ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް ވިލިމާލޭ ދާއިރާގެ ޕީޕީއެމް މެންބަރު އަދި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ގާތްގަނޑަކަށް 50 އިންސައްތަ ވޯޓް ފޮށީގެ ނަތީޖާ ކަށަވަރު ވިއިރު ދިހަ ވަރަކަށް ހާސް ވޯޓުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) ކުރި ހޯއްދަވާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ނިހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ "މޮޅުވިޔަސް ދެރަވިސް ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ." ކަމަށެވެ.
Molhuviyas Dhera Viyas, Dhivehi Raiyyithunge Nimmun Balaiganevey varuge Hivvaru PPM ga Hunnaane.
— Ahmed Nihan (@ahmed_nihan) September 23, 2018
ރައްޔިތުންގެ ނިންމުން ބަލައިގަނެވޭ ވަރުގެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް ނިހާން ވިދާޅުވިއިރު މީގެ ދެގަޑިއިރު ކުރިން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަލްހަމްދުލިﷲ އެވެ.
ނިހާން ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ރައީސް ޔާމީންގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން އިދިކޮޅު ފަރާތްތަކަށް ވަރަށް ވަރުގަދަ އަށް ރައްދު ދެއްވާފައެވެ.
ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ މިހާތަނަށް ނަތީޖާ ސާފުނުވާ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.
ފޮނި ކެނޑުމުގާ ހުރީ ގެއްލުމާ ހަލަަކު
ގެއްލުމާ ހަލާކު ހުރި އެއަށްވުރެ ބޮޑެތި ކަންތައްވެސް އެބަހުރި. އެކަންކަމުގެ ވާހަކަ ނުދެންނެވީ ކީއްވެތޯ؟
ހުރިހާ ކަމެއް މިތާ ލިޔަންވެއްޖެޔާ ސަލާމަތެއްނެތެއްނު
ޝިޓް! އެބައުޅޭ ޔާޤީން މައްސަލަ. ނޯވޭ ދެޓް އިބޫ ގެޓް ތެޓް މަޗް...
ހަޖަމް ކޮއްލާ ދެން
ދެން ނިހާނު ހުންނާނީ ކޯލިޝަން ފަޅީގަ އެހެންވީމާ ނިހާން އަށް ބަލައި ގަނެވޭނެތާ.
ކޮޅު ބަދަލުވަނީ.. ގޮނޑި ގެއްލޭނެ... ނަގޫ ފިތިފަ އަމިއްލައަށް ފާސްކުރި ޤާނުނު ތަކުން
ނިހާނު މޮޅުވާހަކަ ނުދައްކާ ކަލޭމެން ދުވަހަކު ސުކޫލައް ނުދާމީހުން މިލިޔަނަރުންނަށް ވީއިރު ކާޑުކޮޅު އަގުބޮޑުކޮށް ރައްޔިތުން ހޭއަރުވާލައިފި މިދުވަސް މަތިން ހަނދާނެއްނެއް ބުނާތީ އިވޭބައެއްމީހުން ގޯނިގޯނީގަ އުފުލިވާހަކަ...ސުކުރިއްޔާ ލޮބުވެތި ދިވެހިރައްޔިތުން ހާދަތަކުލީފުގަ އުޅޭމީހުން ދިމަދިމާލުގަ އެބައުޅެޔޭ އިންތިހާބަށްވެސް ރައްޔިތުންނާ ހަމަޔަޢްނުދެވުނު ދެންކޮންވާހަކައެއް
ނިހާން ބަލި ގަބޫލް ކުރަންވީތާ ކޮން ދުވަހެއް!
ދެންވެސް އަވަހަށް މަރުހަބާ ކިޔާ އިބޫ އަށް
ކަލޯގަޔާ ކިހިނެއްބާ މިވަނީ،
ދެން ލަލަލާ. ކުރި ވައްކަންތައް ބަލާނެ. އަދަބު ލިބޭނެ.
މޮޅުވިޔަސް ދެރަވިސް ދިވެހި ރައްޔިތުންގެ ނިންމުން ބަލައިގަން ޖެހޭނީ ކޮންމެބަޔަކުވެސް. ޢެއީ ރައްޔިތުންގެ ނިންމުން .ނިހާނުއަށް ކުރެވޭނެ ކަމެއްނޯންނާނެ. މިއަދު ފަހުބަސް ބުނަން ނިކުމެތިބީ އިއްޔެ ނިހާނުމެން ހިތުހިރިހާގޮތެއް ހަދާލި ނިކަމެތިން.
