އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް އައްޔަން ކުރައްވާފައިވާ އަހުމަދު ލަތީފް (ސީވީޑް ލަތީފް) މަސައްކަތް ކުރެއްވުމަށް ސަރުކާރުން ހާއްސަ އޮފީހެއް ހަމަޖައްސައިދީފިއެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ ލަތީފް މަަސައްކަތް ކުރެއްވުމަށް ސްޓެލްކޯ އިމާރާތުގެ ތެރެއިން ސަރުކާރުން އޮފީހެއް ހަމަޖައްސައިދީފައިވާ ކަމަށާއި އެ އޮފީހަށް މުވައްޒަފުން ހަމަޖައްސައިދޭނެ ކަމަށްވެސް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ހިނގަމުން އަންނަނީ ވަރަށް އަމާންކަމާ އެކުގައި ކަމަށާއި ސަރުކާރުގެ މުއައްސަސާތަކުން އެއްބާރުލުން ލިބެމުން އަންނަ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
ސީވީޑް ލަތީފަކީ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުރި ސަފީރެވެ. އޭނާ މިހާރު ހުންނެވީ އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސްގެ މަގާމުގައެވެ.
ސީވީޑް ލަތީފަކީ އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.
ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން އެދިއްޖެ ހިނދެއްގައި އިންތިހާބީ ރައީސަކަށް މަސައްކަތް ކުރާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއިން ބުއިމާއި ދިރިއުޅުމުގެ ހަރަދު ހަމަޖައްސައިދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ.
ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.
ލަހެއް ފަހެއްނުވެ މާރިޔާ ގެ އާއިލާ މީހުންނަށް މިއޮށް ވަޒީފާ އޮހެން ފެއްޓީ.ސާބަހޭ.
ގާނޫނީ ގޮތުން އަދި ތިއިން އެއްވެސް ކަމެއް ނުކުރެވޭނެ ހުވާކުރަންދެން މަޑު ކުރަންޖެހެޔނެ ހައްތާވެސް ބާޣީން އަދި ވެރިމީހާ ގެ މަގާމް ގާނޫނީ ގޮތުން ހުހެއްނުވޭ ލާރި ކެވުނު ވަރު އެބަިނގެއެއް ނުން