ކްލަބް އޭކޭއިން އިންތިޒާމު ކޮށްގެން އޮންލައިން ލަވަ ޕްލްޓް ފޯމް "ސްޓާމޭކާ" ގެ ފުރަތަމަ ލަވަ މުބާރާތް ރާއްޖޭގައި ކުރިއަށް ގެންގޮސްފިއެވެ.

"ސްޓާމޭކާ" އެޕްލިކޭޝަނަކީ ގިނަ ދިވެހިންގެ މެދުގައި މަގުބޫލު ވެފައިވާ ލަވަ ކިޔާ ޕްލެޓްފޯމެކެވެ. އޭގައި މިހާތަނަށް 500 އަށް ވުރެ ގިނަ ދިވެހިން އެކި "ފެމިލީ"ތައް ހަދައިގެން ލަވަ ކިޔުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

ކްލަބް އޭކޭއިން ކުރިއަށް ގެންދިޔަ ލަވަ މުބާރާތުގެ ވަނަތައް ހޮވާފައިވާއިރު، މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތް ކޮށްފައި ވަނީ މަޝްހޫރު ރުކުމާ އާއި މުހައްމަދު ޝާހިދެވެ..

މުބާރާތުގައި ބައިވެރިވި މީހުންގެ ތެރެއިން ފިރިހެން ގްރޫޕުން އެއްވަނައަށް ގޮސްފައިވަނީ އައްސަދް ގާސިމް (ޗަދޫ) އެވެ. ދެވަނަ އަށް ދިޔައީ ނިޔާޒް އަދި ތިން ވަނައަށް ގޮސްފައިވަނީ އިލްޔާސް (ޖެކްސްޕެރޯ)އެވެ.

މުބާރާތުގެ އަންހެން ގްރޫޕުގައި އެއްވަނަ އަށް ގޮސްފައިވަނީ އުސްވާ އެވެ. ދެވަނަ ޝަޒްލީން މުހައްމަދު އަދި ތިން ވަނައަށް ސަފާ ރަޝީދުއެވެ.

މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކްލަން އޭކޭގެ ކެޕްޓަން އަބޫ ކަޔާން ބުނީ، މުބާރާތް ހުޅުވާފައިވަނީ ކަލްބް އޭކޭގައި ހަރަކާތްތެރިވާ 130 އަށް ކަމަށާއި އޭގެ ތެރެއިން 30 ކުދިން މުބާރާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

"މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 3 ރެއަށް ބަހާލައިގެން. ކޮންމެ ރެއަކު 10 ކުދިން އޮންލައިންކޮށް ލަވަ ކިޔާނީ" ކަޔާން ބުންޏެވެ.

މިއީ މިފަދަ ޕްލެޓް ފޯމެއްގައި ބޭއްވި ފުރަތަމަ މުބާރާތްކަން ފާހަގަ ކޮށްލެވެއެވެ.

ސްޓާމޭކާގައި ގިނަ ދިވެހިންގެ ފެމިލީތިބިއިރު، ކްލަބް އޭކޭއަކީ ދިވެހިންގެ ތެރޭގައި އެންމެ މަގުބޫލު ކަމެއް ހޯދަމުން އަންނަ، ލަވަ ކިޔުންތެރިން އުފެއްދުމަށް ޝައުގުވެރިވާ އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފެމިލީއެކެވެ. އަދި އެފަދަ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު އެބަ އޮތް ކަމަށް އެ ގްރޫޕުން ވަނީ ބުނެފައެވެ.

ކަޔާން ބުނީ، އެ ފެމިލީގެ އަމާޒަކީ މި މުބާރާތް މިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އޭގެ މާނައަކީ ސްޓާމޭކާގައި ތިބޭ ހުރިހާ ދިވެހިންނަށް ހުޅުވާލާއިގެން މަދަހަ މުބާރާތެއް ނުވަތަ އެފަދަ ދިވެހިން ހިތްހަމަ ޖެހޭ ކަހަލަ މުބާރާތެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ށޫނހެލއޮހރބ×ކއޮރ

    މިހާރު ނުވެފަ އޮތީ މިކަންތައް އެހެންމަ ކޮންމެހެންވެސް ކުރަންވާނެ
    އަދި ނެށުމާ އެކު ރާވެސް ބުއިން
    ބޮއެ ހަލާކް ސަހާދެއް
    ބިރުގަނެބަލަ މިތިބަ ދިވެހިންނޭ

    4
    1