މި މީހާ ބައްތި ފޯނެއް ގެންގުޅޭތާ 17 އަހަރުވެފައިވާއިރު، އެހެން ކަހަލަ ފޯނެއް ބޭނުންވެސް ނުވެއެވެ. މިޒަމާނުގެ ގިނަ މީހުން ބޭނުން ކުރާނީ ސްމާޓް ފޯނެވެ. ފޮޓޯ ނެގޭ މޮޅު ފޯނެކެވެ. ތަފާތު ކަންތައް އެއްފަހަރާ ކޮށްލެވޭ ކަހަލަ ފޯނެކެވެ. އެހެން ނަމަވެސް މިއީ އެފަދަ ފޯނެއް ބޭނުންވެގެން އުޅޭ މީހެއް ނޫނެވެ. މީހަކު ދިނަސް ބޭނުން ނުވިއެވެ.
އޭނާ ބޭނުން ކުރަމުން ދަނީ ނޮކިއާ އިން އެންމެ ކުރިން ނެރުނު ފޯންތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ. އިނގިރޭސި ވިލާތަށް ނިސްބަތްވާ މި މީހާ އެ ފޯނު ބޭނުން ކުރާތާ 17 އަހަރު ވެއްޖެއެވެ. އޭނާގެ ދަރިންތައް އޭނާއަށް އާ ފޯނު ދޭން ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރެއެވެ. އެހެން ނަމަވެސް އޭނާ އޭގެން އެއްވެސް ފޯނެއް ބޭނުމެއް ނުވެއެވެ.
އުމުރުން 49 އަހަރުގެ ޑޭވް މިޝޭލް ނަމަކަށް ކިޔާ މި ފިރިހެން މީހާ ބުނިގޮތުގައި، އޭނާ އެހާ އިހުގެ ފޯނެއް ބޭނުން ކުރާތީ އޭނާގެ ރަހުމަތްތެރިން ވަރަށް އެއްޗެހި ކިޔައެވެ. ނަމަވެސް އޭނާގެ ފަރުވާލެއްް ނެތެވެ.
އޭނާ ބުނީ، އެ ބްރޭންޑްގެ ފޯނަކީ ގިނަ ހަނގުރާމަ ތަކުގައިވެސް ބޭނުން ކުރި އެކަމަކު ހަލާކު ނުވާ ފޯންތައް ކަމަށާއި، މި ރިހަ ތެއްޔެގެ ތެރެއަށް ވެއްޓުނު އިރުވެސް ހަލާކު ނުވާ ކަމަށެވެ. އަދި އެ ފޯން މައްޗަށް ފައިން އަރައިގެންވެސް ހަލާކު ނުވާކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނިގޮތުގައި، އެ ފޯން އޭނާ ޗާޖްވެސް ކުރަން ޖެހެނީ ހަފްތާއަކު އެއްފަހަރެވެ. އެހެންކަމުން މިއީ އޭނާ އެންމެ އިތުބާރު ކުރާ ފޯނުކަން ޔަގީނެވެ.
ހަގީގަތުގަވެސް ނޮކިޔާ ކުރީގެ ޕޯންއަކީ ހަމަ އެންމެ މޮޅު ފޯނެވެ. އިހުގެ ރެލީ ވަރެއް ހަމަ ނޯންނާނެ ، ތީ ހަމަ ރަންޒަމާނުގެ ހިލައެއް.
އަސްލުވެސް ބައްތި ވަރެއް ހަމަނެތް.މޮޅޭ ބުނަނީ ހަމަ މޮޅުވީމަ.
ސަޅި