މި ނަތީޖާއިން އެނގެނީ ރައްޔިތުން ބޭނުންވަނީ، ތަރައްގީއާ ފުދުންތެރިކަން ނޫންކަން.
ނިހާނޫ ހާދަލޯރަތޭ ވަރަށްރޮއިފަދެއްދޯ ތިޔަ ޓްވީޓް ކުރެއްވީ!
ހައްހައް!ތިހެން ހުރޭ ބީތާ،
އިބޫ ކޭކު ފަޅާފަ ދިނީމަ ކާން ތައްޔާރުވޭ،
އިދިކޮޅުގެ 3 ލީޑަރުންނާއި ދެކޮޅަށް ގިނިކަންޏާ ނުކުމެ ވަޑައިގެން ރައިސްޔާމީން ހޯއްދެވި ކާމިޔާބަށް ހަމަ ޝުކުރިއްޔާ
އަސްލުވެސް. ކާ މި ޔާ ބު އަސްލުވީ ޔާމީން އަށް
ދެން ލަލަލާ????
ނިހާނު ޕާޓީ ބަދަލުކޮއްލަންވީނުދެން.
ވަރައްސަޅި ވޯޓްގެ ކަންތައްތައް
ޝުކުރިއްޔާ ރައީސް ޔާމިންް
ރައީސް ޔާމިން ބަޔަކާ ކޯލިޝަން ނުހަދާ ތި ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވަން. ތި ހޮވޭ ރީނދޫ ކުދިން ދެން ކުޅޭ ކުޅިގަނޑު ބަލަން އިރާދަކުރެއްވިއްޔާ އަހަރެމެން ތިބޭ ނަން.
ގަޔައް ބޮލައްނާރާ ތި ދައްކަވާ ރީތިނަމޫނާ އަށް ދިވެހިން ނައް އައްސަރި ބަހާ ސާބަސް
ކުރިންވެސް އިހުލާސްތެރިވިނަމަ ވޯޓުން މޮޅުވީސް، ރަނގަޅު.... ތަރައްގީއަށް ބަލާކަމަށްވަންޏާ ޔާމީން ވަރުގެ މީހެއްނެތް. އެކަމު އަދުލް އިންސާފު 0.
ކެކެކެކެކެކެކެކެކެކެކެކެކެކެކެކެކެކެ
ސައިޒު ފެނިއްޖެ ދޯ ވަރަށް ސާފުކޮށް
ސައިޒުން ކިޔަންޏާ އެކަކު އެކަނި ހޯދިވަރު ސައިޒުން ބޮޑީ.ޤައުމަށް މަނިކުފާނު ކޮށްދެއްވި އިޚްލާސްތެރި މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ވެރިވަން. މިބައިގަނޑު އަރާ ޤައުމު ސުންނާފަތިކޮށް ދިއުމުން މަނިކުފާނު އަބަދުވެސް ޤައުމު ކޮޅަށް ނަގަން ހުންނަވާނެ ކަމަށް އުންމީދު ކުރަން. އެވަރުން ތަރައްޤީކުރި އެއަރޕޯރޓާ އިސްލާމިކް ޔުނިވަރސިޓީ ފަދަ މުހިއްމު ތަންތަން އެއްލަކިން ދާ މަންޒަރު ފެންނަ ކަހަލަ.މަނިކުފާނަށް އަބަދުވެސް ބާއްޖަވެރިކަމާ ހެޔޮ ރަޙްމަތް މިންވަރު ކުރައްވާށި. ޢާމީން
ބައްލަވާ ޕީޕީއެމޭ ކިއައިގެން ވާހަކަދެްކުމުގެ އެއްވެސް ޙައްޤެއް ދެން ނިހާނުއަދުރޭ އަދި ޒަމީރު މެންނަކަށް ނޯންނާނެ، ތީ ޕީއޭ ކުދިންކޮޅެއް، ޕީޕީއެމުން ތިއަ ހަޔާތްކުޑަ މީހުންތައް ވަރަށް އަވަހަށް ވަކިކުރެވޭނެ އިންޝަﷲ
ކޯލިޝަން ވިއްސިވިހާލިވާކަށް މާގިނަ ދުވަހެއް ނުނަގާނެ
ފާއިތުވު 5 އަހަރުގެ ބިތުފަންގެ ނަގާނެ ދުވަސް ބޯމަތިވެއްޖެ.. ކޮންމެ ރައްޔިތަކަށްވެސް ޤާނޫނު އަރާ ހަމަކުރާނެ.. ފިލަން ވަންނާނީ ކޮންތަނަކަށްބާ..
