ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ރަން ފަށަކާއި ފޯނެއްގެ އިތުރުން ފައިސާތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެކިއެކި މައްސަލަތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

މާފަންނު ޕޮލިސް ސްޓޭޝަން

މާރިޗު 16 ވަނަ ދުވަހު އިއްޒުއްދީން މަގުން ހޮވައިގެން ގެނެސްފައިވާ ސިމެންތި ބަސްތާތަކެއް. އިންސިޑެންޓް ނަންބަރު 591319

މާރިޗު 31 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދަގަނޑުތަކެއް. އިންސިޑެންޓް ނަންބަރު 592863

އެޕްރީލް 4 ވަނަ ދުވަހު މ. ސަމަންދަރުގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ މައިލޯ ދަޅު ކޭހެއް. އިންސިޑެންޓް ނަންބަރު 594068

ގަލޮޅު ޕޮލިސް ސްޓޭޝަން

އެޕްރީލް 2 ވަނަ ދުވަހު އެކުވެނި ޓްރެކް ކައިރިން ހޮވައިގެން ގެނެސްފައިވާ ވޮލެޓެއް. (ވޮލެޓުގައި: 3000 ރުފިޔާ އާއި ބީއެމްއެލް ކާޑެއް) އިންސިޑެންޓް ނަންބަރު 593273

އެޕްރީލް 17 ވަނަ ދުވަހު ޗާންދަނީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެެލެވޭ، ކާރު ބެޓެރިއެއް. އިންސިޑެންޓް ނަންބަރު 594831

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

ހެންވޭރު ޕޮލިސް ސްޓޭޝަން

މާރިޗު 30 ވަނަ ދުވަހު ސައުދީ އެމްބަސީ ކައިރިން ހޮވައިގެން ގެނެސްފައިވާ ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 592935

އެޕްރީލް 7 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ އެޕަލް ވޮޗް ސީރީސް 2 (42އެމްއެމް) ގަޑިއެއް. އިންސިޑެންޓް ނަންބަރު 593769

އެޕްރީލް 9 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ބީއެމްއެލް ކައިރިން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރު 594014

އެޕްރީލް 15 ވަނަ ދުވަހު 1 ނަންބަރު ފާލަން ކައިރިން ހޮވައިގެން ގެނެސްފައިވާ ވަޔަލެއް ސްޕީކަރެއް. އިންސިޑެންޓް ނަންބަރު 594655

ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން

މާރިޗު 14 ވަނަ ދުވަހު އެޗް5 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަރަންޓު ނަރުތަކެއް. އިންސިޑެންޓް ނަންބަރު 591053

މާރިޗު 21 ވަނަ ދުވަހު ޓެކްސީއަކުން ހޮވައިގެން ގެނެސްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރު 591857

މާރިޗު 22 ވަނަ ދުވަހު އެޗް12 ކައިރިން ހޮވައިގެން ގެނެސްފައިވާ ކަޅުކުލައިގެ އައިފޯނެއް. އިންސިޑެންޓް ނަންބަރު 592047

އެޕްރީލް 3 ވަނަ ދުވަހު އެޗް3 ކައިރިން ހޮވައިގެން ގެނެސްފައިވާ 2500 ރުފިޔާ. އިންސިޑެންޓް ނަންބަރު 593312

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.