުފަންދުވަހާއި އަދި ބައެއް މީހުންގެ އީމެއިލް އެޑްރެސްތައް ވެސް ހިމެނެއެވެ.

ލީކް ކޮށްލާފައިވާ 533 މިލިއަން މީހުންގެ މައުލޫމާތައް ބަލާއިރު އެމީހުން ނިސްބަތްވަނީ 106 ގައުމަކަށެވެ. އޭގެތެރޭގައި އެމެރިކާގެ 32 މިލިއަން މީހުންގެ މައުލޫމާތު ހިމެނެއެވެ. ދެން އެންމެ ގިނައިން ހިމެނެނީ އިނގިރޭސިވިލާތާއި އިންޑިއާ މީހުންގެ މައުލޫމާތެވެ. އިނގިރޭސިވިލާތުގެ 11 މިލިއަން މީހުންނާއި އިންޑިއާގެ ހަމިލިއަން މީހުންގެ މައުލޫމާތު ވަނީ ލީކް ކޮށްލާފައެވެ.

ސައިބާ އިންޓެލިޖެންސް ފާމެއް ކަމަށްވާ ހޮޑްސަން ރޮކް އިން ބުނާ ގޮތުގައި މިމައުލޫމާތުތައް އިންޓަނެޓްގައި ލީކް ކޮށްލާފައިވާކަން ފުރަތަމަ އެކުންފުނީގެ ސަމާލުކަމަށް އައީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެކުންފުނިން ބުނާ ގޮތުގައި ލީކް ކޮށްލާފައިވާ މައުލޫމާތުތައް ބޭނުން ކޮށްގެން އެހެން މީހުންނަށް އޮޅުވާލައި މަކަރާއި ހީލަތުން ބައެއް އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު މިހާރު ވެސް ވަނީ ލިބިފައެވެ.

މައުލޫމާތުތައް ލީކްވުމާއި ގުޅޭ ގޮތުން ފޭސްބުކް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ބިޒްނަސް އިންސައިޑާ އިން ބުނާ ގޮތުގައި މައުލޫމާތުތައް ލީކްވުމާއި ގުޅޭ ގޮތުން ފޭސްބުކްގެ ކޮމެންޓެއް ހޯދަން ބިޒްނަސް އިންސައިޑާ އިން ފޮނުވި ދިހަ އީމެއިލްގެ ތެރެއިން އެއްވެސް އީމެއިލްއަކަށް ފޭސްބުކް އިން އަދި ޖަވާބު ދީފައެއް ނުވެއެވެ.

https://twitter.com/UnderTheBreach/status/1378314424239460352

ލީކް ކޮށްލާފައި ވަނީ 2019 ވަނަ އަހަރު ފޭސްބުކް ބޭނުންކުރި މީހުންގެ މައުލޫމާތުކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. މައުލޫމާތުތައް ހެކަރުންގެ އަތްދަށަށް ދާން މެދުވެރިވި މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހިސާބު ޓީޗަރު

    އަދުރެމެޓިކްސް!!

    7
    16
  2. އަންނި

    އަޅުގަނޑަކީ ފޭސްބުކު ބޭނުން ކުރައްވާ ބޭފުޅެއްވެސްނޫން އެހެންވީމަ ތިކަމަކުން ވާނެ ފައިދާއެއްނެތް.

    33
    3
    • އުމަރު

      ތީ ކިހާވަރެއްގެ ބޭފުޅެއްތޯ؟

      2
      1
  3. ޅަބޭ

    ވަރައް ރަގަޅު. ތި ބޭޒާރުވީ އެތައް ދިވެހިންނެއްގެ އޮރިޔާން ފޮޓޯ. ދެން ތިބޭ ރާކަނިމަސް ކާން..

    13
    1
  4. ކޮތަރު

    ދެން އަޅުގަނޑު ވަޑައިގަންނަވާ ފަރީއްކުޅުއްވަން.

    21
    1
  5. އަހަރެން ރާއްޖެތެރެ

    ތިޔަހުރިހާ އެއްޗެއް ކިޔާކަށް ވަގުތެއް ނެއް

    10