ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް މިއުޓޭޝަނެއް ހުންނަ ދެ ބޯ ހުރި ބުޅަލެއް އުފަންވެއްޖެއެވެ.

މި ބުޅާ އުފަންވެފައި ވަނީ އެމެރިކާގެ އާކާންސްއަށެވެ. މިއީ އޭރިއަލް ކޮންޓްރެސް ނަމަކަށް ކިޔާ މީހަކު ގެންގުޅޭ ބުޅަލެކެވެ.

އެ މީހާ ބުނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ބުޅާ ވިހެއި ކުޑަ ބުޅަލުގައި ދެ ބޯހުރުމުން އޭނާ ހައިރާންވި ކަމަށެވެ. އަދި އެހެން މީހުންނަށްވެސް މި ބުޅާ ދައްކަން އޭނާ ބޭނުންވި ކަމަށް ބުނެފައިވެއެވެ.

"އަހަރެން ދިޔައީ ދޮންނަ މެޝިން ހުންނަ ތަނަށް، ފެނުނީ އަހަރެންގެ ބުޅާ ވިހައިގެން އޮތް ތަން، ދެން ކުއްލިއަކަށް ކުޑަ ބުޅާތައް ފެންނަން ފެށި، އަހަރެން ފިރިމީހާއަށް ގޮވަން ފެށިން،" ބޭރުގެ ނޫހަކަށް މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ކުޑަ ބުޅަލުގެ ދެ ބޯ ހުރިކަން ފުރަތަމަ އެނގުނީ ކޮންޓްރެސްގެ ފިރިމީހާ އަށެވެ. އަދި އޭނާ ކޮންޓްރެސް ގާތު އެމީހުންގެ ބުޅާ ވިހެއި ބުޅަލުގައި ދެ ބޯ ހުރި ވާހަކަ ބުނުމުން ފުރަތަމަ ކޮންޓްރެސްއަށް އެކަން ގަބޫލުކުރަންވެސް އުނދަގޫވިއެވެ.

އާދަޔާ ހިލާފަށް އުފަންވި މި ކުޑަ ބުޅަލަށް އެސޮރު ބަލަހައްޓާ މީހުން ދީފައިވާ ނަމަކީ ހާވީއެވެ. މި ނަމަކީ މަޝްހޫރު ސުޕަހީރޯ ބެޑްމެންގެ ކެރެކްޓާ ކުޅޭ މީހާގެ ނަމެވެ. މި ނަން ބުޅަލަށް ދިނީ ބެޓްމެން އަކީވެސް ދެ ސިފައެއް ނުވަތަ ދެ މޫނެއް ހުންނަ ކެރެކްޓާ އަކަށް ވާތީއެވެ.

ބުޅާ ގެންގުޅޭ ފަރާތްތައް ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ތިބޭއިރު ދެ ބޯ ހުރި ބުޅަލުގެ ފޮޓޯތައް މީސްމީޑިޔާގައި ދަނީ ވަރަށް ބޮޑަށް ދައުރުވަމުންނެވެ.