މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާގެ މައްކާ އަށް މިހާރު އެތައް ހާސް ބަޔަކު ޖަމާވެފައި ވާއިރު ވަރަށް އުނދަގުލުން ހައްޖުގެ އަޅުކަން އަދާކުރުމުގެ މަސައްކަތް ކުރަމުންދާ މީހުން ވެސް އޭގެތެރޭގައި ހިމެނެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން ދަނީ އެފަދަ އެންމެ މީހެއްގެ މަންޒަރެކެވެ.

މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ހުސް ފައިގައި އުޅުނު ހައްޖުވެރިޔާ އަށް ސައުދީ އަރަބިއްޔާގެ ފުލުހަކު ވަނީ އޭނާގެ ބޫޓު ހަދިޔާކޮށްފައެވެ.

ހައްޖުވެރިޔާގެ ފައިވާން ނެތުމުން ފައިތިލައިގެ ދަށުގައި ކަރުދާސްގަނޑެއް އައްސަން އުޅެނިކޮށް ފުލުސް މީހާ ގޮސް އޭނާގެ ބޫޓް ހައްޖުވެރިޔާ އަށް ހަދިޔާ ކުރި މަންޒަރު ފެނުމުން އެތައް ބަޔަކު ވަނީ ފުލުސް އޮފިސަރަށް ޝުކުރު އަދާކޮށް އޭނާ ވެދިން އެހީ މީސް މީޑިއާގައި ފާހަގަ ކޮށްފައެވެ.

މައްކާ އަކީ އާންމު ގޮތެއްގައި ހޫނު ގަދަ ރަށެކެވެ. މިހާރު ވެސް މައްކާގެ ހޫނުމިން ހުރީ 33 ޑިގްރީ ސެލްސިއަސްގައެވެ. ތާރު އަޅާފައި އޮންނަ މަގުތަކުގައި ހުސްފައިގައި ހިނގުމަކީ އެއްވެސް މީހަކަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެހެންކަމުން ފުލުސް އޮފިސަރު ހައްޖުވެރިޔާ އަށް ވެދިން އެހީ އަކީ އެހައްޖުވެރިޔާ އަށް ކޮންމެހެން ބޭނުންވެފައިވާ އެހީއަކަށް ވާނެކަން ކަށަވަރެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފުލުސް އޮފިސަރު އެހީވީ ކޮން ގައުމެއްގެ ހައްޖުވެރިޔަކަށް ކަމެއް ސާފެއް ނުވެއެވެ. އަދި ފުލުސް އޮފިސަރުގެ ނަމެއް ވެސް އިތުރު މައުލޫމާތެއް ވެސް ސާފުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯލްޑިވިޔަން

    ސަމާލުކަމަށް އާދޭ ޔަމަނު މީހުން މަރާމައްސަލަ ވެސް.އިޒްރޭލު މީހަކު ވެސް ތީ ގޮތަށް ތިކަން ކޮށްފާނެ އެއްނު

    • އަޙްމަދު

      މޯލްޑިވިޔަން އަށް މާ ބޮޑަށް އެނގެނީ... ޔަމަނުގެ ރާފިޟީ ހޫޘީންތައް ކަލޭމެނަށް ރަނގަޅު ވާނީ، އަހްލުއްސުންނަތުގެ މުސްލިމުންނެއް ނޫން

      • ާއަހުމދެ

        ޢަހުލުއް ސުންނައް ވަރިހަމަ ދޯ މީހުން މަރާ މެދު އިރުމަތި ހަލާކު ކުރަމުން ދުވިޔަސް. ޢަހުމަދު ތި ނުލަފާ ސައުދުންނަށް ހެޔޮ ބަހެއް ބުނާތީ މީހަކު ކޮސް ނުވާނެތަ

      • ާއަހުމދެ8

        ޚކޮން ބަހުލުއް ސުންނަތެކޭ ތިކިޔަނީ.ތިކަހަލަ މޮޔަ ވާހަކަ ދައްކަުގެން ދެން އަހަރެމެން ނެހެހެއްލޭނެ

  2. ާއަހުމދެ

    ޢަހުލުއްސުންނަތް ލޭބަލް ޖަހައިގެން ދުނިޔޭގަ ލެއްވި ހުރިހާނުބައިކަމެއް ކުރަމުން ދުވާ ޖުއްބާ ނުލަފާ ތާލިބާނީ މުއްލާއުން ދެކެ ލޯބި ވާނޒި މޮޔައިން

    • މޯ ޑު

      ހެހެހެ. އަހުލުއްސުންނަތަކީ ކޮބައިމަކެއް ތާލިބާނުންނަކީ ކޮބައިކަމެއް، ކާޅެއް ކޮވެއްޔެއް ވަކިކުރާކަށް ނޭނގޭ ޙަލު އަނގަ ނުހުޅުވުން ބުއްދިވެރި.

  3. ޙޭޙޭޙޭ

    އެކަކު އެކައްޗެކޭވެސް ކިޔާނެކަމެއްނެތް