މޭޒު ދޮށުގައި ގޮނޑީގައި އިށީނދެ ތިބެގެން ކެއުމަކީ ރީތި އާދައެއް ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރާ ކަމެކެވެ. އަދި މިއީ ސިއްހީ ގޮތުން ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ގެއިން ބޭރުގައާއި އޮފީހުގައި މަސައްކަތް ކުރާއިރު ވެސް ގޮނޑީގައި އިށީނދެ ތިބެއެވެ.
އެހެންކަމުން ގެއަށް އައިސް ކައި ގަޑީގައި ގޮނޑީގައި ތިބެގެން ކެއުމަށް ވުރެ ޖަޕާނުގެ ރައްޔިތުންނަށް ކަމުދަނީ ތިރީގައި ތަޅުންމަތީ ތިބެގެން ކެއުމެވެ. ޖަޕާނުގެ ފަސް ތަރީގެ ރެސްޓޯރެންޓްތަކުން ވެސް ގޮނޑި ފެންނާނީ މަދު ތަނަކުންނެވެ.
މިގޮތަށް ތިބެގެން ކެއުމަކީ ހަމައެކަނި ޖަޕާނުގެ އާދަކާދައިގެ ތެރެއިން ހިމެނޭ ކަމެއް ނޫނެވެ. މިއީ ސިއްހީ އެތައް ގިނަގުނަ ފައިދާއެއް ވެސް ހިމެނޭ ކަމެކެވެ.
ހަޖަމު ކުރުމަށް ފަސޭހަވާނެ.
ދެކަކޫ މައްޗަށް ނުވަތަ ދެފައި ކްރޮސްކޮށްގެން އިށީނދެ އިނުމަކީ ޔޯގާ ޕޯސްއެކެވެ. މިގޮތަށް އިންނައިރު ބަނޑުން ލޭ ދައުރުވުމަށް އެހީތެރިވެދެއެވެ. އޭގެ ސަބަބުން ހަޖަމު ކުރުމަށް ފަސޭހަވެއެވެ.
ބަރުދަން ލުއިވުމަށް އެހީތެރިވެދޭ.
ތަޅުންމަތީގައި އިށީނދެ އިދެ ކެއުމުން ވެގަސް ނާވް ހަރަކާތް ކުރުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ކެއުމުން ދުރުކޮށްދެއެވެ.
ހުޅުތަކުގެ ބާރު ގަދަކޮށްދޭ.
ގޮނޑީގައި ގިނައިރު އިށީނދެ އިނުމުން އުނަގަނޑަށް ތަދުވެއެވެ. ނަމަވެސް ތަޅުންމަތީ އިށީނދެ އިނުމުން އުނަގަނޑަށް ފަސޭހަވެގެންދެއެވެ. އޭގެ ސަބަބުން ހުޅުތަކަށް ފަސޭހަވެ ބާރުގަދަވެއެވެ.
ހަށިގަނޑުގެ ބައްޓަން ރީތިކޮށްދޭ.
ގޮނޑީގައި އިނުމުން ގުދު ނެރެގެން ތިބެން ފަސޭހަވެއެވެ. ނަމަވެސް ތިރީގައި އިށީނދެ އިންނައިރު ބުރަކަށި ރަނގަޅަށް ދަމާލައިގެން އިނދެވެއެވެ. އެހެންކަމުން ގުދުލުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ.
މީގެއިތުރުން ވެސް ތިރީގައި އިށީނދެ އިދެގެން ކެއުމުން ސިކުނޑި ހަމަޖެހުމާއި މީހާ ހަރަކާތްތެރިވެ އުޅުމަށް ފަސޭހަވެއެވެ.
ތިޔައީ ދިވެހިންވެސް 90ގެ އަހަރުތަކުގަ ކައިބޮއި އުޅުނު ގޮތް.
ސަހާބީން ކައިއުޅުނު ގޮތް ބަލާލަބަލާށެވެ.
ތިޔައީ ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ފަރީއްކުޅުއްވަން ހުންނެވި ގޮތް.
ޖަޕާނުގަ އެކަންޏެއްނޫން އެ ސަރަހައްދު ގިނަ ގައުމު ތަކުގެ އާދަކާދައެއް. ދިވެހި މަސްވެރިންގެ ފޭވަރިޓް ހަމަތީ. ދިވެހި ގިނަ މަސްވެރިން ފިޓްކޮން ތިބޭ ސިއްރު ފަޅާ އަރުވާލާފަ މިއޮތީ.