ކޮންމެ ދިވެހި ދަރިޔެގެޒިންމާއެއް ހަައްޤު ބަސްބުނުމަކީ
ރ ޔާމީނާއި އެމަނިކުފާނުގެ ޓީމް ކުރެއްވި
މަސައްކަތަށް ހަމަ އައްސަރިބަހާއި ސާބަސް
ދަންންވަމެވެ ރ ޔާމީން ވާދަކުރެއްވީ ދުނިޔޭގެ
އާރާއި ބާރުހުރި މުއްސަދި ގައުމުތަކާއި ރާއްޖޭގެ
ސިޔާސީ ޕާޓީތަކާއި މަހުޖަނުންނާއެވެ އެހެން ވީމާ އެމަނިކުފާނު އެހޯއްދެވީ ވަރަށްވެސް ބޮޑު
ކާމިޔާބީ އެކެވެ.
ޢިއްތިހާދުން އެމަނިކްފާނު ނުހޮވުނަސް ހަގީގީ ކާމިޔާބުލިބިލެއްވީ ރައީސް ޔާމީނުއައް އިއްތިހާދުގެ ވޯޓު ބަހާލުމުން ބަޔަކައް ( 14) ޕަސަންޓް އެމަނިކްފާނައް(40) ޕަސަންޓް ހަގީގީ ކާމިޔާބް ހައްގުވަނީ ރައީސްޔާމީން އައް
ތިވަރުގެގަޓްހުރި ބޭފުޅެތް ބޮލާލާ ޖެހުނީމަ އަދި ދެރަވާނެ އިންޝާﷲ އަދި ދެރަވާނެ ތީލީޑަރެއް
މިޤައުމު ދެންވެސް ކުރިއައް ގެންދެވޭނީ ރައީސްޔާމީން އައް ޖަވާހިރު ފާހަގަ ކުރަން ނޭންގޭ ބަޔަކަށް އަތައް އެރިޔަސް ނޭންގޭނެ
މީހިތާމަ ހުރިކަމެތް
ތިމޭރުމުން ވާހަކަދައްކާނަމަ 2013 ގައި ޔާމީނަށް ލިބޭނީ ކަމަށްބުނާނީ ކިހާވަރެއްބާ؟ %13؟ އަމިއްލަ ނަފްސަށްދޯ ތިއޮޅުވާލަނީ؟
ރައީސް ޔާމީން 3 މީހުންނާ ދެކޮޅަށް ތިކުރެއްވި ހިތްވަރަށް ސާބަސް ދަންނަވަމެވެ.އަހަރެން މިތިބީ ރައީސް ޔާމީން ޕާޓީއާއެކު ދެން އަންނަ އިންތިހާބު އިރާދަކުރެއްވިއްޔަަ ޕީޕީއެމް އިން ކާމިޔާބު ކުރެވޭނެ އިންޝާ ﷲ
ރައީސް ޔާމީން އަކީ ތެދުވެރި ވަފާތެރި ގާނޫނުތަކަށް ފުރިހަމައަށް ކިޔަމަންވާ ވެރިޔެއްކަން މިއަދުގެ މި އިންތިހާބުންވެސް ފެނިގެން ގޮއްސި. މިފަދަ ރައީސް އެއް ދެން މި ދިވެހިރާްޖެއަށް ލިބޭނެތަ
އަދުރޭއަށް ބުނެލަންއޮތީ 4އާއި 50ގުނަކުރީމަ ނިކުންނަނީ 2ލައްކަ ހޭ ؟ ނޫނީ 200ހޭ ؟ ކަލޭތީ މިޒމާނުގެ ޔޫކޭޖީ ކުއްޖަކަށްވުރެވެސް ހާލަތު ދައްމީހެއް ! މިހާރު ރާކަނިމަސް ކެވިއްޖެނު ؟
ކަލޭމެން ރައްޔިތުންނަށް ޖެއްސި ހާލަތު ހަދާން އެބަހުރިތަ ؟ ހަދާން ނެތީވިއްޔާ ފޮށިތަންމަތިބަދެގެން ފިލަން ދުވޭ ! ޔާމީނު ކަލޭމެން ސަލާމަތް ކުރާކަށް ނާންނާނެ ! އަނެއްކާ އެހެންނޫނީ ސްޕްރީމް ކޯޓުން ވޯޓުބާތިލު ކުރުމުގެ ހުކުމެއް ނެރޭނީ އުތަ ؟
