ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށް 45 މެންބަރުންގެ ސޮޔާއި އެކު ހުށަހެޅި ގަރާރަކީ ސައްހަ ގަރާރެއް ކަމަށް މައްޗަންގޮޅި އުުތުރު ދާއިރާގެ މެންބަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ރޭ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެ ގަރާރު މަޖިލީހުގެ މޭޒަށް ހުށަހަޅާ އެޖެންޑާ ކުރެވެން ޖެހޭނެ ކަމަށާއި މަސީހު މަގާމުން ދުރުކުރަން ހުށަހެޅި ގަރާރަކީ 45 މެންބަރުން، މެންބަރު ކަމުގައި ތިއްބަވާ ހުށަހެޅުއްވި ގަރާރެއް ކަމަށެވެ.
"މެންބަރުންގެ ގޮނޑި ގެއްލުވާލީ އެ ގަރާރު ހުށަހެޅިފަހުން, އެހެންކަމުން އެ ގަރާރަކީ ސައްހަ ގަރާރެއް، އެ ގަރާރު މަޖިލީހުގެ މޭޒަށް ހުށަހެޅި އެޖެންޑާ ކުރެވެން ޖެހޭނެ އެހެން ނޫންނަމަ އޭގެ ކުރީގައި އެބޭފުޅުން ފާސްކުރި ގާނޫނުތައް ގާނޫނަށް ވެސް ނުވާނެ" މާރިއާ ވިދާޅުވިއެވެ.
މާރިއާ އިތުރަށް ވިދާޅުވީ މަޖިލީހަށް އެ މެންބަރުން ހިމެނޭގޮތަށް ހުށަހެޅި ގަރާރު މަޖިލީހުގެ ރައީސް މަސީހަށް އެޖެންޑާ ނުކުރައްވައި ހިފަހައްޓަވައިގެން ދެން ނުއިންނެވޭނެ ކަމަށެވެ.
މާރިއާ ވިދާޅުވީ ސުޕްރީމް ކޯޓުން ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ނިންމާފައި ވާކަމަށާއި، ބާކީ އަށް މެންބަރުންގެ ގޮނޑިއާ މެދުވެސް ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ އަހަރު ތިން ފަހަރުގެ މަތިން މަޖިލީހުގެ މެންބަރުން ހުށަހެޅުއްވި އެވެ. ދެވަނަ ފަހަރު މައްސަލަ ހުށަހަޅާފައިވަނީ 31 މެންބަރުންގެ ސޮޔާއެކު މިދިޔަ އަހަރު އޭޕްރީލް މަހު އެވެ. ދެ ވަަނަ ފަހަރަށް ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މައްސަލަ ހުށަހެޅުމަށް ފަހު މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލާއެކު އެވެ.
މަޖިލީހުގެ ޖަލްސާތައް މި މަހު ފަށާއިރު މަޖިލިސް މިހާރު އޮތީ ޗުއްޓީގައެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މަޖިލީސް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ޖަލްސާތައް ބާއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނާ އެކު މަޖިލީސް ޖަލްސާ ބާއްވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ދާދި ފަހުން ގޮވާލައްވާފައެވެ.
މާރިޔާއްތަ ހާދަ ދޮނޭ މިފޮޓޯގަ.....ސިއްރަކީ ކޮބާބާ؟
އެމްޑީޕީން ޖަހާ ރޮކެޓް ތަކުގައި ނުޖެހި 2019 އިންތިހާބު އަންނަންދެން މަޖްލިސް ހަލަބޮލި ނުކޮށް ބޭވުން އެދެން. އެމްޑީޕީން މިހާރުވެސް އިންޒާރުދޭން ފަށައިފި. ބައެއްމީހުން ހަނު ތިބުމަށް ގޮވައިފި. 12 މެމްބަރުން ގޮނޑި ދިފާޢު ކުރަން އެމީހުން އެވަރަކުން އުޅެނީ އެމީހުންގެ މަސްލަހަތު އޮވެގެން. 2019 މާޖްލީސް އިންތިހާބް ވުމުގެ ކުރިން މަޖްލީސްގެ ރައިސްކަން ބޭނުންވަނީ. އެރުން އެމީހުން އަސްލު ބޭނުންވާގޮތަށް މިކުޅި ކުޅޭވޭނީ...
މާރިޔާ އިސްތިއުފާދިނުންމާ ރަނގަޅު. ޤައުމުގެ އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ކޮންކަމެއްތޯ ކަމަނާ ކުރެއްވީ! ކުރިކަމެއްނޯންނާނެ. ރައްޔިތުންނަށްވެސް ކަމެއް ނުކޮށްދޭ. ހަމައެކަނި ލިބޭ ލާރިގަނޑު ކައިގެން ގޮޑި ހޫނުކުރުން އޮތީ. ދެންކުރާ ކަމަކީ ފިތުނަ ފަސާދަ އުފެއްދުން.
މަސީހު އަވަހަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯދައިގެން ފިލާ ރައްކާވޭ. މިހާރު ޖަވާބުދާރީ ވާންޖެހުނީމަ ހުރިހާ މީހުން މިހަދަނީ މިގޮތަށް.މިވެރިކަން ބަދަލުވީމަ ދެން އާދޭ.
މާރިޔައްތަ ތިހެން ނޫޅެބަލަ އަހަރެމެން އަންހެން ކަބަލުން ހާދަލަދެއްގަނެއޭ
ޙުވާކުރުމުގެ ރަސްމިއްޔާތަށް ދޮންކޮށްލީ
މާރޔާ ކަލޭ ފޭޝަލް ހަދާފަ ފއުންޑޭޝަން އުނގުޅަ އުނގުޅާ ހުރޭ ކަލޭ ދެން ބޭނުންވާނީ އިބޫ ކުރީގަ ނަޝީދު
މިހާރު އޮޅިއްޖެ. މާރިޔާއްތަ ތަ އިބޫބެ ތަ ކާކުގެ ވެރިކަމެއް.