ކޯލިޝަންގެ ފަރާތުން އިއްޔެ އޮތް ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބުކުރެއްވި ކެންޑިޑޭޓް، އިބްރާހިމް މުަހައްމަދު ސޯލިހު (އިބޫ)ގެ ވެރިކަމުގައި ރާއްޖެގެ އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއްނެތި، އިންސާފުވެރި ވެރިކަމެއް ކުރިއަށް ގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލެއެންސް (އެމްޑީއޭ) އިން ބުނެފިއެވެ.
އެ ޕާޓިން މިގޮތަށް ބުނީ، ރިޔާސީ އިންތިހާބު 2018 ކާމިޔާބު ކުރެއްވި އިބޫ އާއި އެމަނިކުފާނުގެ ރަނިންގްމޭޓް މުހައްމަދު ފައިސަލްއަށް މަރުހަބާ ކިޔައި އެ ޕާޓީން ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި އެމްޑީއޭ އިން ބުނީ، އިބޫގެ ވެރިކަމަކި ރާއްޖޭގެ އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި، އިންސާފާއި، އަދުކުވެރިކަމާއި، ހަމަހަމަކަން ގާއިމްކުރެވޭ ހެޔޮ ވެރިކަމަކަށް ވާނޭކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
އަދި އެ ޕާޓީން އަބަދުވެސް އެދެނީ ރައްޔިތުންނަށް ފާގަތި ކާމިޔާބު މުސްތަގުބަލެއް ކަމަށާއި، ރައްޔިތުންނާއި، ގުޅުންހުރި ހުރިހާ ކަމެއްގައި ރައްޔިތުންގެ ރޫހާ އެއްގޮތަށް އަޑު އުފުލަމުން ދެމި އޮންނާނެކަމަށްވެސް އެ ޕާޓީން ބުންޏެވެ.
އެމްޑީއޭއިން ވަނީ، އިބޫއާ ވެރިކަމާއި ހަވާލުކުުރުމުގެ މަރުހަލާ ވީހާވެސް އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް އަބްދުﷲ ޔާމީން ދެއްވާފައިވާތީ އެކަމަށް މަރުހަބާ ދަންނަވާފައެވެ.
އިއްޔެގެ އިންތިޚާބަށްފަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން، އިދިކޮޅު އިއްތިހާދުން މި ރިޔާސީ ރޭހަށް ނެރުނު ކެންޑިޑޭޓް، އިބްރާހީމް މުޙައްމަދު ސޯލިހު އަށް ވަނީ 134،616 ވޯޓް ލިބިވަޑައިގެންފައި. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،132 ވޯޓު. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ލާފައިވަނީ، ވޯޓު ލުމުގެ ހައްޤު ލިބިގެންވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން.
މި އިންތިޚާބުގައި އިދިކޮޅު އިއްތިހާދަށް ކުރި ލިބުމާއި ގުޅިގެން މިއަދު ރައީސް ޔާމީން ދިވެހި ރައްޔިތުންނާއި މުޚާތަބުކުރައްވައި ވަނީ، އެފަރާތްތަކަށް މަރުޙަބާ ދަންނަވާފައި. އަދި ދިވެހި ރައްޔިތުންގެ ނިންމުން ޤަބޫލުފުޅުކުރައްވާ ކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ހުންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި.
ވެރިިކަމުގެ ދާއިރާގައި މައްސަލައަކަށް ފަހު، މައްސަލައެއް ނުކުމެފައިވަނީ، ޕިޔޯނުންނާއި މަސައްކަތު މީހުން ގޮވައިގެން ވެރިކަން ކުރުމަށް ނުކުމެ، ލަފުޒުން ނެގޭ ލާޒިމު މާނާގައި ޤާނޫނަށް ޢަމަލު ނުކުރުމުންނެވެ. ރައްޔިތުންގެ ރައުޔާއި ތަދުބީރަށް ގޮންޖެހުމުންނެވެ.
އަދިވެސް 'ރިބްރޭންޑް'ކޮށް ނުނިމޭތަ؟ ދެފުއްކެހެރިން.
މިއަދު ކަމެއްގެ މަސްތުގައި އުޅޭއިރު ވަރަށް މޮޅުވާހަކަދައްކާ ވަރަށް ގޮތްތައްދައްކާނެ! ތިޔަ އެދުނު ކަންތައް ނުވާނޭކަމީ ޔަޤީންކަމެއް! ދުވަސްކޮޅެއްގެތެރޭގައި ތީތި ކުނިވާނެ!
ތިޔަކަން ވާނީ ނަސީދުގެ ޕަޕެޓަކަށް ނުވެ ހުރެވިއްޖެ ނަމަ