މީ މަމެން ބުނާ ވާހަކަ މިމީހުން ބަރުގައި ތިބި އިރު ފުރަތަމަ ފްލެޓްސް ތަކަށް އެދުނު މިހުންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލުކުރި ނަމަ މިއަދު މަމެން މޮޅުވިސްކަން ކަށަވަރުވެ ޔަގީނޭ މަމެން ބުނަން ނެތީމުދޯ. ނިހާން މެން ގެ ސަބަބުން ޕީޕީއެމް ބަލިވީ. ގަވާއިދާއި ޚިލާފަށް ޕާރކް ކުރާ ސައިކަލްސް ތަކުގެ ޖޫރީމަނާ މާފުކޮށް އަދި ޒުވަނުން ޒުވަނުން ކިމާ އެމެން ބޮލަށް ގުއިރުނިދޯ. ވިޔަފާރިވެރިން ނަށް ތިލަފުށިން ބިންދޭން ނިންމި ނަމަ ތިހެން ނުވީސް ކަން ކަށަވަރުވެ ޔަގީނޭ.
މީ ޔާމީނުގެ އެންމެ ބޮޑު ޙަލާކަކީ، ދެވަނައީ އަދުރޭ. ޔާމީނުގެ ބޮލެއްނެތިމަ ދެން ކީއްކުރާނީ؟ ބަލި ޤަބޫލު ނުކޮށް ހަދާނެ އެހެން ގޮތެއް ނެތީމަ؟ ދެންކުރާނެ ކަމެއް އެބަ އޮތްތަ؟ ރައްޔިތުން އެއޮތީ ނިންމާފަ ކަލޭމެނަށް ނޫނެކޭ ބުނެފަ! ދެންވެސް ބައިސާ ނުކަނޑާ ދެންކެއޮ ނިހާނު.
ނިހާނު ބުނި މުޅި ދިވެހި ރާއްެޖެއިން ޔާމީނަށް އާއެކޭ ބުނެފިއޭ؟ މަޖުބޫރުން ދައްކާ ކުލައެއްގަ އަސަރު ނުހުންނާނެކަން އޭރުވެސް އެގޭ ނުން؟ ނޯ ޗޮއިސް ބާއި ދޮންކެއު
އިބޫއަށް ދިވެހިރައްޔިތުންގެ ގިނަބަޔަކު ތާއީދުކޮށް ކުރިޔަށްއޮތް ފަސްއަހަރަށް ރާއްޖޭގެ ރައީސްކަމަށް ހޮވައިފިއެވެ. އުންމީދުކުރަނީ އެއްވެސްކަމެއް ނިމިދިޔަ ފަސްއަހަރަށްވުރެ ދަތިނުވާނެކަމަށެވެ. ރާއްޖޭގެ ހަރުމުދާ ބޭރުމީހުންނަށް ނުވިއްކާނެކަމަށް އުންމީދުކުރަން. ކޯލިޝަނަށް މަރުހަބާ.
މި ނިހާނު މީ އެންމެ ގިނަދުވަހު ޖަލުގަ އިންނަން ޖެހޭނެ އެކަކު ޢިންޝާﷲ، ރައީސް ޔާމީނުގެ ވެރިކަމުގައި ހިންގި ހުރިހާ ޖަރީމާއެއްގެ އެއް މޭސްތިރި އަދި ޔާމީނަށް ޖަރީމާ ހިންގަން ހިއްވަރުދީ ރައްޔިތުން ބިރުގަންނަވާ، ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތައް ހެދުމުގައިވެސް އެންމެ އިސް ދައުރެއް އަދާކުރި މީހަކީވެސް މިނިހާނު، އިބޫ ފުރަތަމަ ދުވަހު ކުރައްވާ ކަންތަކުގެ ތެރޭގަ މި ނިހާނުގެ މައްސަލަތައް ބަލާ ހުންނަންވާ ހިސާބަށް ފޮނުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ދަންނަވަން
އަދި އެއްނިންމުން އެބައޮތް. މީހުންގެ މޫނަށް ސްޕުރޭ ކުރާމީހުން މަޖުލިހައް ނުހޮވުން.
