ރާއްޖޭގައި ބާއްވާ ހެލްތް އެގްޒަބިޝަން "ހެލްތް އެންޑް ވެލްނެސް" އެކްސްޕޯ އަންނަ އޭޕްރީލް މަހު ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިއީ މައު ހޯލްޑިންގ، އެމްވީ މެޑިކަލްސް އަދި ސޯލްޓް ވޯޓާއާ ގުޅިގެން ކުރިޔަށް ގެންދާ އެގްޒިބިޝަނެކެވެ.

ހެލްތް އެންޑް ވެލްނެސް އެކްސްޕޯގެ އަމާޒަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި މިދާއިރާއިން ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީއާއި ޚިދުމަތްތައް ދޭނެ ގޮތްތަކަށް ވިޔަފާރިތައް އަހުލުވެރިކުރުވުމާއި އެފަދަ ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމެވެ.

ހެލްތް އެންޑް ވެލްނެސް އެކްސްޕޯ ވެގެންދާނީ، މިއެކްސްޕޯގައ ބައިވެރިވާ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް، އެފަރާތްތަކުން ދޭ ސިއްހީ ޚިދުމަތްތަކާއި ވިއްކާ ޕްރޮޑަކްޓްސްތަކުގެ މައުލޫމާތު ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ފޯރުކޮށްދިނުމަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ހެލްތް އެންޑް ވެލްނެސް އެކްސްޕޯ އިފްތިތާހް ކުރުން-- ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

ހެލްތް އެންޑް ވެލްނެސް އެކްސްޕޯ 2024 އޮންނާނީ އަންނަ އޭޕްރީލް މަހުގެ 18 ،19 އަދ 20 މި ތިން ދުވަހު، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިއެގްޒިބިޝަނަށް ހުރިހާ ފަރާތްތަކަށްވެސް މުޅިން ހިލޭ ވަދެވޭނެއެވެ. މިއެގްޒިބިޝަނަށްދާ ފަރާތްތަކަށް ސިއްހީ ދާއިރާއާ ގުޅޭ ވަރަށްގިނަ މައުލޫމާތު ލިބިގެންދާނެއެވެ.

ހެލްތު އެންޑް ވެލްނެސް އެކްސްޕޯ ގެ މަގްސަދުތައް:

  • ސިއްހީ ދާއިރާއިން ލިބެންހުރި ހިދުމަތްތަކަށް މުޖުތަމައު ހޭލުންތެރިކުރުވުން
  • ސިއްހީ ރަނގަޅު އާދަތަކާއި އުސޫލުތައް މުޖުތަމައަށް އަންގައިދޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދިނުން
  • ރާއްޖެ އާއި މި ސަރަހައްދުގައި ހިމެނޭ ގައުމުތަކުން ލިބެންހުރި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ހޯދޭނެ ގޮތްތަކަށް މުޖުތަމައު އަހުލުވެރިކުރުވުން.
  • ސިއްހީ ދާއިރާގައި މަސައްކަތްކުރާ ވިޔަފާރިތަކަށް އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ހުރި ފުރުސަތުތައް ފަސޭހަކަމާއެކު ދެނެގަތުމަށް އެހީތެރިވެދިނުން
ހެލްތް އެންޑް ވެލްނެސް އެކްސްޕޯ އިފްތިތާހް ކުރުން-- ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް

މި އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއްވާގޮތުގައި ސިއްހީ ދާއިރާއާ ގުޅުންހުރި ކޮންމެ ހިދުމަތެއް ދޭ ފަރާތަކަށްވެސް މި އެކްސްޕޯގައި ބައިވެރިވެވޭނެއެވެ. ހާއްސަ ގޮތެއްގައި ތިރީގައިވާ ފަރާތްތައް ފާހަގަކޮށްލެވެއެވެ.

  • ހޮސްޕިޓަލްސް/ކްލިނިކްސް
  • މެޑިކަލް ލެބްސް
  • ފާމަސޫޓިކަލްސް/ ފާމަސީ
  • ބިއުޓީކެއަރ / އޮޕްޓިކަލްސް
  • ފޫޑް އެންޑް ނިޔުޓްރިޝަން
  • ހެލްތް އިންޝުއަރެންސް
  • މެޑިކަލް އިންފޮމޭޝަން ޓެކްނޮލޮޖީ
  • ޓްރޭޑިޝަނަލް މެޑިސިން އަދ ސްޕާ
  • މެޑިކަލް ޓުއަރ ސަމް ފެސިލިޓޭޓަރސް
  • ފިޓްނަސް ސެންޓަރސް
  • އެއާރލައިންސް
  • މެޑިކަލް ރިސާޗާރސް
  • އައިޓީ ސޮލުޝަންސް އެންޑް އިންފްރާސްޓރަކްޗަރ ކުންފުނިތައް
  • ދިވެހ ބޭސް ފަރުވާދޭ ތަންތަން
  • ކުލަބް ޖަމިއްޔާތައް

"ހެލްތު އެންޑް ވެލްނެސް އެކްސްޕޯ 2024" ގައި ބައިވެރިވާން ބޭނުންވާ ފަރާތްކުން [email protected] އަށް އީމެއިލުކުރެއްވުމުން ރަޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދަންވީ ގޮތުގެ އިރުޝާދުދޭނެ ކަމަށް މައު ހޯލްޑިން އިން ބުނެއެވެ. އެކްސްޕޯއާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 9743142 އަށެވެ.