ކައިވެނިކޮށްގެން އުޅޭ އަންހެނަކަށް ހިލޭ ފިރިހެނަކާއި އެކީ ލިބުނު ދަރިފުޅު މަރާލައިފިއެވެ.
ލަންކާގެ ފުލުހުންގެ ތަރުޖަމާނު ޑީއައިޖީ އަޖިތް ރޮހާނާ 'ނިއުސް ފަސްޓް' އަށް ބުނީ، މި މައްސަލައާއި ގުޅިގެން 35 އަހަރުގެ އަންހެނަކު މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ އެކުއްޖާ މަރާލާފައިވަނީ ވިހެއިތާ ކުޑައިރުކޮޅެއް ފަހުން ކަމަށެވެ. އަދި ދެން ހުރި އެއްޗެއް އަންދާލާފައިވާ ކަމަށެވެ.
އޭނާ ބުނީ، އެއަންހެން މީހާގެ ފިރިމީހާ އަކީ ގައުމުން ބޭރުގައި މަސައްކަތުގައި އުޅޭ މީހެއް ކަމަށާއި އެގޮތަށް އޭނާ އުޅޭތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ.
"އެ އަންހެން މީހާ އެހެން މީހަކާއި ގުޅުމެއް ބޭއްވި މި މުއްދަތުގައި. އެކަމުގެ ނަތީޖާއަކަށްވީ އޭނާ ބަނޑުބޮޑުވީ" އޭނާ ބުންޏެވެ.
އޭނާ ބުނީ، އަންހެން މީހާ ވިހާފައިވަނީ ގެއަށް ކަމަށާއި މިހާތަނަށް ބެލި ބެލުމުން އޭނާ އަކީ ތިން ކުދިންގެ މަންމައެއް ކަން އެނގިފައިވާ ކަމަށެވެ.
އެހާދިސާއާއި ގުޅިގެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމުގެ ކަންކަން މާދަމާ ކުރިއަށް ގެންދާނެ ކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލަންކާއާއި އިންޑިއާ ފަދަ ގައުމުތަކުގައި މިފަދަ އެތައް ހާދިސާތައް ހިނގައެވެ.