އިންޑިއާ އިން ރާއްޖެ އަށް އަބަދުވެސް ފިޔާ އެތެރެ ކުރަނީ ވަކި ދެ ސަރުކާރުގެ ދެމެދުގައި ވެފައި އޮތް ހާއްސަ އެއްބަސްވުމެއްގެ ދަށުން ކަމަށާއި އެ އެއްބަސްވުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ބުނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ޖުލައި 2021 ގައި ހެދި އެއްބަސްވުމެއްގެ ދަށުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ބާވަތްތައް ފަސޭހަ ކަމާ އެކު، އެތެރެ ކުރުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ތިން އަހަރު ކަމަށާއި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގައި ކަމަށް ވެސް ހައި ކޮމިޝަނުން ބުންޏެވެ.

އެއްބަސްވުމުގެ ދަށުން ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގުގެ އިތުރުން ހިލަ އާއި ހިލަވެލި ރާއްޖެ އަށް ފޯރުކޮށްދޭނެއެވެ.

ހައި ކޮމިޝަނުން ބުނީ އެއްބަސްވުން ހަމަވާން ކައިރިވީމަ، އެއްބަސްވުން އާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރަން ނިންމި ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ނެތުމުން ބައެއް އާންމުން ވަނީ ކަންބޮޑުވެފައެވެ. އެކަމަކު، އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވަނީ އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ.

"ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް. މި ގުޅުމުގެ ސަބަބުން ދެ ގައުމަށް ވެސް ކަންކަން ފަހިވެފައި ވަނީ،" ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވިއެވެ.

އިންޑިއާ އިން ރާއްޖެއަށް ފިޔާ އެތެރެ ކުރުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް އެސްޓީއޯ އިން ވެސް މިއަދު ވަނީ ބުނެފައެވެ.

އިންޑިއާ އިން ފިޔާ ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް: އެސްޓީއޯ

"ކުރިއަށް މިއޮތް ރޯދަ މަހަށްވެސް ފިޔާ އެތެރެކުރުމަށް އިންޑިއާއިން އަޅުގަނޑުމެންނަށް ވަނީ ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ދީފަ. އެސްޓީއޯއަށް އިންޑިއާއިން ފިޔާ ލިބުމަށް އަދި އެއްވެސް ދަތިކަމެއް ނެތް." އެސްޓީއޯގެ އޮފިޝަލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިޔާ

    ބަލަ ފިޔާ ނުދިނީމާ އެނުކައި ތިބޭނީ އިންޑިޔާގެ މިގައުމުގައި ތިބި ރައްޔަތުންނޭ. ސިޔާސީ ބަޔަކު ޖަހާހާ ސަކަރާތެއްގައި އިންޑިޔާގެ ވިޔަފާރިވެރިންް ނުނަށާނެ. ވަރަށް ސާފު

  2. މަތަރަސް

    ބަލަ ރިދޫ ބައިގަޑު ދަޑި މިއުލެނީ ދިވެހިރައްޔަތުން ބަދައްޖައްސަންތަ؟؟ އިންޑިޔާ އަކީދިވެހިންގެ ޒަރުރީކަންދަންނަބައެއް ވަކިސަރުކާރުބަދަލްވީމާ ރައްޔަތުންނައްދެމުންދާ އެއްވެސް އެއްޗަކައް ބުރުނާރަނެކަންއެއިންވެސްކަސަވަރުވެއްޖެދޯ ؟؟މިނުލަފައިބައިގަޑު ވެރިކަމުގެ ދަހިވެތިކަމުގާގައުމު ނެތިކޮއްލުމުގެ ވިސްނުންމިހިރީ ރައްޔަތުންމި ފަހަރު މަޖުލީހުގާވިސްނާފައިވޯޓްދޭނި މިބައިގަޑު ކާޅުގޮތައްއެއުލެނީ؟؟

  3. ހނހ

    ރަނގަޅު ނިންމުމެއް ދޮގު ހަބަރު ފެތުރުމުގަ އަބަދުވެސް އުޅޭނީ އެމްޑީޕީން

    12
  4. އަބްދޫ

    މައުމޫނުގެ އިރުގަ ތިޔަ އެއްބަސްވުން ދިވެހިސަރުކާރާއި އިންޑިޔާސަރުކާރާއެކު ހަދާފަ އޮވޭ މިހެން މިއެގްރީމެންޓް ގެދަށުން ރާއްޖެއަށް ހަނޑޫހަކުރު ފުށް ފިޔާ އަދި މިނޫންވެސް ބައެއްތަކެތި ވަރަށް އަގުހެޔޮކޮށް އިންޑިޔާ އިން ރާއްޖެއަށް ވިއްކަންޖެހޭ، މިހެން އޮއްވާ ކެނެރީގެ ނަސީދު ވެރިކަމަށް އައިސް މި އެއްބަސްވުން އުވާލާފަ އެސްޓީއޯން އެތެރެކުރާ ހުރިހާ ބާވަތްތައް އާނަމުންަށް ދޫކޮށްލީ އެހެންވެ ފިޔާގެ އަގުވެސް މައޗަށްދިޔައީ. މިހާރު އެގްރީމެންޓެއް އަލުންހެދުނީތާ. ގައުމުގަ މިގޮތަށް ރަނގަޅަށް ހުރި އެތައްކަމެއް ކެނެރީގަ ނަސިދު ވަނީ ހަލާކުކޮށްލާފަ.