މަޝްހޫރު ބިނިއަނަރު ބިލްގޭޓްސް އެތައް އަންހެނުންނާ ފްލާޓްކޮށް ހަދާތީ އެކަން ހުއްޓާލުމަށް ބިލް ގޭޓްސް އަށް ނަސޭހަތް ދިން ކަމަށް މައިކްރޯސޮފްޓް އިން ބުނެފިއެވެ.

މައިކްރޯސޮފްޓް އިން ބުނީ 2008 ވަނަ އަހަރު ބިލް ގޭޓްސް އެ ކުންފުނީގައި މަސައްކަތް ކުރަމުން ދިޔަ އަންހެނުންތަކަކަށް ފްލާޓް ކުރުމަށް އީމެއިލްތައް ފޮނުވާތީ އެކަން ހުއްޓާލުމަށް އެދުނު ކަމަށެވެ.

ބިލް ގޭޓްސް އެކަން ހުއްޓާލާނެ ކަމަށް އެއްބަސްވުމުން އެ މައްސަލަ ނުބެލުމަށްވެސް މައިކްރޯސޮފްޓް އިން ނިންމިއެވެ. ބިލް ގޭޓްސްގެ ބޮލުގައި މިފަދަ އިލްޒާމެއް އެޅުނު އިރު މި ވާހަކަތަކަށް އޭނާ ވެސް ދެކޮޅު ހަދާފައި ނުވާ ކަމަށް މިވާހަކަ ފުރަތަމަ ހާމަކުރި މީޑިއާއިން ރިޕޯޓުކުރެއެވެ.

މި މައްސަލަ އިތުރަށް ނުބެލުމަށް ނިންމީ މެސެޖުން އެކަނި ފްލާޓް ކުރާތީ ކަމަށް އެ ނޫހުން ބުނާ އިރު ބިލް ގޭޓްސްގެ އޮފީހުން ވަނީ މިއީ ބިލް ގޭޓްސްގެ ބޮލުގައި އަޅުވާފައިވާ ދޮގު ތުހުމަތުތަކެއް ކަމަށް ބުނެފައެވެ.

ދެހާސް އަށް ވަނަ އަހަރުގައި މި މައްސަލަ ފެންމަތިވި އިރު އެ ކުންފުނީގެ މުވައްޒަފަކާ ނަހަމަ ގުޅުމެއް ހިންގި ކަމަށް އެ މުވައްޒަފު ބުނުމާ ގުޅިގެން 2019 ވަނަ އަހަރު ވަނީ ބޮޑު ތަހުގީގެއްވެސް ހިންގައިފައެވެ. އަންހެން މުވައްޒަފަކާ އެއްކޮށް އެ ގުޅުން ހިންގާތާ އެތައް އަހަރެއް ވެފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބިލް ގޭޓްސް މިހާރު ހުރީ އޭނާގެ 27 އަހަރުވީ ކައިވެނި ނިމުމަކަށް ގެނެސް ހުސްކޮށެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ މައިކްރޯސޮފްޓް ބޯޑުންވެސް ވަކިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝަކީ

    ބިލްގޭޓުސް އެވެ.ލާރިއޮތަކަސް އަދި ބޭނުންވާހާ އަންހެނެއް ނުލިބޭނެއެވެ.

    3
    1
  2. ޑަރޭ

    ބުރުމާ އުޅޭ ހެން އުޅެބަލަ...