ރައްޔިތުންގެ ނިންމުން ބަލައިގަނެވޭނެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް ނިހާން މެން ބުނަން ލަދުގަންނަން ޖެހޭނެއެވެ. ސަބަބަކީ މަމެން ޕިންކީން ވެރިކަމުގައި ތިބިއިރު ވިލިމާލޭގައި ކުއްޔަށް އުޅޭ ހުރިހާ މީހުންނަށް މާލެ ސަރަހައްދުން ފްލެޓްސް ތައް ނުދޭންވެގެން ހައުސިންގް މިނިސްޓަރު ތަފާތު ހުއްޖަ ތައް ދެއްކުމުން ވެސް މަމެން ބުނީމެއް ނޫންތޭ ފުރަތަމަ ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރާށޭ ލޯކަލް ކައުންސިލް އިންތިޚާބުގައި އެކަން ނުކުރުމުން ލޯކަލް ކައުންސިލް އިންތިޚާބުން ފެއިލް ވުމުން ދެން ވެސް އެކަން އަވަހަށް ކޮށް ރިޔާސީ އިންތިޚާބަށް ތައްޔާރުވިނަމަ މާލެ ަސަރަހައްދުގެ ވޯޓްސް ތަކުގެ މެޖޯރިޓީ ލިބޭނެއެވެ. މާލެ ސަރަހައްދުގެ މެޖޯރިޓީ އާއި ރާ އަތޮޅުގެ މެޖޯރިޓީ އާއި ކާފު އަތޮޅުގެ މެޖޯރިޓީ އަދި ދާލު އަތޮޅު އަދި މީމު އަތޮޅު އަދި ފާފު އަތޮޅު އަދި ށ. އަތޮޅު އަދި ނ. އަތޮޅު އަދި ބ. އަތޮޅުގެ މެޖޯރިޓީ ނަގަން ސަރުކާރުން ރޭވިނަމަ އެއީ އެމްޑީޕީ އެހާ ގަދަ ދާއިރާ ތަކެަށް ނުވާތީވެ އެހެން ނަމަ ޕީޕީއެމް މިފަހަރު ރިޔާސީ އިންތިޚާބުގައި މޮޅުވީސް އެވެ. ނިހާން މެން ބުނެގެން ދޯ މާފުކުރީ ސައިކަލް ތަކުގެ ޖޫރީމަނާ އެއިން ކެއްކުނު އެއްވެސް ޑޮންޑޮނެއް ނެތް ދޯ ތިޔާ ޒުވާނުން ނަކީ އެއްވެސް ގެރެންޓީ އެއް ހުރި ބަޔެއް ނޫނޭ ތަކުރާރު ކޮށް ބުނަމުން މަމެން މިދަނީ އެހެންވެ މަމެން ބުނީ ދެބައި އުމުރުގެ މީހުންނާއި އަދި މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް އަމާޒު ކޮށް ކަންކަން ކުރަން އެހެން ނަމަ މިއަދު މޮޅުވާނެ ރިޔާސީ އިންތިޚާބުން. ނިހާން މެންނަށް ވެރިކަމުގައި ތިބި އިރު ސޯޝަލް މީޑިއާ އެކަނި ބަލަން އެގުނީ ނޫސް ތަކާއި ނޫސް ތަކުގެ ކޮމެންޓްސް ތައް ރީޑް ކުރާނެ ވަގުތު ނުވުން އެއީ މިއަދު ޕީޕީއެމް ފެއިލް ވުމުގެ އަސްލަކީ. މަމެން ނިހާން ގެ މަގާމް ގައި ތިބި ނަމަ ކުޅަދާނަ އެއް ނޫން ޕީޕީއެމް މިފަހަރު ރިޔާސީ އިންތިޚާބުން ފެއިލް ވާން ކުޅަދާނަ އެއް ނޫނެވެ.
