ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދުގެ 16 އަހަރުވީ ކައިވެންޏަށް ނިމުން އައި ޚަބަރާއިއެކު ގިނަ ބަޔަކަށް މިއަދު ވަނީ ހައިރާންކަން ލިބިގެން ގޮސްފައެވެ. ވަރިއާއި ގުޅޭ ގޮތުން މީޑިއާގައި ވާހަކަ ދައްކަވަން ދިޔާނާ ބޭނުންފުޅުނުވި ނަމަވެސް ޖާބިރު މިރޭ ވަނީ "ވަގުތު" އަށް މައުލޫމާތު ދެއްވާފައެވެ.

ޖާބިރު "ވަގުތު" އަށް ވިދާޅުވީ ދިޔާނާ އާއި ޖާބިރުގެ ކައިވެނި ރޫޅުނު ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި މައްސަލައެއް ނެތް ކަމަށެވެ. "އަންޑަސްޓޭންޑިންއެއްގެ ދަށުން މިވަގުތަށް ސެޕަރޭޓް ވެލީ." ޖާބިރު ވިދާޅުވިއެވެ.

"ދިޔާނާ އާއި އަޅުގަނޑާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. ނަމަވެސް ކަންތައްތައް މިވަގުތު ހުރި ގޮތުން އަންޑަސްޓޭންޑިންއެއްގެ ދަށުން މިވަގުތަށް ދެމީހުން ސެޕަރޭޓް ވެލީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިޔާނާ އަކީ އޭނާގެ ދެދަރިންގެ މަންމަ ކަމަށާއި އެހެންކަމުން ދިޔާނާ އާއި ދުވަހަކު ވެސް ގުޅުން ނުކެނޑޭނެ ކަމަށެވެ. "ކުދިންގެ މަންމަގެ ހައިސިއްޔަތުން ދިޔާނާ އަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ވެސް އަޅުގަނޑު ކޮށްދޭނަން. އަޅުގަނޑު އަބަދުވެސް ދިޔާނާ އަށް ހެޔޮ އެދެން. އަޅުގަނޑުގެ ހެޔޮ ދުއާ އަބަދުވެސް ވާނީ ދިޔާނާ އާއިއެކު." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ދިޔާނާ އާއި އޭނާގެ ވަރީގެ މައްސަލަ ނިމުނީ މިއަދު ކަމަށެވެ.

މީގެ ހަފްތާއެއް ކުރިން އެމެރިކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ޖާބިރު މިރޭ ވަނީ މޮރޮކޯ އަށް ފުރާވަޑައިގެންފައެވެ.

ދިޔާނާ އާއި ކައިވެނި ބައްލަވައިގެންނެވުމުގެ ކުރިން ޖާބިރު ކައިވެންޏެއް ކުރެއްވެވިއެވެ. އެކައިވެންޏަށް ވެސް ދެދަރިން ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ބޯކިބާ

    ބިލްގޭޓްސްއާއި ބައްދަލުކުރަންތަ އެމެރިކާއަށް މިކަލޭގެ ދިޔައީ.

    24
    • ޔޫތު

      ބިލްގޭޓްސް ޖާ އަތުން ލޯނެއް ނަގާފައި އޮވެގެން އެ ހޯދަންކަމަށްވާނީ. ޖާ ދަ ލެޖެންޑް

  2. ފާއިޒާ

    ކު ރިންވެސްހީވިއޭ މިކަހަލަކަމެއްލާގަނެގެންކަން މިކަލޭގެ ހަނދުބޮޑުވެގެންމިއުޅުނީ ؟؟ ދިޔާނާކަންޔަގީނޭ މިކަލޭގެކައި ރިންވަ ރިވީ!!

    20
  3. ޝާފީ

    މަޖާ މީހެއް. ގަދަ ގޮލަ އެއް. އިބޫ އާއި ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވާލާނެ ޖާބިރު.

    24
    5
    • ދަނޫޝް

      ޢިބޫއަށް އެކަނިތަ ގޮވަނީ. ދިޔާނާ ނޫން އެންމެނަށްވެސް ހިތުހު ރި އެއްޗެއްގޮވާ. ކިތައްދުވަހު އަންނި އަށް އެތިވަ ރު ގޮވި.

      17
      1
  4. Anonymous

    އެއްކަހަލަ ބޯ ހަމަ ނުޖެހޭ 2 މީހުން

    28
    2
  5. މަގްރިބާ

    ދެން ފެއްނާނީ މޮރޮކޯގެ ކުއްޖަކާއި އެކު ކަމައްވުން ގާތް

    20
  6. ތުއްތުނާ

    ދިޔާނާގޮވައިގެން ދައުވާކު ރާނީ ކިތައްމިލިއަން ރުފިޔާހޯދަންބާ؟؟ އަނބިމީހާއަށް ޚަ ރަދުކު ރީ ވަ ރިވާދުވަހަކުން އެފައިސާއަނބު ރާދޭގޮތަށޭވެސް ބުނެފާނެ!!

    17
    • ހޫ

      އެހެނެއް ދޭކަށްނުޖެހޭނެ އެއީ ހަރާމްކަމެއް.

  7. މަންޖެ

    ޖާބެ އާއި އިންނަންކެރޭ ސިވެއްސަކު ނެތީތަ ޖާބެއެހެރީ ހުސްކޮށްށޭ މިހާރު

    19
    2
    • ގަބުޅިބޯކިބާ

      މަންޖެ ތިހުރީ އެއްނުން

  8. ބުއް ދި ކާ

    އެހެން މީހުން ވަރި ކުރާ އިރު ޖާބެ ކުރީ ސެޕެރޭޓު!

    25
  9. Anonymous

    ޢޭ ހެލޯ ފައިސާ އަކ އަށްވުރޜެ ހެޔޮބަހެއް ގެ އަގުމާ ބޮޑު، އަނގަ ހަޑިވެފަ ނުބައި އެއްޗެހި ގޮވާތީ ދޔާނާ ގަނެނުލެވުނީ ފައިސާ އަކީ އުފަލެއް ނޫން

  10. އަހަންމަދު

    ކާކު ހައިރާންވީ! އެކަކުވެސް
    ހައިރާނެއްނުވޭ!

  11. ާއާދަމް އާޒިމް

    ލިޔާނެ ހަބަރެއް ނެތިގެން ތަ ތިއުޅެނީ...

  12. ބަކަރި

    ކަލޭމެން ހީކުރީ ކައިވެންޏަކީ ކުޅިވަރެއްކަމައް ތަ ؟؟ 🙄
    އާނ އެހެންޏަ ބޭނުނހާ އިރަކު ކައިވެނި ކޮށްފަ ވަރިވާކަށް 🤣

  13. ޫއުކުޅަސް ނުހާ

    އަހަރެން ކުރީ ދުވަހަކު ކައިވެނި ކުރީ، ޖާ ހުސް ވާނެ ކަން ެ އެނގޭ ނަމަ ނުކުރީސް