އެއީ ރަންބީރު ކަޕޫރްގެ ތޮފި ހެއްޔެވެ؟. އާނއެެެކެވެ. އެއީ ރަންބީރުގެ ތޮތްޕެވެ. މިދިޔަ އަންގާރަ ދުވަހު އާލިއާ ފެނުނީ މުމްބާއީގައި މަސައްކަތަށް ނުކުމެ އުޅެނިކޮށެވެ. އޭނާ ނުކުތީ އެއްކޮށްް ކަޅުން ހެދިގެންނެވެ. އަދި ހުރީ ތޮތްޕެއްވެސް އަޅައިގެންނެވެ.
އޭނާ މިއަދު އެގޮތަށް ހެދުން އަޅައިގެން ނުކުތުމާ ގުޅޭގޮތުން ވަނީ އިންސްޓަގްރާމްގައި ޕޯސްޓެއް ޖަހާފައެވެ.
"އޭނާ މަތިން ހަނދާން ވުމުން ދެން ވަގަށް ނެގޭނީ އޭނާގެ އެއްޗެހި. އަދި ގިނަ ސެލްފީތައް ނަގަން ޖެހޭނެ". ލޯބިވެރިޔާ ރަންބީރުއަށް ނިސްބަތްކޮށް އާލިއާ ހިއްސާ ކުރި ފޮޓޯތަކެއްގެ ކެޕްޝަންގައި ލިޔެފައި ވެއެވެ.
އޭނާ ވަނީ ގިނަ ސެލްފީތަކެއް ވަނީ ހިއްސާކޮށްފައެވެ. އެ ސެލްފީތަކުން ފެނިގެން ދަނީ އޭނާ ކަޅު ތޮތްޕަކާއި، ކަޅު ޓީޝާޓެއްގެ އިތުރުން، ނޫ ޑެނިމް ސޯޓެއް ލައިގެން ހުންނަ ތަނެވެ.
View this post on Instagram
އާލިއާ އެ ސެލްފީ ނަގާފައި ވަނީ ދަރްމާ ޕްރޮޑަކްޝަންގެ އޮފީސް ތެރޭގައެވެ.
މީގެ ކުރިންވެސް އާލިއާ ރަންބީރުގެ އެއްޗެހި ވަގަށް ނަގައިގެން ބޭނުންކޮށްފައި ވެއެވެ.
އާލިއާ އެންމެން ފަހުން ބޭނުން ކުރި ރަންބީރުގެ އެ ތޮފި ރަންބީރު 2017 ވަނަ އަހަރު ތެރޭގައި އަޅައިގެން ހުއްޓާ ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާގައި އައްމުވިއެވެ.
ރަންބީރު އާއި އާލިއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު، އެ މީހުންގެ ކައިވެނި މި އަހަރު ތެރޭގައި ބާއްވަން ދަނީ ތައްޔާރުވަމުންނެވެ.
ދެމީހުން އެއްގޭގައި ދެމަފިރިން ފަ ދައިން އުޅޭއިރުވެސް އެވަރުވޭތަ . އަ ދިވެސް
ބޮޑަށް އިސްތިހާރުވާން ބޭނުންވަނީ ކަންނޭގެ ނޫނީ މީހަކަށް ވަށްބަހުން ޖެހީވެސް ތޯއްޗެ އެހެންނާފަހެ.
އަހަރެން އާލިއާއަށް ޓަކައި ފުޑުފުޑު ވާކަން އާލިއާއަށް އެނގޭނެ ނަމައެވެ. މަދަރުސީ ދައުރުން ސުރެ އާލިއާ ދެކެ އަހަރެން ލޯބިވަމެވެ. އަހަރެންމެން ދެމީހުން ކިޔެވީ އެއް ސުކޫލަކުންނެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ކަރަޔަށް ދިޔަ ފަހުން އާލިއާއަށް ދުނިޔެ ފެނިއްޖެއެވެ. ދެނެއް އެތާކުން އާލިއާއަށް ފައެއް އުފުރައެއް ނުލެވޭނެއެވެ.