ގަދަފަދަކަމާއި، އާރާބާރު އަދި ބިރުވެރިކަން ދައްކާގެން ވީ މޮޅެއް ނަތް. ނިހާން އަދުރޭގެ ސަބަބުން ޔާމީންގެ އޮޑި އެވަނީ ފެތިފައި. ނުހައްގު އަދަބުތަކެއް އެތަކެއް ރައްޔަތުންނަކަށް ދިނުމަށް ފަހު ޤައުމުގެ ހަޒާނާތަށް ފޮށިފޮއްޓަށް އަޅާ ފޮރުވުމަށް ފަހު ފޮށި ފޮއްޓަށް ނޭޅިވާ ފައިސާއިން ފްލެޓްތަކާއި، ބިންތަށް ގަތުމަށް ފަހު ދެން ފިލާން ނޫޅޭތި.
ޤައުމު ދަވާލާފައި ދެން ތިޔަހެން ނޫޅެވޭނެ.
ޝުކުރިއްޔާ ރައްޔިތުން
ހާސްނުވޭ ޕީޕީއެމްގެ ލީޑަރޝިޕްގެ ބޭފުޅުންނޭވެ.
މާލަހެއްނުވެ ދިވެހި ރައްޔިތުންނަށް ވިސްނޭނެ އެމީހުންނަށް ކުރެވުނު ކަންތައް. ލަހެއްނުވެ ގޮވަން ފަށާނެ، މަގޭ ދީން ސަލާމަތް ކޮށްދޭށޭ، މަގޭ ޤައުމު ސަލާމަތް ކޮށްދޭށޭ.
ވޯޓުން އެެގުނީ ރާއްޖޭގެ ރައްޔިތުންގެ ތާއިދު ރައިސް ޔާމިން އަށް ބޮޑުކަން. ޢެކަމަކު ރިސްވަތުގެ ފައިސާ އަށް ހެއްލި ފަހުވަގުތު ވެސް އިދިކޮޅަށް ވޯޓުލީ ބަޔަކު އުޅުނު. ޢިދިކޮޅުން މަޑުން ތިބެގެން ސިއްރުން ބެހީ ފައިސާ. ޢިބޫ އަކީ ރައްޔިތުންގެ ތާއިދު އޮތްމީހެއް ކަމަކަށް ގަބޫލެއް ނުކުރެވެ. ޢަދި އެތާއިދު އައްނި އަކައްވެސް ނެއް. ގިނަ ދިވެހިން ފައިސާ އައް ވޯޓު ވިއްކާލީ.
ރައްޔިތުންގެ ނިންމުން ބަލައިގަނެވޭނެ ހިތްވަރު ޕީޕީއެމްގައި ހުންނާނެ ކަމަށް ނިހާން ބުނާއިރު ރައްޔިތުންގެ އެތައް ބަޔެއްގެ އުއްމީދާއި އަދި ގައުމުގެ މިނިވަން ކަމާއި ގުޅިފައިވާ ކަންކަމުގައި ނިހާން މެން ފަދަ ދުރު ނުވިސްނޭ ޕޮލިޓިކަލް ސައެންސް އަދި ސޯޝަލް ސައެންސް ނުދަންނަ މީހުން ބުނާ ގޮތަށް ޕީޕީއެމް ޑްރައިވް ކުރަން ނުޖެހޭނެއެވެ. ރައްޔިތުންގެ ނިންމުން ކަމަށް މަމެން ގަބޫލުކުރާނީ މިހާރު އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ އަކީ ސައްހަ ނަތީޖާ ކަމަށް ސްޕްރީމް ކޯޓުގެ ހުކުމެއް އައުމުން އެނޫން އެއްވެސް ހާލަތެއް ގައި މަމެން ޕިންކީން އެކަން ގަބޫލު ނުކުރާނަމޭ މަމެން އިއްޔެ މާލޭ ސަރަހައްދުގައި ހުރި ވޯޓް ފޮށި ތަކުގެ ކައިރި އަށް ދިޔައިރު ބޮޗޭ އާއި ހަވާލުވެ ހުރި ވޯޓް ފޮށި ފެންނަ ހިސާބުގައި ވެސް ބޮޗޭ ނެތެވެ. ބޮޗޭ ހުރީ ފްލައި އާއި އެކުވާހަކަ ދައްކަން މަގުމަތީގައި. ދެން ހުރި ފޮށި ތަކުގެ ކައިރީގައި ވެސް ހާލަތު ހުރީ މިހެން ނެވެ. އެކަމަކު އެމްޑީޕީ މީހުން އޮތް ވަރަށް ގިނަ އަދަދަކަށް ނޮން އޮފިޝަލުން ގޮތަށް ވެސް ވޯޓް ފޮށި ތައް ގާތު. ދެން އަނެއް ކޮޅުން ވޯޓް ލާން މާލޭގައި ޓެކްސީ ތައް ސްޕޮންސަރ ކޮށްގެން އެމަސައްކަތެއް ވެސް މިފަހަރު ޕީޕީއެމް އިން ކޮށް ވޯޓް ލާން މީހުން މާލޭން ގެންދިއުމުގެ ކަންކަން ވެސް ނުކުރެއެވެ. ހަވީރު 6 ގެ ފަހުން އެންމެ ގަޑިިއިރަށް ވެފައި ހުއްޓާ މީހުންނަށް ގުޅީ އެއީ އެއް ނޫން އެކަން ކުރަން ޖެހޭނެ ގޮތަކީ.
ބަލިގަބޫލު ކުރާ ތަނެއް ނުފެނޭ.
ރައްޔިތުންގެ ނިންމުން ބަލައިގަނެވޭނެ ހިތްވަރު ޕީޕީއެމްގައި ހުންނާނީ އެއީ ރައްޔިތުންގެ ސައްހަ ނިންމުމެއް ކަމަށް ސްޕްރީމް ކޯޓުން ހުކުމެއް އައުމުންނެވެ. އެމެރިކާ ގައި ވެސް މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލަ އަކީ އެއީ ހިލަރީ ކްލިންޓަން އެހާ އަވަހަށް ވޯޓްގެ ނަތީޖާ ގަބޫލުކުރުމޭ ނުކުރިނަމަ ވޯޓް ގުނި ގޮތް އިންވެސްޓިގޭޓް ކުރާނެ އެގޮތަށް ކުރި ނަމަ އެމެރިކާގައި ދެވަނަ ބުރެއް އޮންނާނެ ކަން ޔަގީން ކަށަވަރޭ ކަން މިހެން ހުރުމުން މަމެން ޕިންކީން މިއެދެނީ މިފަހަރު ވޯޓް މިލީ ގޮތާއި އަދި ފައިސާ ބަހައިގެން ވޯޓް ލާފައިވާ ނަމަ އެކަން ސާބިތުވޭތޯ ބެލުމާއި އަދި ވޯޓް ގައި މަކަރާއި ހީލަތް ހަދާފައިވޭތޯ ބެލުމާއި މިހުރިހާ ކަމެއް އީސީ އާއި ގުޅިގެން ބަލާ ހެދުމަށް ފަހު ދެން ސްޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިގެން ސްޕްރީމް ކޯޓުގެ ހުކުމެއް އެކަމަށް ނެރެގެން އެކަން ކުރުން އަދި ދެވަނަ ބުރުގެ ވޯޓް ލުމެއް އޮންނަން ޖެހޭނެ ކަމަށް މަމެން މިދެކެނީ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ އަކީ ސައްހަ ނަތީޖާ ކަމަށް ބެލެވޭނީ ދެ ފަރާތުން ބައިވެރިވި ކެންޑިޑޭޓުން އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމުންނެވެ. މަމެން ޕިންކީން ނަށް ގަބޫލެއް ނުކުރެވޭ އެއްގޮތަކަށް ވެސް މަމެން ނަށް މާލެ ސަރަހައްދުން އެހާ ގިނަ އަދަދަކަށް ސްޕެޝަލީ ދަފްތަރު ފޮށި ތަކުން އެއަދަދަށް ވޯޓް މަދުވާނެ ކަމަށް ކަން މިހެން ހުރުމުން މިކަން އެބަޖެހޭ އަދި ބަލަން ޕީޕީއެމް އިން އެއަށް ފަހު ގޮތެއް ނިންމޭނީ ސަލީމް މައިތިރިވެ ހުރެބަލަ.. މައިތިރިވޭ އަދި. ރިޔާސީ އިންތިޚާބަކީ އަދި ލަދަށް ކަންކަން ގަބޫލުކުރަން ޖެހޭ އަންހެން ދުޅައިގެ އިންތިޚާބެއް ނޫނޭ އެކަން ޖެހޭނެއޭ ބަލަން ގާނޫނުގައި އޮންނަ ގޮތަށް ސްޕްރީމް ކޯޓު މެދުވެރިކޮށް ސްޕްރީމް ކޯޓުން ހުކުމެއް އަންނަން ޖެހޭނީ މިފަހަރު ރިޔާސީ އިންތިޚާބުގައި ލީ ވޯޓް އަކީ އެއީ ސައްހަ ވޯޓެއް ކަން. އެނިމުނީއޭ.
ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކަމިޝަން އިން ވަގުތީ ނަތީޖާ އިއުލާން ކޮށް އަދި ވާދަ ކުރި ދެ ކެންޑިޑޭޓުން އެނަތީޖާ ގަބޫލުކުރި ކަން އިއުލާން ކުރުމުގެ ކުރިން ނުޖެހޭނެ ނިންމަން އިންތިޚާބުގައި ބަލިވީ ކަމަށް އެއީ ހުޅަނގުގައުމު ތަކުގައި ވޯޓް އިންވައްކަން ކޮށްގެން ވެރިކަމަށް އަންނަ މީހުން ކަންކަން ކުރާ ގޮތޭ އެގޮތަށް މަމެން ކަންކަން ކުރާން ނުޖެހެއެވެ. މަމެން ޕިންކީން ބޭނުންވޭ ކޮންމެ ވޯޓަކީ އެއީ ސައްހަ ވޯޓް ކަރުދާސް ކޮޅުތޯ ފުރަތަމަ ބަލަން. ބަލާތި...
ނިހާނޫ ސައިޒްފެނިއްެޖެދޯ
ވާހަކަ ދައްކައިގެން ގުޅެން ނޫޅޭ...!! މި ގައުމުގަ ވެރިކަމެއް ބަދަލުވާއިރު މިހާތަނަށް ހުރިހާ ވެސް ފައިދާއެއް ނަގަނީ މިމީހުން !! ކޮންމެ ވެރިޔަކު އަޔަސް އެބަ ޖެހޭ މި މީހުން ބޭރު ކުރަން !! ރައްޔިތުންނޭ ހޭލާ !! އާ ޒުވާން ކުދިބަޔަކު މަޖިލިސް އަށް އިންތިހާބު ކުރައްވާ !!
ހުރިނަމަ މިހާރު ބަލިގަބޫލުކުރިކަމަށް ބުނެފީސް. ނުކެެރުނެއްނު؟ ގަޓްހުންނަ މީހުން ތިޔާހެނެއް ނޫޅެނެ
ނިހާނު ކަލޭ މެންނާ ހެދި ޔާނު ދައްވީ...މާ ޔަގީން ވެގެން ފޮނި ހުވަފެން ދައްކައިގެން...ކައޭމެންނާ ހެދި އެކުއްޖާ ނުހޮވުނީ....އިލެކްޝަނުން މަށަށް އޮފިޝަލް ޓްރޭނިންގް ދީ ފަހު ވަގުތު ލަނޑު ދިނީ...ޝަރީފު ކައޭ އެއްބުރުން އައުޓް...ފްރޯޑް މީހުން ބޭނުމެއް ނޫން...ގަދަ ބާރުން ބިރު ދައްކައިގެން އެއްކަމެއްވެސް ނުކުރެވޭނެ...ބިރު ދެއްކިއްޖެ...މިހާރު ހޭނިއްޖެ...ބިރު ކެނޑި ބޮޑުތަނުން ބަލިކޮށްފަ އޮންނާނީ...މުއީޒު ޓްވީޓް ކުރަންފަށާބަލަ...ނުހަނގުން ބޭނުން ބަޔަކަށް ފްލެޓް ދީފަ...އެމް.ޑީ.ޕީ ފޮހެލާން ބުނި މީހުންނަށް އެއް ކަމެއްވެސް ނުކުރެވޭނެ...އަންނި އެއީ އަހަރުންގެ ހީރޯ...އަންނި ބުނި މީހާ އެހެރީ އިރާދަކުރެއްވީތީ ހޮވާފަ...ޕީޕީ ދެން ލަލަލާ
ހެހެ.. ދެން ސުކުރު ގެ ސަޖިދައަކަށް ތިރިވެވަޑައިގަންނަވާ